ދިވެހިރާއްޖެ
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ
މި މަދަރުސާގެ 2 ކްލާސްރޫމުގައި މިހާރުހުރި ދޮރުތައް ނަގައި، އެލްމިނިއަމް ދޮރުތައް ހަދައިދީ ހަރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މި މަދަރުސާއިން ދޭ ނަމޫނާއާ އެއްގޮތަށް، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 2016 ނޮވެންބަރު 6 ވާ އާދީއްތަދުވަހުގެ 13:00 އަށް މި މަދަރުސާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ނޮވެންބަރު 15 ވާ އަންގާރަދުވަހުގެ 13:00 އަށް މި މަދަރުސާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަންދާސީހިސާބު އިވެލުއޭޓް ކުރުމުގައި ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ ގޮތް:
# |
ޕޮއިންޓް ދިނުމުގައި ބެެލެވޭނެ ކަންތައް |
ޕޮއިންޓް |
1 |
މަސައްކަތުގެ އަގަށް |
65 |
2 |
މަސައްކަތުގެ މުއްދަތަށް |
25 |
3 |
މާލީ ތަނަވަސްކަމާއި ފަންނީ ޤާބިލުކަމަށް |
5 |
4 |
މަސައްކަތުގެ ތަޖުރިބާއަށް |
5 |
|
ޖުމްލަ (ސަތޭކަ) |
100 |
އަންދާސީހިސާބު ކެނޑުމަށް ހަމަޖެހިފައިވަނީ އަންދާސީހިސާބު ހުށަހެޅުއްވި ބޭފުޅުންގެ ކުރިމަތީގައި އަންދާސީހިސާބު ކޮމެޓީގެ މެމްބަރުންގެ ހާޒިރުގައެވެ. އަދި ދެންނެވިފައިވާ ގަޑިއަށް ހާޒިރުވެނުލައްވާ ބޭފުޅުންނަށް މަޢުލޫމާތު ސާފުކޮށްދެވޭކަށް ނޯންނާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުވެނުލައްވާ ފަރާތްތަކާއި، ގަޑިޖެހިގެން ހާޒިރުވެލައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އެހެންފަރާތެއްގެ ބަދަލުގައި މަޢުލޫމާތު ސާފުކުރެއްވުމަށް ދުރުވާނަމަ އެފަރާތުގެ ސިޓީއެއް އަދި ކުންފުންޏެއްނަމަ ކުންފުނީގެ ރަސްމީ ލެޓަރހެޑްގައި ލިޔެފައިވާ ސިޓީ ގެންނަންވާނެއެވެ. ބަދަލުގައި މަޢުލޫމާތު ސާފުކުރެއްވޭނީ ކޮންމެ ފަރާތަކަށްވެސް އެއް ފަރާތެއްގެ ނަމުގައެވެ. އަދި މި މަސައްކަތް ކުރެއްވުމަށް ކުރިމަތިލެއްވޭނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
16 މުޙައްރަމް 1438