ނޮޅިވަރަންފަރު ސްކޫލް
ދިވެހިރާއްޖެ
ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ހުށައެޅުއްވުމުގެ ދަޢުވަތު

މި ސްކޫލުގައި ކުރަންހުރި ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން ނަންބަރު: GS-89/IUL/2016/42 (22 ސެޕްޓެންބަރު 2016) އިޢުލާނާ ގުޅިގެން ލިބިފައިވާ އަންދާސީހިސާބުތަކުގެ އަގު ބޮޑުކަމަށް ފެންނާތީ، އެ އިޢުލާން ބާޠިލުކޮށް، މި މަސައްކަތަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

  • މަސައްކަތްތައް:
  1. ފާޚާނާ ބްލޮކެއް އިމާރާތް ކުރުން.
  2. ސްކޫލް މައި ގޭޓް ހެދުން.
  3. ނޯޓިސްބޯޑު ބޮޑުކުރުން.
  4. ދިޔަދޮވި ބަދަލުކުރުން.

ވީމާ، މި މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދެއްވަން ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމާއި އަންދާސީހިސާބު ހުށަހެޅުއްވުން ތިރީގައިވާ ތާވަލާ އެއްގޮތަށް އޮންނާނެއެވެ. ރަށުން ބޭރު ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް، ސްކޫލުގެ ފޯން ނަންބަރު: 6520535 އާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވިދާނެއެވެ. މަޢުލޫމާތު ސާފުކުރައްވާ ފަރާތުގެ ބަދަލުގައި އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތްތަކުން އެކަން އެނގޭނެ ސިޓީއެއް ހިފައިގެން ވަޑައިގަތުން އެދެމެވެ. މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރުން

އަންދާސީހިސާބު ހުށަހެޅުން

2016 އޮކްޓޫބަރު 27 ވާ ބުރާސްފަތިދުވަހުގެ 10:30 އަށް.

2016 އޮކްޓޫބަރު 31 ވާ ހޯމަދުވަހުގެ 10:30 އަށް.

19 މުޙައްރަމް 1438

20 އޮކްޓޫބަރު 2016
ހޯދާ