މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ

އިޢުލާން

ތިރީގައި  މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

މަޤާމު

އެސިސްޓެންޓް ޑިރެކްޓަރ

މަޤާމުގެ ރޭންކް:

އެމް. އެސް. 3   

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް ޑިރެކްޓަރ

މުސާރަ:

މަހަކު -/7,035 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2,000 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް:

2,462/25 ރުފިޔާ

އިތުރުގަޑީގެ ފައިސާ:

އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.

ވަޒިފާ އަދާކުރަންޖެހޭ އޮފީސް،ސެކްޝަން، ރަށް:

ކްލައިމެޓް ޗޭންޖް ޑިޕާޓްމަންޓް / މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ 

ބޭނުންވާ އަދަދު

01 (އެކެއް)

މުއްދަތު

1 (އެކެއް) އަހަރުދުވަސް

ޝަރުޠު

  1. އެންވަޔަރަންމަންޓް މެނޭޖްމެންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެންވަޔަރަންމަންޓް މެނޭޖްމެންޓުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. އެންވަޔަރަންމަންޓް މެނޭޖްމެންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު،  އެންވަޔަރަންމަންޓް މެނޭޖްމެންޓުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  3. އެންވަޔަރަންމަންޓް މެނޭޖްމެންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ހާސިލުކޮށްފައިވުމާއެކު، އެންވަޔަރަންމަންޓް މެނޭޖްމެންޓުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  4. އެންވަޔަރަންމަންޓް މެނޭޖްމެންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
  5. އެންވަޔަރަންމަންޓް މެނޭޖްމެންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ހާސިލްކޮށްފައިވުމާއެކު، އެންވަޔަރަންމަންޓް މެނޭޖްމެންޓުގެ މަސައްކަތުގެ ގުޅުން ހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ޔޫ.އެން.އެފް.ސީ.ސީ. އާއި ކިޔޯޓޯ ޕްރޮޓޮކޯލްގައި ހިމެނޭ ގޮތުން ބައިނަލްއަޤްވާމީގޮތުން އެއްބަސްވެވޭ އަދި ރާއްޖެއިން ގަބޫލުކުރާ މާރކެޓް މެކޭނިޒަމްތައް ކުރިއެރުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ރޭވުމާއި ތަންފީޒުކުރުމުގައި އެހީތެރިވެދިނުން؛
  • ލޯކާރބަން އިންވެސްޓްމަންޓްތަކަށް ހިތްވަރުދިނުމުގެ ގޮތުން ދުނިޔޭގެ ފެންވަރުގައި އެކުލަވައިލެވިފައިވާ ތަފާތު ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް ބޭނުންވާ އެކިއެކި ނިޒާމުތައް ޤާއިމުކޮށް އެފަދަ ނިޒާމުތަކުގެ ފައިދާ ރާއްޖޭގައި އޮޕަރޭޓްކުރާ ފަރާތްތަކަށް ލިއްބައިދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  • ކުލީން ޑިވޮލަޕްމަންޓް މެކޭނިޒާމް (ސީ.ޑީ.އެމް)، ޖޮއިންޓް ކްރެޑިޓް މެކޭނިޒަމް (ޖޭ.ސީ.އެމް) އަދި މިއާ ގުޅުންހުރި ބައިލޭޓްރަލް މެކޭނިޒަމްތައް، ރާއްޖޭގައި ކުރިއަރުވާ މިދާއިރާއިން ބޭނުންވާ އެހީތެރިކަން ޕަބްލިކް އަދި ޕްރައިވެޓް ސެކްޓާރ އަށް ފޯރުކޮށް ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  • ސީ.ޑީ.އެމް އާ ގުޅޭގޮތުން ހަދަންޖެހޭ އުސޫލުތަކާއި ޕްރޮސީޖަރތައް ބައިނަލްއަޤްވާމީ ހަމަތަކާ އެއްގޮތަށް ތައްޔާރު ކުރުމުގައި އެހީތެރިވެދިނުން؛
  • ރާއްޖޭގައި ކާރބަން މާރކެޓް ޕްރޮޖެކްޓްތައް ތަރައްޤީ ކުރުމަށް ހުށަހެޅުމުން، އެޕްރޮޖެކްޓްތައް އިވެލުއޭޓް ކުރުމަށް އެޕްރޮޖެކްޓްތަކާ ގުޅޭ ދާއިރާތަކުގެ ފަރާތްތަކުގެ ލަފާ ހޯދައި އަދި މިކަމުގައި ޢަމަލު ކުރާނެ އުސޫލުތަކާއި ޕްރޮސީޖަރތައް ތައްޔާރު ކުރުމުގައި އެހީތެރިވުން.
  • ކާރބަން މާރކެޓް ރާއްޖޭގައި ތަރައްގީކޮށް ކުރިއެރުވުމަށް ހިންގަންޖެހޭ އެންމެހައި ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ހޭލުންތެރިކުރުވުމުގެ މަސައްކަތްތަކާއި މަޝްވަރާ ބައްދަލުވުންތަކާއި މަސައްކތު ބައްދަލުވުންތައް ފަދަ ކަންކަން ރާވައި ހިންގުން.
  • ތަފާތު މާރކެޓް މެކޭނިޒަމްތައް ވަކިން ޚާއްޞަކޮށް ސީ.ޑީ.އެމް. އަދި ޖޮއިންޓް ކްރެޑިޓް މެކޭނިޒަމް (ޖޭ.ސީ.އެމް) ގެ މަސައްކަތްތަކާ ގުޅޭގޮތުން ބޭއްވޭ ބައިނަލްއަޤްވާމީ ބައްދަލުވުންތަކުގައި ބައިވެރިވެ ރާއްޖެ ތަމްސީލުކުރުމާއި، ބައިނަލްއަޤްވާމީ މަސްރަޙުގައި ހިނގާ މަސައްކަތްތައް ބަލައި ދިރާސާކުރުން
  • ސީ.ޑީ.އެމް.ގެ ޑެޒިގްނޭޓަޑް ނެޝަނަލް އޮތޮރިޓީ (ޑީ.އެން.އޭ) ގެ ފަރާތުން ކުރަންޖެހޭ އެންމެހައި އިދާރީ ކަންކަމުގައި އެހީތެރިވެދިނުމާއެކު ޑީ.އެން.އޭ.ގެ ބައްދަލުވުންތައް ވިލަރެސްކުރުން.
  • ރާއްޖޭގެ ގްރީންހައުސްގޭސް (ޖީ.އެޗް.ޖީ.) އިންވެންޓްރީ ތައްޔާރުކުރުމުގައި އެހީތެރިވެދިނުން.
  • ޖޮއިންޓް ކްރެޑިޓް މެކޭނިޒަމްގެ ސެކްރެޓޭރިއެޓްގެ މަސައްކަތްތައް ބެލެހެއްޓުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

