ދިވެހިރާއްޖެ
އިޢުލާން
ޕްރީސްކޫލް ޓީޗަރުން ހޯދުމަށް:
މަޤާމް: ޕްރީސްކޫލް ޓީޗަރ
ބޭނުންވާ އަދަދު: 6 (ހައެއް)
މަޤާމުގެ ގިންތި: ކޮންޓްރެކްޓް (1 އަހަރުދުވަސް - 1 ޖަނަވަރީ 2017 އިން 31 ޑިސެންބަރު 2017 އަށް)
ވަޒީފާ އޮތް އޮފީސް: ފުނަދޫ ސްކޫލު
ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: އެކަޑަމިކް ސެކްޝަން، ފުނަދޫ ސްކޫލު
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: އެލް. ކޭ. ޖީ. އާއި، ޔޫ. ކޭ. ޖީ. ގެ ކްލާސްތަކުގެ ދަރިވަރުންނަށް ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް ކިޔަވައިދިނުމާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
މަޤާމުގެ ރޭންކާއި، ކްލެސިފިކޭޝަނާއި، ޝަރުޠާއި، މުސާރައާއި، ސަރވިސް އެލަވަންސް:
މަޤާމް |
މަޤާމުގެ ރޭންކް |
މަޤާމުގެ ކްލެސިފިކޭޝަން |
މަޤާމުގެ ޝަރުޠު |
މުސާރަ |
ސަރވިސް އެލަވަންސް |
ޕްރީ ސްކޫލް އެސިސްޓެންޓް ޓީޗަރ |
GS1 |
ޕްރީ ސްކޫލް ޓީޗަރ 1 |
މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ފާސް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން |
މަހަކު -/3،565 ރުފިޔާ |
މަހަކު -/1،500 ރުފިޔާ |
ޕްރީ ސްކޫލް ޓީޗަރ |
GS2 |
ޕްރީ ސްކޫލް ޓީޗަރ 2 |
ޕްރީ ސްކޫލް ޓީޗިންގެ ދާއިރާއިން، ސެޓުފިކެޓު ލެވެލް 2 ގެ ސަނަދެއް ހާސިލުކޮށްފައިވުން. |
މަހަކު -/4،000 ރުފިޔާ |
މަހަކު -/1،500 ރުފިޔާ |
ޕްރީ ސްކޫލް ޓީޗަރ |
GS3 |
ޕްރީ ސްކޫލް ޓީޗަރ 3 |
ޕްރީ ސްކޫލް ޓީޗިންގެ ދާއިރާއިން، ނުވަތަ އާރލީ ޗައިލްޑްހުޑް ޑެވެލޮޕްމަންޓް އިން ސެޓުފިކެޓު ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން. |
މަހަކު -/4،465 ރުފިޔާ |
މަހަކު -/1،500 ރުފިޔާ |
ޕްރީ ސްކޫލް ޓީޗަރ |
GS4 |
ޕްރީ ސްކޫލް ޓީޗަރ 4 |
- ޕްރީ ސްކޫލް ޓީޗިންގެ ދާއިރާއިން، ނުވަތަ އާރލީ ޗައިލްޑްހުޑް ޑެވެލޮޕްމަންޓް އިން ސެޓުފިކެޓު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛ - ކިޔަވައިދިނުމުގެ ރޮނގުން ސެޓުފިކެޓު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. |
މަހަކު -/5،020 ރުފިޔާ |
މަހަކު -/2،500 ރުފިޔާ |
ޕްރީ ސްކޫލް ޓީޗަރ |
MS1 |
ޕްރީ ސްކޫލް ޓީޗަރ 5 |
ކިޔަވައިދިނުމުގެ ރޮނގުން ނުވަތަ ޕްރީ ސްކޫލް ޓީޗިންގެ ދާއިރާއިން ޑިޕްލޮމާ ހާސިލުކޮށްފައިވުން. |
މަހަކު -/5،610 ރުފިޔާ |
މަހަކު -/2،500 ރުފިޔާ |
ޕްރީ ސްކޫލް ޓީޗަރ |
MS2 |
ޕްރީ ސްކޫލް ޓީޗަރ 6 |
ކިޔަވައިދިނުމުގެ ރޮނގުން ނުވަތަ ޕްރީ ސްކޫލް ޓީޗިންގެ ދާއިރާއިން ބެޗްލަރސް ޑިގްރީ ހާސިލުކޮށްފައިވުން. |
މަހަކު -/6،295 ރުފިޔާ |
މަހަކު -/2،500 ރުފިޔާ |
ޕްރީ ސްކޫލް ޓީޗަރ |
MS3 |
ޕްރީ ސްކޫލް ޓީޗަރ 7 |
- ޕްރީ ސްކޫލް ޓީޗިންގެ ދާއިރާއިން ބެޗްލަރސް ޑިގްރީއެއް އޮތުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން އެޑްވާންސްޑް ސެޓުފިކެޓެއް ނުވަތަ ޑިޕްލޮމާ ހާސިލުކޮށްފައިވުން. ނުވަތަ؛ - ޕްރީ ސްކޫލް ޓީޗަރ 6 ގެ މަޤާމުގެ ޝަރުޠު ހަމަވެ، އެ މަޤާމުގައި މަދުވެގެން 3 އަހަރުދުވަހު އުޅެ، ތަޖުރިބާ ލިބިފައިވުން. |
މަހަކު -/7،035 ރުފިޔާ |
މަހަކު -/2،500 ރުފިޔާ |
ޕްރީ ސްކޫލް ޓީޗަރ |
MS4 |
ޕްރީ ސްކޫލް ޓީޗަރ 8 |
- ކިޔަވައިދިނުމުގެ ރޮނގުން ނުވަތަ ޕްރީ ސްކޫލް ޓީޗިންގެ ދާއިރާއިން މާސްޓަރސް ޑިގްރީއެއް ހާސިލުކޮށްފައިވުން. ނުވަތަ؛ - ޕްރީ ސްކޫލް ޓީޗަރ 7 ގެ މަޤާމުގެ ޝަރުޠު ހަމަވެ، އެ މަޤާމުގައި މަދުވެގެން 3 އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން. |
މަހަކު -/7،875 ރުފިޔާ |
މަހަކު -/2،500 ރުފިޔާ |
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:
- ފާއިތުވި އަހަރުތަކުގައި ޕްރީސްކޫލް ޓީޗަރެއްގެގޮތުގައި އުޅެފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.
އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:
- މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއުކުރުން އޮންނާނީ، 2016 އޮކްޓޫބަރު 31 ވަނަ ދުވަހު، ފުނަދޫ ސްކޫލުގައެވެ.
- އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، އެފަރާތްތަކަށް އެކަންޏެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި ތައްގަނޑުޖަހާފައިވާ ލިޔުމުގެ ކޮޕީ)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭނެ ކޮޕީއެއް.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު/ސީވީ ( ތަޖުރިބާގެ މުއްދަތު ގުނާނީ، ސީވީގައި ބަޔާންކޮށްފައިވާ ތަންތާނގައި ވަޒީފާ އަދާކޮށްފައިވާކަމުގެ ރަސްމީ ލިޔުމެއް ހުށަހެޅުމުންނެވެ.)
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މި ސްކޫލުގެ އޮފީހަށެވެ. ފޯމާއި ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 އޮކްޓޫބަރު 30 ވާ އާދީއްތަ ދުވަހުގެ 14:00 އެވެ.
ނޯޓު: މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއުކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.
އިތުރު މަޢުލޫމާތު: މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި ސްކޫލުގެ 6540540 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
16 މުޙައްރަމް 1438