ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމް: |
އެސިސްޓެންޓް ފައިނޭންސް އޮފިސަރ |
މަޤާމުގެ ގިންތި: |
ވަގުތީ |
މަޤާމުގެ ކުލެސިފިކޭޝަން: |
އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގުރޭޑް 1 |
މަޤާމުގެ ރޭންކް: |
ޖީ. އެސް. 3 |
މުސާރަ: |
މަހަކު -/4،465 ރުފިޔާ |
އެހެނިހެން ޢިނާޔަތްތައް: |
- ސަވިސް އެލަވަންސް: މަހަކު -/1،500 ރުފިޔާ - މި މަޤާމުގެ މުސާރައިގެ އިތުރުން، އިތުރުގަޑީގައި މަސައްކަތްކުރަން ޖެހިއްޖެނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. |
ބޭނުންވާ އަދަދު: |
1 (އެކެއް) |
މަޤާމު އޮތް އޮފީސް: |
ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ |
ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން: |
ކޯޕަރޭޓިވް އެފެއާޒް / ފައިނޭންސް ސެކްޝަން |
މަސައްކަތް ކުރަންޖެހޭ ތަނާއި، ރަށް: |
ލ. މާމެންދޫ ކައުންސިލްގެ އިދާރާ /ލ. މާމެންދޫ |
މަޤާމުގެ ޝަރުޠުތައް: |
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ - ސާނަވީ އިންތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކެންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. |
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
1. ސަރުކާރުގެ ފައިސާގެ ހިސާބުތައް ބެލެހެއްޓުމުގެ ޤާނޫނާއި ގަވާއިދާ (މާލިއްޔަތު ގަވާއިދު) އެއްގޮތްވާ ގޮތުގެމަތިން، ކައުންސިލް އިދާރާއަށް ލިބޭ ފައިސާއާއި ޚަރަދު ފައިސާގެ މުޢާމަލާތްތައް ކުރުމާއި، އެކަމާ ގުޅުންހުރި ފޮތްތަކާއި ލިޔެކިޔުންތައް ފައިލްކޮށް ބެލެހެއްޓުން. 2. ކުރިއަށް ލަފާކުރާ އަހަރުގެ ބަޖެޓް ތައްޔާރުކުރުމާއި، ފައިނޭންޝިއަލް ޕްލޭން ހެދުމާއި، ކައުންސިލް އިދާރާތަކުގެ އެކައުންޓްތަކުގެ ހިސާބު ބެލެހެއްޓުމާއި، އެއާ ގުޅުންހުރި ފޮތްތަކާއި ލިޔެކިޔުންތައް ފައިލްކޮށް ބެލެހެއްޓުން. 3. މުވައްޒަފުންގެ މުސާރައިގެ އެންމެހައި ކަންތައްތައް ބެލެހެއްޓުން. 4. ބަޖެޓް ރިޕޯޓް ހެދުމާއި، އަހަރީ ރިޕޯޓް ހެދުމާއި، ތިޖޫރި ރިޕޯޓާއި، ފައިސާގެ މަސައްކަތްތަކާ ގުޅިގެން ހަދަންޖެހޭ އެނޫން ރިޕޯތްތައް ހަދައި، ފޮނުވަންޖެހޭ މުއްދަތުތަކަށް ފޮނުވައި، ލިޔެކިޔުންތައް ފައިލްކޮށް ބެލެހެއްޓުން. 5. އެކިއެކި އިދާރާތަކުން އެކިއެކި ފަރާތްތަކަށް ފޮނުވުމަށް ހަވާލުކުރެވޭ ފައިސާ ޤާނޫނުތަކާއި ގަވާއިދާ އެއްގޮތަށް އެ ފަރާތްތަކަށް ހަވާލުކުރުމާއި، ލިޔެކިޔުންތައް ފައިލްކޮށް ބެލެހެއްޓުން. 6. މިނޫންވެސް ފައިސާއާ ގުޅުންހުރި އެންމެހައި މަސައްކަތްތައް ކުރުން. |
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން: |
- ލިބިފައިވާ ތަޢުލީމާއި ތަމްރީނު. - ވަޒީފާއާ ގުޅޭ ދާއިރާއިން ހޯދާފައިވާ ތަމްރީން. - ވަޒީފާގެ ދާއިރާގައި މަސައްކަތުގެ މަޢުލޫމާތު ލިބިފައިވާ މިންވަރާއި ތަޖުރިބާ. - މުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު. |
އިންޓަވިއު ކުރުމާއި، އިމްތިޙާންކުރުން: |
މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ އިންޓަވިއު އޮންނާނީ، 2016 ނޮވެންބަރު 1 ވާ އަންގާރަ ދުވަހުއެވެ. އިންޓަވިއު އޮންނާނީ ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާގައެވެ. އިންޓަވިއު ބޭއްވުމަށް ހަމަޖެހިފައިވާ ތާރީޚަށް ބަދަލެއް އަތުވެއްޖެނަމަ، ކުރިމަތިލާފައިވާ ފަރާތްތަކަށް މި އިދާރާއިން އެކަން އަންގަމުން ގެންދާނެއެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ފޯމު، ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.) 2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. 3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. ހ. ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުން / އެފަދަ ޔުނިވަރސިޓީއަކާ އެފިލިއޭޓްވެގެން ރާއްޖޭގެ ޔުނިވަރސިޓީއަކުން ހިންގާ ކޯހެއްނަމަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރިޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރިޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި އެކްރިޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ) ށ. ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ (މިފަދަ ސެޓުފިކެޓު އެކްރިޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނ. ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ރ. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި، ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. 4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުއައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ) 5. ވަޒީފާއަށް އެދޭފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް. 6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު) |
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމާއެކު، 2016 އޮކްޓޫބަރު 30 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިން މި އިދާރާއަށެވެ. |
އިތުރު މަޢުލޫމާތު: |
އިތުރު މަޢުލޫމާތު ސާފުކުރުމަށް، 6800705 ނަންބަރު ފޯނަށް، ރަސްމީ ގަޑީގައި ގުޅުން އެދެމެވެ. |
16 މުޙައްރަމް 1438 |