ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ފަޔަރވެހިކަލަށް ބޭނުންވާ އިންޖީނުގެ ކޮންޓްރޯލް ޔުނިޓް ހޯދުމާބެހޭ

އިޢުލާން

ކައްދޫ އެއަރޕޯޓުގައި ބޭނުންކުރާ ފަޔަރވެހިކަލަށް ބޭނުންވާ އިންޖީނުގެ ކޮންޓްރޯލް ޔުނިޓް ހޯދުމާބެހޭ

މި ކުންފުނީގެ ލ. ކައްދޫ އެއަރޕޯޓަށް ބޭނުންވާ ފަޔަރ ވެހިކަލުގެ އިންޖީނުގެ ކޮންޓްރޯލް ޔުނިޓް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 އޮކްޓޫބަރު 25 ވާ އަންގާރަދުވަހުގެ 13:00 އަށް މި އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮކްޓޫބަރު 30 ވާ އާދީއްތަދުވަހުގެ 13:00 އަށް މިއޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެއެވެ. މަތީގައި ދެންނެވިފައިވާ ގަޑިއަށް މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ދެވެން ނޯންނާނެވާހަކަ ދެންނެވީމެވެ

19 އޮކްޓޫބަރު 2016
ހޯދާ