މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ގަރާޖުގައި ހަރުކޮށްފައިހުރި 2 ދޮރު ބަދަލުކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

ކަސްޓަމްސް އިމާރާތުގެ ގަރާޖުގައި ހަރުކޮށްފައިހުރި 2 ދޮރު ބަދަލު ކުރުމަށް ކުރި ނަންބަރު (IUL)14-PR/1/2016/55 އިޢުލާނަށް ބިޑު ހުށަހެޅި ފަރާތްތަކުގެ ތެރެއިން އެއް ފަރާތުން ހުށަހެޅި ބިޑު ނެގުމާ ގުޅިގެން 3 ފަރާތް ހަމަނުވާތީ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.   

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 އޮކްޓޫބަރު 23 ވާ އާދީއްތަދުވަހުގެ 13:30 އަށް ކަސްޓަމްސްގެ ހެޑްއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮކްޓޫބަރު 27 ވާ ބުރާސްފަތިދުވަހުގެ 13:30 އަށް ކަސްޓަމްސްގެ ހެޑްއޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށެވެ.

ވީމާ، މިވާހަކަ އެންމެހައި ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

17 މުޙައްރަމް 1438

18 އޮކްޓޫބަރު 2016
ހޯދާ