ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ހިއުމަން ރިސޯސަސް ކޮންސަލްޓެންޓް

މަޤާމް :ހިއުމަން ރިސޯސަސް ކޮންސަލްޓެންޓް
ބޭނުންވާ އަދަދު :1

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި މަޤާމަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހުންނެވެ.

މަޤާމު

ހިއުމަން ރިސޯސަސް ކޮންސަލްޓެންޓް

ވަޒީފާގެ ބާވަތް:

ކޮންސަލްޓެންސީ (ވަގުތީ) - 3 މަސްދުވަސް

މުސާރައާއި ޢިނާޔަތްތައް

މަހަކު -/20,000 ރުފިޔާއާއި -/25,000 ރުފިޔާއާ ދެމެދު (ހާސިލުކޮށްފައިވާ ތައުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)

ވަޒިފާ އަދާކުރަންޖެހޭ ތަން:

ކ. މާލެ / ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)

ބޭނުންވާ އަދަދު

1

ޝަރުޠު

  1. ހިއުމަން ރިސޯސް މެނޭޖްމަންޓް، އިދާރީ ހިންގުމުގެ ދާއިރާ ނުވަތަ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު،
  2. ހިއުމަން ރިސޯސް މެނޭޖްމަންޓް ދާއިރާގެ އެޗް.އާރު ސްޓްރެޖީ ޑިވެލޮޕްމަންޓް އަދި އެޗް.އާރު ޕޮލިސީ އެންޑް ޕްރޮސެސް ރިވިއު ކުރުމުގައި މަދުވެގެން 5 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން،
  3. ހިއުމަން ރިސޯސް އަދި އޯގަނައިޒޭޝަނަލް ޑިވެލޮޕްމަންޓުގެ އެންމެ ފަހުގެ މަޢުލޫމާތު ހުރުން؛
  4. ކޮންސަލްޓެންސީ ދިނުމުގެ މަސައްކަތުގައި ޢަމަލީ ތަޖުރިބާ ލިބިފައިވުން،
  5. ދިވެހިބަހާއި އިނގިރޭސިބަހުން ފަރިތަކޮށް މުޢާމަލާތް ކުރަން އެނގުން،
  6. މަޤާމުގެ މަސްއޫލިއްޔަތު އަދާ ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ސްޓްރެޖިކް ޕްލޭނަށް ބިނާކޮށް އެޗް.އާރު ސްޓްރަކްޗަރ އަދި އެޗް.އާރު ޕްލޭން އެކުލަވާލުން؛
  2. މި ކޯޕަރޭޝަންގެ އެކިއެކި ވަޒީފާތަކަށް ބޭނުންވާ ހުނަރާއި ޤާބިލުކަން ދެނެގަންނާނެ ޓޫލްސް އަދި ޗެކްލިސްޓު އެކުލަވާލުން؛
  3. މި ކޯޕަރޭޝަންގެ މަޤާމުތަކުގެ މަސްއޫލިއްޔަތުތަކާއި ޒިންމާ ކަނޑައަޅައި ގައިޑްލައިނެއް އެކުލަވާލުން؛
  4. ހުރިހާ ޑިޕާޓްމަންޓްތަކުގައި މަސައްކަތް ކުރިއަށްދާގޮތުގެ ވޯކްފްލޯ ޗާޓެއް އެކުލަވާލުން؛
  5. މި ކޯޕަރޭޝަންގެ ހިއުމަން ރިސޯސް ދާއިރާ އިތުރަށް ރަނގަޅުކުރަން ކުރެވިދާނެ ކަންކަން ތަފުސީލުކޮށްދީ ރިކޮމެންޑޭޝަން ދިނުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  • މަސައްކަތާ ގުޅުން ހުރި ދާއިރާއިން ލިބިފައިވާ ތައުލީމާއި ތަޖުރިބާ؛
  • ކޯޕަރޭޝަންގެ މަސައްކަތްތައް ކުރިއަށް ގެންދިއުމާއި، ގުޅުންހުރި ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވެފައިވާ މިންވަރު.

ހުށަހަޅަންޖެހޭ ތަކެތި:

 

  1. ވަޒީފާއަށް އެދި ހުށަހަޅާ ފޯމު (ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑުގެ މައިއޮފީހުގެ ކައުންޓަރުން އަދި ވެބްސައިޓް (www.wamco.com.mv) އިން ލިބިވަޑައިގަންނަވާނެ).
  2. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު
  3. ލިބިފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ (އެކްރެޑިޓްކޮށް އެޓެސްޓް ކުރެވިފައިވާ) ކޮޕީ،
  4. ޕޮލިސްރިޕޯޓު (ނެގި ފަހުން 3 މަސްދުވަސް ހަމަނުވާ)
  5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު) ކޮޕީ

ސުންގަޑި އަދި ވަޒީފާއަށް އެދި ހުށަހަޅުއްވާނެ ތަން:

2016 އޮކްޓޫބަރު 31 ވާ ހޯމަދުވަހުގެ 12:00 ގެ ކުރިން، ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ މައި އޮފީހަށް (ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަންގެ މައިއޮފީސް؛ މއ. ޖަންބުގަސްދޮށުގެ، 3 ވަނަ ފަންގިފިލާ) ހުށަހެޅުއްވުން.

އިންޓަވިއު:

- އިންޓަވިއުއާއި އިމްތިޙާނުކުރުން، 2016 ނޮވެންބަރު 1 ން 10އަށް ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ މައި އޮފީސް؛ މއ. ޖަންބުގަސްދޮށުގެ، 3 ވަނަ ފަންގިފިލާގައި އޮންނާނެއެވެ.

އިތުރު މަޢުލޫމާތު:

މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 5 އަށްވުރެ ގިނަނަމަ، ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބަލައި 5 ފަރާތެއް ޝޯޓްލިސްޓު ކުރެވޭނެއެވެ.

ކޯޕަރޭޝަނުން އިންޓަވިއުއާއި އިމްތިޙާނުކުރުމަށް ގުޅާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް އެކަންޏެވެ.

މަޢުލޫމާތު ފުރިހަމަ ނުވާ ފޯމު، އަދި ލިޔެކިޔުންތައް ހަމަ ނުވާ އެޕްލިކޭޝަން ބާޠިލުކުރުމުގެ ޙައްޤު ކޯޕަރޭޝަނަށް ލިބިގެންވެއެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް – ނަންބަރު 3000581 ނުވަތަ 7584070 ފޯނަށް ގުޅުއްވުން އެދެމެވެ.

17 މުޙައްރަމް 1438

18 އޮކްޓޫބަރު 2016
ހޯދާ