ދިވެހިރާއްޖެ
އިޢުލާން
ފެކަލްޓީއަށް ބޭނުންވާ ބުފޭއާއި، އެކޮމްޕެނިމެންޓްސް ސަޕްލައި ކުރާނެ ފަރާތްތަކެއް ހޯދުން
މި ފެކަލްޓީއަށް ބުފޭއާއި، އެކޮމްޕެނިމެންޓްސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި މި ފެކަލްޓީގެ އިޢުލާން ނަންބަރު: 153-FHTS-2016-08 އާ ގުޅިގެން އެދެވޭ މިންވަރަށް އަންދާސީހިސާބު ހުށަހަޅައިފާ ނުވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާންކުރަމެވެ.
ވީމާ، މިކަމުގެ ޝައުޤުވެރިކަން ހުރި ފަރާތްތަކުން 2016 އޮކްޓޫބަރު 27 ވަނަ ދުވަހުގެ 11:00 އަށް ފެކަލްޓީ އޮފް ހޮސްޕިޓެލިޓީ އެންޑް ޓޫރިޒަމް ސްޓަޑީސް (ޔުނިވަރސިޓީގެ ދަނާލު ކުރިމަތި) ގެ ސެމިނަރ ހޯލް (ދެވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ނޮވެންބަރު 10 ވަނަ ދުވަހުގެ 11:00 އަށް މި ފެކަލްޓީއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމުގެ ސެޝަނުގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
17 މުޙައްރަމް 1438