ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
2017 ވަނަ އަހަރުގެ 2 ވަނަ ޓާމުގެ ކޯސްތަކަށް އިޢުލާން ކުރުން

އިޢުލާން

2017 ވަނަ އަހަރުގެ ޖަނަވަރީގައި މި ޔުނިވަރސިޓީން ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކަށް ވަނުމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު 2016 އޮކްޓޫބަރު 23 ވާ އާދީއްތަ ދުވަހުން ފެށިގެން 2016 ޑިސެންބަރު 29 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް އޮންނާނެއެވެ. މި ކޯސްތަކާ ބެހޭ މަޢުލޫމާތާއި ކޯހަށް ވަނުމަށް އެދޭ ފޯމު ޔުނިވަރސިޓީގެ ދަރިވަރުންގެ ޚިދްމަތްތަކާބެހޭ ބައިންނާއި ޔުނިވަރސިޓީގެ ވެބްސައިޓް www.mnu.edu.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު 3345155 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

23 އޮކްޓޫބަރު 2016
ހޯދާ