މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
'ލަގްޒަރީ ވެސެލް ރެޖިސްޓްރޭޝަން ރެގިއުލޭޝަން' އިނގިރޭސިބަހުން ދިވެހިބަހަށް ތަރުޖަމާކުރާނެ ފަރާތެއް ހޯދުމާބެހޭ
އިޢުލާން
އިނގިރޭސިބަހުން ދިވެހިބަހަށް ތަރުޖަމާކުރާނެ ފަރާތެއް ހޯދުމާބެހޭ
"ލަގްޒަރީ ވެސެލް ރެޖިސްޓްރޭޝަން ރެގިއުލޭޝަން" އިނގިރޭސިބަހުން ދިވެހިބަހަށް ތަރުޖަމާކުރާނެ ފަރާތެއް ހޯދުމަށް ކުރި، މި މިނިސްޓްރީގެ ނަންބަރު (IUL)101-EP/13/2016/172 (18 ސެޕްޓެންބަރު 2016) އިޢުލާނުގައި ބައެއް މަޢުލޫމާތު ފުރިހަމަނުވުމާ ގުޅިގެން އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާނުކުރަމެވެ. މި މަސައްކަތުގެ ޓަރމްސް އޮފް ރިފަރަންސް މި މިނިސްޓްރީގެ ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.
މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ބިޑް ހުށަހަޅުއްވާއިރު ތިރީގައިވާ ލިޔެކިޔުންތައް ހުށަހަޅުއްވަންވާނެއެވެ.
- ބިޑް ހުށަހަޅާ ފޯމު (ފޯމު ނެތްނަމަ، ބިޑް ބަލައެއްނުގަނެވޭނެއެވެ.)
- ބިޑް ޕްރޮޕޯޒަލް
- ޓީމުގައި ހިމެނޭ ފަރާތްތަކުގެ ސީ.ވީ އަދި ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
- މީގެ ކުރިން ކޮށްފައިވާ މިފަދަ މަސައްކަތްތައް ކާމިޔާބުކަމާއެކު ފުރިހަމަކޮށްފައިވާކަން އަންގައި، ކްލަޔަންޓުންގެ ލިޔުންތައް (ލިޔުންތަކުގައި، ކޮށްފައިވާ މަސައްކަތުގެ ތަފުސީލާއި ތާރީޚުތައް އެނގެން އޮންނަންވާނެއެވެ.)
މާކްސް ދެވޭނެ %
- ހުށަހަޅާ އަގު - %30
- ތަޢުލީމީ ފެންވަރު - %20
- ލިބިފައިވާ ތަޖުރިބާ - %50
އިތުރު މަޢުލޫމާތު
- މި މަސައްކަތް ހަވާލުކުރާ ފަރާތާއެކު އެގްރީމެންޓް ކުރެވޭ ތާރީޚުން ފެށިގެން 20 މަސައްކަތު ދުވަހުގެ ތެރޭގައި ތަރުޖަމާގެ ފައިނަލް ޑްރާފްޓް މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.
- ލަގްޒަރީ ވެސެލް ރަޖިސްޓްރޭޝަން ރެގިއުލޭޝަނުގައި ހިމެނޭނީ ޖުމްލަ 37 ޞަފުޙާއެވެ.
- މިކަމަށް އެދިލައްވާ ފަރާތްތަކުން 23 އޮކްޓޫބަރު 2016 ވަނަ ދުވަހުގެ 11:00 އަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
15 މުޙައްރަމް 1438
16 އޮކްޓޫބަރު 2016
ހޯދާ