އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
އައިޓީ ނެޓްވަރކް އިކްވިޕްމަންޓް ގަތުމަށް

އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު

މި ހޮސްޕިޓަލުގެ އައި.ސީ.ޓީ ޑިޕާޓްމަންޓަށް ތިރީގައި މިދަންނަވާ ނެޓްވަރކް އިކްވިޕްމެންޓްތައް ގަންނަން ބޭނުންވެއްޖެއެވެ.

Description

Qty

Fluke  Networks CIQ-FTKSFP Network Cable Tester. Copper & Fiber Kit

1 Nos

Fluke  Networks LRAT-1000 LinkRunner AT Copper Ethernet Network Tester

1 Nos

Triplett LVPR030  Upgradable cable Tester with 12 Tester Apps for all Wire Types (COAX, CAT5/5e/6/6a/7, Shielded/ Unshielded)

1 Nos

Triplett/Byte Brothers RWC1000K CAT5 CAT5e CAT6 Cable Verifier with Printable Reports

1 Nos

ހުށަހަޅަންޖެހޭ ތަކެތި

  • އަންދާސީހިސާބު
  • ސަޕްލައިކޮށްދެވޭނެ އަގު
  • ހުށަހަޅާފައިވާ އަންދާސީހިސާބު ބާޠިލުވާ މުއްދަތު މަދުވެގެން 60 ދުވަސް ވާންވާނެއެވެ.
  • ސަޕްލައިކޮށްދެވޭނެ މުއްދަތު – ޑެލިވަރީ
  • 1 އަހަރުދުވަހުގެ ވޮރަންޓީއެއް ކޮންމެ އައިޓަމަކަށް ހުށަހަޅަންވާނެއެވެ.
  • ކުންފުނީގެ މަޢުލޫމާތު
  • ކުންފުނީގެ ޕްރޮފައިލް (ފުރިހަމަ އެޑްރެސް، ފޯނު، ފެކްސް އަދި އީމެއިލް އެޑްރެސް ހިމަނަންވާނެއެވެ.)
  • ކުންފުނީގެ ރަޖިސްޓްރޭޝަނުގެ ކޮޕީ
  • ޖީ އެސް ޓީ ރަޖިސްޓްރޭޝަނުގެ ކޮޕީ
  • މަސައްކަތުގެ ތަޖުރިބާގެ ލިޔުން (2015 މޭ މަހުން ފެށިގެން ސެޕްޓެންބަރު 2016 މަހުގެ ނިޔަލަށް މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ އެމަސައްކަތް ކުރުވި ފަރާތުން ދީފައިވާ ލިޔުން) ހުށަހަޅަންވާނެއެވެ.
  • ވޭތުވެދިޔަ ތިން މަސްދުވަހުގެ (2016 ޖުލައިމަހުން 2016 ސެޕްޓެންބަރުމަހުގެ ނިޔަލަށް) އޮރިޖިނަލް ބޭންކް ސްޓޭޓްމަންޓް (ބޭންކުގެ ތައްގަނޑު ޖަހާފައިވާ) ނުވަތަ 2014 ގެ އޯޑިޓްރިޕޯޓު (އިންޑިޕެންޑެންޓް އޮޑިޓަރެއްގެ) ހުށަހަޅަންވާނެއެވެ.

ޓެކްނިކަލްގޮތުން ޤަބޫލުކުރެވޭ ޕްރޮޕޯޒަލްތައް އިވެލުއޭޓް ކުރެވޭ ގޮތުގެ ތަފުސީލު

#

ކެޓެގަރީ

މާކްސް

މާކްސް ދެވޭ އުސޫލު

1

އަގު

60

އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތަކަށް ގިނަ މާކްސް ލިބޭގޮތަށް ފްރެކްޝަން އުސޫލުން

2

ތަޖުރިބާ

10

މަސައްކަތާ ގުޅުންހުރި 1 ލިޔުމަށް – 2.5 މާކްސް

މަސައްކަތާ ގުޅުންހުރި 2 ލިޔުމަށް – 5 މާކްސް

މަސައްކަތާ ގުޅުންހުރި 3 ލިޔުމަށް – 10 މާކްސް

3

މުއްދަތު

20

އެންމެ ކުރު މުއްދަތު ހުށަހަޅާ ފަރާތަށް ގިނަ މާކްސް ލިބޭގޮތަށް ފްރެކްޝަން އުސޫލުން

4

މާލީހާލަތު

10

ހުށަހަޅާފައިވާ ބޭންކް ސްޓޭޓްމަންޓް/އޮޑިޓްރިޕޯޓަށް ބަލާފައި

މި އިޢުލާނާ ގުޅިގެން ހުށަހަޅާ ޕްރޮޕޯޒަލްތައް އިވެލުއޭޓްކުރެވޭނީ ކޮންމެ އައިޓަމެއް ވަކިންނެވެ.

އަންދާސީހިސާބު ހުށަހަޅާނެގޮތް

ޕްރޮކިއުމަންޓް ޑިޕާޓްމަންޓް

އައި.ޖީ.އެމް. ހޮސްޕިޓަލް

އައި.ޖީ.އެމް. ހޮސްޕިޓަަލަށް ނެޓްވަރކް އިކްވިޕްމެންޓް ސަޕްލައިކޮށްދިނުމާގުޅޭ އިޢުލާނުކަމާއި، އިޢުލާން ނަންބަރު ޖަހާފައި އޮންނަންވާނެއެވެ.

ބީލަން ހުށަހެޅުން

ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ 2016 އޮކްޓޫބަރު 23 ވާ އާދީއްތަދުވަހުގެ 11:00 ގައި އައި.ޖީ.އެމް. ހޮސްޕިޓަލުގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓުގައެވެ. އަދި ބިޑްތައް ހުޅުވާނީ އެ ފަރާތްތަކުގެ ހާޒިރުގައެވެ.

ބީލަން ބާޠިލު ކުރެވިދާނެ ގޮތްތައް

1- ހުށަހަޅާފައިވާ މަޢުލޫމާތުގައި ޙަޤީޤަތާ ޚިލާފު މަޢުލޫމާތު ހިމަނައިފައިވުން.

2- މަޢުލޫމާތު ފުރިހަމަނުވުން. (މަސައްކަތުގެ ރިކުއަޔަރމަންޓަށް ނުފެތޭ ނުވަތަ ސްޕެސިފިކޭޝަން ފުރިހަމަނުވުން.)

3- ޚިދުމަތްދޭ ފަރާތާ ތިމާގެކަމުގެ ނުވަތަ ވިޔަފާރިގެ އެއްވެސް ގުޅުމެއް، މިތަނުގެ ވެރިޔަކާ އޮވެ އެކަމުގެ ސާފު މަޢުލޫމާތު ހުށަހަޅައިފައިނުވުން.

ނޯޓު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3335349 / 3335254 އަށް، ނުވަތަ އީމެއިލް ކުރައްވާނީ [email protected] އަށެވެ.

17 އޮކްޓޫބަރު 2016
ހޯދާ