މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
ދިވެހިރާއްޖެ
ޒުވާނުންގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު އިތުރުކުރުން

އިޢުލާން

ޒުވާނުންގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު އިތުރުކުރުން

ޒުވާނުންގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު 27 އޮކްޓޫބަރު 2016 މި ތާރީޚުގެ ނިޔަލަށް އިތުރުކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.

ޒުވާނުންގެ އިނާމު ލިބޭ ފަރާތްތަކަށް ޒުވާނުންނަށް ދެވޭ ޚާއްޞަ އެވޯޑާއި، ސެޓްފިކެޓާއި، -/25,000 ރުފިޔާގެ ފައިސާގެ އިނާމު ދެވޭނެއެވެ.

ވީމާ، މި އިނާމަށް ނަން ހުށަހަޅުއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2016 އޮކްޓޫބަރު 27 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން އެޕްލިކޭޝަން ފޯމު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އެޕްލިކޭޝަން ހުށަހަޅުއްވާނީ މާލޭގައި ނަމަ މާފަންނު ޔޫތު ސެންޓަރ (ސޯޝަލް ސެންޓަރ) އަށާއި، މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް، ވެލާނާގެ 3 ވަނަ ފަންގިފިލާގެ ރިސެޕްޝަނަށެވެ. އެޕްލިކޭޝަން ބަލައިގަތުމަށް ހަމަޖެހިފައިވަނީ ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 08:30 އިން މެންދުރުފަހު 13:30 އަށެވެ. ރަށްރަށުން އެޕްލިކޭޝަން ހުށަހަޅުއްވާ ފަރާތްތަކުން ރަށު ކައުންސިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.

ޒުވާނުންގެ އިނާމަށް ކުރިމަތިލުމުގެ އެޕްލިކޭޝަން ފޯމް މި މިނިސްޓްރީގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓް www.youth.gov.mv އިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.

18 މުޙައްރަމް 1438

19 އޮކްޓޫބަރު 2016
ހޯދާ