ދިވެހިރާއްޖެ
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ
ބ.އަތޮޅު ސްކޫލްތަކުގައި މަސައްކަތްކުރައްވާ ބިދޭސީޓީޗަރުން، ޗުއްޓީގައި ޤައުމަށް ވަޑައިގަތުމަށް ބ.ދަރަވަންދުއަށް ގެނައުމާއި، އެނބުރި ރާއްޖެ ވަޑައިގަތުމުން، ދަރަވަންދޫން ބ.އަތޮޅުގެ ރަށްރަށަށް ގެންގޮސްދިނުމުގެ ދަތުރުތައް ކޮށްދެއްވާނޭ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިމަސައްކަތް ކޮށްދެއްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ތިރީގައިވާގޮތަށް ޢަމަލުކުރެއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުން |
އަންދާސީހިސާބު ހުށަހެޅުން |
2016 އޮކްޓޫބަރު 25 ވަނަ ދުވަހުގެ 13:00 އަށް ސްކޫލުގެ އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުން. |
2016 ނޮވެންބަރު 1 ވަނަ ދުވަހުގެ 13:00 އަށް ސްކޫލުގެ އޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުން. |
މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، ފޮނުއްވާ ފަރާތަށް ސިޓީއެއް ދެއްވުމަށްފަހު ފޮނުއްވުމުން، އެފަރާތުގެ ނަމުގައި މަޢުލޫމާތު ސާފުކުރައްވައި އަންދާސީހިސާބު ހުށަހެޅުއްވިދާނެއެވެ.
އަންދާސީހިސާބު ހުށަހަޅުއްވާނީ މި ސްކޫލުން އެކަމަށް ދޫކުރާ ފޯމެއްގައެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރައްވާފައިވާ ފަރާތްތަކުގެ ނަމުގައި އެކަންޏެވެ. އެހެންފަރާތެއްގެ ނަމުގައި ހުށަހަޅުއްވާ އަންދާސީހިސާބު ބާޠިލުކުރެވޭނެއެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމުގަޔާއި، އަންދާސީހިސާބު ހުށަހެޅުއްވުމުގައި ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް ފުރުޞަތު ނުދެވޭނެ ވާހަކަ ދެންނެވީމެވެ.
އަދި ދަންނަވަމެވެ. މި މަސައްކަތަކަށް އަންދާސީހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށް އެކަންޏެވެ.
- އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ: ނަންބަރު 6600034 ނުވަތަ 9659595 ފޯނާއެވެ.