ދިވެހިރާއްޖެ
އިޢުލާން
ކައުންސިލް އިދާރާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެއްޖެ
ހދ.ކުޅުދުއްފުށީ ކައުންސިލް އިދާރާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި އަންދާސީހިސާބު ހުށަހެޅުއްވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ވިޔަފާރީގެ އުސޫލުން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
މަޢުލޫމާތު ސާފުކުރުން – 2016 އޮކްޓޫބަރު 25 ވާ އަންގާރަދުވަހުގެ 10:30
އަންދާސީހިސާބު ހުށަހެޅުން – 2016 ނޮވެންބަރު 6 ވާ އާދީއްތަދުވަހުގެ 10:30
މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު އެރުވެން ނޯންނާނެވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި އެހެންފަރާތަކުން ވަޑައިގަންނަވާނަމަ ވެރިފަރާތުގެ ސިޓީއެއް ހިއްޕަވައިގެން ވަޑައިގެންނެވުމަށް ދަންނަވަމެވެ.
15 މުޙައްރަމް 1438