 

  1. މެނޭޖްމަންޓުގެ ދާއިރާގައި މަސައްކަތްކޮށްފައިވާ މިންވަރު.
  2. ވަޒީފާއާ ބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދު އަދި މާލިއްޔަތާ ބެހޭ ގަވާއިދަށް އަހުލުވެރި ވެފައިވާ މިންވަރު.

ހުށަހަޅަންޖެހޭ ތަކެތި:

 

މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން www.environment.gov.mv  ޑައުންލޯޑްވެސް ކުރެވޭނެއެވެ.)

ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖޭއިން ބޭރުގެ ޕްރޮގްރާމުތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްގެ ކޮޕީ)

ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ،މަތީ ތަޢުލީމު ދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މި ފަދަ ސެޓުފިކެޓުތައް އެކްރެޓިޑް ކުރަން ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްޓަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. (ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.

ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

ސިވިލް ސަރވިސްގައި މަސައްކަތް ކުރާ މުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އެ އިދާރާއަކުން އިއުތިރާޒު ނުކުރާކަމުގެ ލިޔުން. 

މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

ސުންގަޑި: 

2016 ނޮވެންބަރު 2 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް.

އިންޓަރވިއު:

އިންޓަރވިއުއާއި އިމްތިޙާން ކުރުން 6 ނޮވެންބަރު 2016 އާއި 29 ނޮވެންބަރ 2016 އާ ދެމެދުގެ ތާރީޚެއްގައި މި މިނިސްޓްރީގައި އޮންނާނެއެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް:

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3018329، 3018330، 3018328 އަށް ގުޅުއްވުން އެދެމެވެ.

16 މުޙައްރަމް 1438 

 

 

17 އޮކްޓޫބަރު 2016
ހޯދާ