ދިވެހިރާއްޖެ
އިޢުލާން
މި ކުންފުނީގެ މި ދަންނަވާ ތަކެތި ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުންވެއެވެ.
1- ބައު ދަގަނޑު ހޮޅިތަކެއް. ފިއުލް އަންލޯޑިންގ ސަރަޙައްދުގައި ހުރި (ފަތާ ޓްރެކާ ދިމާ ޕޭމަންޓުމަތީގައިި)
2- ބައު ސީ.ސީ ޓީވީ ކެމެރާތަކެއް. (ވިލިނގިއްޔާއި، ތިލަފުށީ އިންޖީނުގޭގައި ބޭނުންކުރި)
މި ތަކެތީގެ ނީލަން ފެށޭ އަގަކީ -/1500 (އެއް ހާސް ފަސް ސަތޭކަ) ރުފިޔާއެވެ. މި ތަކެތީގެ ނީލަމަށް އިތުރު ކުރެވޭނީ މަދުވެގެން -/200 (ދުއިސައްތަ) ރުފިޔާއެވެ.
ވީމާ، މި ނީލަމުގައި ބައިވެރިވެވަޑައިގަތުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން އެ ތަކެތި ބައްލަވާލައްވައި، މަޢުލުމާތު ސާފުކުރެއްވުމަށް ފަހު ހުށަހަޅުއްވާ އެންމެ މަތީ އަގެއް، ސިޓީއުރައެއްގައި ބަންދުކުރެއްވުމަށްފަހު 2016 އޮކްޓޫބަރު 23 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މި ކުންފުންޏަށް ވަޑައިގެން ހުށަހެޅުއްވުން އެދެމެވެ. އަދި މި ތަކެތީގެ ނީލަން ނިމޭތާ 2 ދުވަހުގެ ތެރޭގައި ނީލަން ކާމިޔާބުކުރެއްވި ފަރާތުން، ފައިސާ ދެއްކެވުމަށް ފަހު ތަކެތި ގެންދަވަންވާނެއެވެ. މި މުއްދަތުގައި ތަކެތި ނުގެންދަވައިފިނަމަ ނީލަން ބާޠިލުކޮށް އެ ތަކެތި އަލުން ނީލަމަށް ލެވޭނެ ކަމަށާއި ދެވަނަ ފަހަރަށް ކިޔާ ނީލަމުގައި، ނީލަމުން ތަކެތި ނެންގެވުމަށްފަހު ނުގެންދެވި ފަރާތަށް ބައިވެރިނުވެވޭނެ ކަމުގައި ދެންނެވީމެވެ. މި ތަކެތި ބައްލަވައިލައްވަން ބޭނުންފުޅުވެވަަޑައިގަންނަވާ ފަރާތްތަކުން ނަންބަރު 7793503 ފޯނާ ގުޅުވުން އެދެމެވެ.
16 މުޙައްރަމް 1438