އަރިއަތޮޅު އުތުރުބުރީ ހިމަންދޫ ސްކޫލް
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމަށް

އިޢުލާން

ހިމަންދޫ ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމަށް

ހިމަންދޫ ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ނަންބަރު 18/2014) އާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ނަންބަރު 19/2014) ގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ހިމަންދޫ ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށް މެނުވީ އަންދާސީހިސާބުގައި ބައިވެރިއެއްނުވެވޭނެއެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއަކާއި، ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީއަކާއި، ކުންފުނީގެ ފަރާތުން ވަޑައިގަންނަވާ ބޭފުޅާއަކީ ކުންފުނީގެ ވެރިފަރާތް ނޫންނަމަ، ކުންފުނީގެ ނަމުގައި އަންދާސީހިސާބު ހުށަހެޅުމާމެދު އިއުތިރާޒެއް ނެތްކަމުގެ ސިޓީއެއް ގެންނެވުން އެދެމެއެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:00 އާއި 14:00 އާ ދެމެދު 6660842 އަށް ގުޅުއްވައިގެން ނުވަތަ ހިމަންދޫ ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ.

 

ތަން

ދުވަސް

ތާރީޚު

ގަޑި

މަޢުލޫމާތު ސާފުކުރުން

ހިމަންދޫ ސްކޫލް

ބުރާސްފަތި

27 އޮކްޓޯބަރ 2016

11:00

އަންދާސީހިސާބު ހުށަހެޅުން

ހިމަންދޫ ސްކޫލް

އާދީއްތަ

6 ނޮވެންބަރު 2016

11:00

18 އޮކްޓޫބަރު 2016
ހޯދާ