ޤައުމީ ކުތުބުޚާނާ
ދިވެހިރާއްޖެ
ފަންޑަމެންޓަލްސް އިން ލައިބްރަރީ ސާރވިސް

އިޢުލާން

ޤައުމީ ކުތުބުޚާނާގެ ފަރާތުން ލައިބްރަރީ ދާއިރާ ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި މި ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކަށް އަމާޒުކޮށްގެން ތަމްރީން ޕްރޮގްރާމެއް 2016 ނޮވެންބަރު 09 ން 24 އަށް ހިންގުމަށް ހަމަޖެހިފައިވެއެވެ. ތިރީގައި މިވަނީ ތަމްރީން ޕްރޮގުރާމާގުޅޭ މަޢުލޫމާތެވެ.

  • ތަމްރީންގެ ނަން: ފަންޑަމެންޓަލްސް އިން ލައިބްރަރީ ސާރވިސް
  • ތަން: އިންސްޓިޓިއުޓް  އޮފް ލައިބްރަރީ އެންޑް އިންފޮމޭޝަން ސާރވިސަސް، ޤައުމީ ކުތުބުޚާނާ
  • މުއްދަތު: 12 ދުވަސް
  • ޖާގަ: 20
  • ތަމްރީން ޕްރޮގްރާމް އަމާޒުކުރެވިފައިވާ ފަރާތްތައް: ލައިބްރަރީތަކުގައި މަސައްކަތްކުރައްވާ ފަރާތްތަކަށް

ވީމާ، މި ތަމްރީން ޕްރޮގުރާމުގައި ބައިވެރިވެލެއްވުމަށް އެދޭ ފަރާތްތަކުގެ ސީވީ 2016 ނޮވެންބަރު 2 ވާ ބުދަ ދުވަހު، 14:00ގެ  ކުރިން [email protected] އަށް މެއިލްކުރެއްވުން އެދެމެވެ. މި ތަމްރީން ޕްރޮގްރާމާ ގުޅޭ ގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ލައިބްރޭރިއަން ޒުލްހާނާ އާދަމް، ފޯނު ނަންބަރު 3340981 އަށެވެ.   

16 އޮކްޓޫބަރު 2016
ހޯދާ