ޅައިމަގު ސްކޫލް/ ށ.ޅައިމަގު
ދިވެހިރާއްޖެ
ލައިބްރަރީ އެސިސްޓެންޓް

އިޢުލާން


ވަޒީފާގެ ފުރުޞަތު:

މި ސްކޫލުގެ، ތިރީގައިމިވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

މަޤާމް:

ލައިބްރަރީ އެސިސްޓެންޓް   

މަޤާމުގެ ގިންތި:

ދާއިމީ

 މަޤާމުގެ ނަންބަރު:

188OD/22/2016/9

 މަޤާމުގެ ރޭންކް:

އެމް. އެސް 1

 މަޤާމުގެ ކްލެސިފިކޭޝަން:

 ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ދާއިރާ:

ލައިބްރަރީއާއި ގުޅޭ ދާއިރާ  / ކިޔަވައިދިނުމާ ގުޅޭ ދާއިރާ

މުސާރައާއި ޢިނާޔަތްތައް:

- މުސާރަ: މަހަކު -/5610 ރުފިޔާ

- ސަރވިސް އެލަވަންސް: މަހަކު -/2000 ރުފިޔާ

- އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމް އޮތް އޮފީސް:

ޅައިމަގު ސްކޫލް، މިނިސްޓްރީ އޮފް އެޑިޔުކޭޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން:

އެޑްމިން ސެކްޝަން، ޅައިމަގު ސްކޫލް

ބޭނުންވާ އަދަދު:

 1 (އެކެއް)

މަޤާމުގެ ޝަރުޠު:

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. މަޤާމުގެ މަސައްކަތާ ގުޅޭ  ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

3. މަޤާމުގެ މަސައްކަތާ ގުޅޭ  ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

1. ކޮންމެ އަހަރެއް ނިމުމުން، ލައިބްރަރީގެ އިންވެންޓްރީގެ ލިސްޓު އަޕްޑޭޓްކޮށް ބެލެހެއްޓުން.

2. ނައްތައިލެވޭ ފޮތްތަކުގެ ރިކޯޑާއި، ހަލާކުވާ ފޮތްތަކުގެ ބަދަލު ހޯދުމުގެ ކަންތައްތައް ހަމަޖެއްސުން.

3. ފޮތްތަކުގައި ނަންބަރު ޖެހުން.

4. ދަރިވަރުންނާއި މުދައްރިސުންނަށް ފޮތްތައް ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖެއްސުން.

5. ލައިބްރަރީގައިވާ ފޮތްތަކުގައި ގަނޑުލައި ބެލެހެއްޓުން.

6. ލައިބްރަރީ ބޭނުންކުރާ ފަރާތްތަކަށް ފަސޭހަވާނެ ފަދައިން ލައިބްރަރީ އިންތިޒާމުކޮށްފައި ހުރުން.

7. ލައިބްރަރީ ހުޅުވުމުގެ އިންތިޒާމުތައް ހަމަޖެއްސުމާއި އެކަން ބެލެހެއްޓުން.

8. ލައިބްރަރީއާއި ލައިބްރަރީގެ ކްލާސްރޫމްތަކުގައި ދަރިވަރުން އުޅޭއިރު، ދަރިވަރުން ބެލެހެއްޓުން.

9. ކިޔަވައިދިނުމާ ގުޅުންހުރި ކަންތައްތަކުގައި އެހީތެރިވެދިނުން.

10. ލީވިންގ ސެޓުފިކެޓު ހެދުމާއި، އޭލެވެލް އިމްތިޙާނާ ގުޅުންހުރި މަސައްކަތްތަކާއި، ރިސެޕްޝަން މަސައްކަތްތަކާއި، އަހަރީ އިނާމުދިނުމުގެ ޖަލްސާގެ މަސައްކަތްތައް، ސްޓޫޑެންޓް އެންރޯލްމަންޓުގެ މަސައްކަތްތައް އޮފީހުން އަންގާގޮތެއްގެ މަތިން ކުރުން.

ހުށަހަޅަންޖެހޭ  ލިޔުންތައް:

1. މަޢުލޫމާތު ފުރިހަމަކޮށްފައިވާ "ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު" (ވަޒީފާއަށް އެދޭ ފޯމު، ޅައިމަގު ސްކޫލުގެ އޮފީހުން ލިބެން ހުންނާއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)

2. ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ހިމެނޭގޮތަށް، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭގޮތަށް ނަގާފައިވާ ކޮޕީއެއް.  

3. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ  (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި، ޓްރާންސްކްރިޕްޓުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މިފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

(ނ) ސިވިސް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

(ރ) ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، ސަރުކާރު އިދާރާއެއް ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއް ނޫންނަމަ މުވައްޒަފުންގެ އަދަދު ލިޔުމުގައި ބަޔާންކޮށްފައިވާ އޮންނަންވާނެއެވެ.)

5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

6. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުން.

ނޯޓު: މަތީގައި ބަޔާންކުރެވުނު ލިޔުންތަކުގެ ތެރެއިން ވަޒީފާއަށް އެދޭ ފަރާތުން ފޯމާއެކު ހުށަހަޅާ ހުރިހާ ލިޔުމެއްގެ އަސްލު އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެއެވެ.

މި ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޯދުމަށް ބެލޭނެ ކަންކަން:

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

ސުންގަޑި:

މި މަޤާމަށް އެދޭ ފަރާތްތަކުން، 2016 އޮކްޓޫބަރު 30 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި އިޢުލާނުގައި ބަޔާންވެފައިވާ ލިޔުންތަކާއެކު، ޅައިމަގު ސްކޫލަށް ހުށަހެޅުން އެދެމެވެ.

އިންޓަވިއު ކުރުން:

- މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއުކުރުން އޮންނާނީ، 1 ނޮވެންބަރު 2016 އާއި 5 ނޮވެންބަރު 2016 އާ ދެމެދުގެ ތާރީޚެއްގައެވެ.

- ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒިފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރަށާއި، ތަޖުރިބާއަށާއި، މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލެމަށްފަހު، ޝޯޓްލިސްޓް ކުރެވޭނެއެވެ. އިންޓަވިއުކުރެވޭނީ، ޝޯޓްލިސްޓް ކުރާއިރު ހޮވޭ ފަރާތްތަކާއެވެ.

އިތުރު މަޢުލޫމާތު:

- މި މަޤާމަށް އެދޭ ފަރާތަކީ، އުމުރުން 55 އަހަރުވެފައިވާ ފަރާތަކަށް ވެގެންނުވާނެއެވެ.

- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ ހުށަހެޅުންތަކާއި، އެޓޭޗްކުރަންޖެހޭ ލިޔުންތައް ހަމަނުކޮށް ހުށަހަޅާ ހުށަހެޅުންތަކާއި، ފުރިހަމަނުކޮށް ހުށަހަޅާ ލިޔުންތައް ބާޠިލުކުރެވޭނެއެވެ.

- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، ސަރުކާރު ބަންދުނޫން ދުވަސްތަކުގައި ރަސްމީ ގަޑީގައި ސްކޫލް އިދާރާގެ 6540578 ނަންބަރު ފޯނަށެވެ.

16 މުޙައްރަމް 1438

17 އޮކްޓޫބަރު 2016
ހޯދާ