މާލެއަތޮޅު ތުލުސްދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މި ކޯޓުއިމާރާތުގެ ބޭރަށްވާގޮތަށް ބަހައްޓާފައިހުރި ދޮރުތަކާއި ދޮރުފަތްތައް އެލްމެނިއަމް ދޮރަށް ބަދަލުކޮށް، އެދޮރުތައް ބަހައްޓައި، އަދި މުޅި އިމާރާތުގެ އެތެރެއާއި ބޭރުގައި ކުލަލައި، އެތެރޭގެ ދޮރާއި، ދޮރުފަތްތަކުގައި ދަވާދު ލައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވެރިވެވަޑައިގަންނަވާ ފަރާތްތަކުން، 2016 އޮކްޓޫބަރު 23 ވާ އާދީއްތަދުވަހުގެ 13:30 އަށް މި ކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 އޮކްޓޫބަރު 26 ވާ ބުދަދުވަހުގެ 13:30 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވަން ކަނޑައެޅިފައިވާ ދުވަހު މަސައްކަތާބެހޭ ސުވާލުތަކަށް ޖަވާބުދިނުންވެސް އޮންނާނެއެވެ. މި މަސައްކަތުގެ މައުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ކަމުގައިވެސް ދެންނެވީމެވެ.

މި އިޢުލާނަކީ ކުރިން ކުރެވުނު ނަންބަރު: (IUL)H4C-G/1/2016/07  އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރި ފަރާތްތަކަށް ދެވިފައިވާ މަޢުލޫމާތުގައި އޮޅުމެއް އޮތްކަމަށް ފެންނާތީ، އެ އިޢުލާން ބާޠިލުކޮށް ކުރެވުނު އިޢުލާނެކެވެ.

15 މުޙައްރަމް 1438

16 އޮކްޓޫބަރު 2016
ހޯދާ