މާރަންދޫ މަދަރުސާ
ދިވެހިރާއްޖެ
5000 ލީޓަރުގެ 4 ކަޅުހަން ބެހެއްޓުމަށް

އިޢުލާން

މި ސްކޫލުގެ ގޯތިތެރޭގައި، ވާރޭފެން އަޅާ 5000 ލީޓަރުގެ 4 ކަޅުހަން ބެހެއްޓުމަށްޓަކައި 2 ފަހަރު އިޢުލާންކޮށް، އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، މި ސްކޫލުގެ ނަންބަރު GS-82/2016/26 (8 ސެޕްޓެންބަރު 2016) ގެ އިޢުލާން، އަދި ނަންބަރު GS-82/2016/29 (6 ސެޕްޓެންބަރު 2016) ގެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާންކުރަމެވެ.

މި ސްކޫލުގެ ގޯތިތެރޭގައި، ވާރޭފެން އަޅާ 5000 ލީޓަރުގެ 4 ކަޅުހަން ބެހެއްޓުމަށް ވަނީ ބޭނުންވެފައެވެ. ވީމާ، މި މަސައްކަތް ކޮންޓްރެކްޓް އުސޫލުން އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން 2016 އޮކްޓޫބަރު 31 ވާ ހޯމަދުވަހުގެ ހެނދުނު 10:00 ގައި ސްކޫލުގެ އޮފީހުގައި އޮންނާނެއެވެ. މި ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެވާހަކަ ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ ސިޓީއަކާއި، ބަދަލުގައި އަންނަ މީހާގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ކޮޕީއަކާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން ހާޒިރުވުމަށް ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރުމަށްފަހު 2016 ނޮވެންބަރު 6 ވާ އާދީއްތަދުވަހުގެ 11:00 އަށް ސްކޫލަށް ހާޒިރުވެ އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.

ނޯޓް: މިމސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށެވެ. އަދި އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މި ސްކޫލުގެ ނަންބަރު 6500535 ފޯނަށް ގުޅުން އެދެމެވެ.

20 އޮކްޓޫބަރު 2016
ހޯދާ