ދިވެހިރާއްޖެ
އިޢުލާން
މުވައްޒަފަކު ބޭނުންވެއްޖެ:
މަޤާމް: މަސައްކަތު
ބޭނުންވާ އަދަދު: 1 (އެކެއް)
މަޤާމުގެ ގިންތި: ދާއިމީ
މަޤާމުގެ ރޭންކް: އެސް. އެސް.1
މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1
މުސާރަ: މަހަކު -/3100 ރުފިޔާ
ސަރވިސް އެލަވަންސް: މަހަކު -/1000 ރުފިޔާ
ވަޒީފާ އޮތް އޮފީސް: ގއ. ދާންދޫ ސްކޫލް
ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: އެޑްމިން ސެކްޝަން، ދާންދޫ ސްކޫލް
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
1. މަދަރުސާގެ ގޯތިތެރެ ކުނިކަހައި ސާފުކުރުމަށް ހަވާލުކުރެވިފައިވާ ސަރަހައްދު ކުނިކަހައި، ކުނި އުކާލުން.
2. ކުނިކަހާ ސަރަހައްދުގައި ފަޅާ ވިނަތައް ނޮޅައި ސާފުކުރުން.
3. ކިޔެވުން އޮންނަ ކޮންމެދުވަހެއްގެ ކިޔެވުން ނިމުމުން، ކްލާސްރޫމްތައް ކުނިކަހައި، ޑެސްކުތަކާއި ގޮނޑިތައް ފުހެ، ސާފުކުރުން.
4. ކުނިކަހައި ފޮޅައި ސާފުކުރާ ކްލާސްރޫމްތަކުގެ ފަންކާތަކާއި، ފެންލައިޓްތަކާއި، ހޮޅިބުރިތައް ފޮޅައި ސާފުކޮށް ބެލެހެއްޓުން.
5. ކަނޑައެޅިފައި އޮންނަ އުސޫލުން، އޮފީހާއި ކެބިންތަކާއި، ސްޓާފްރޫމުގައި މޮޕްލުން.
6. ކޮންމެ ހަފުތާއަކުވެސް، ކަނޑައެޅިފައިވާ އުސޫލުން، ސްކޫލުގެ ބޭރު މަގުމަތި ސާފުކޮށް ބެލެހެއްޓުން.
7. މަޤުބޫލު އުޒުރެއް އޮވެގެން މެނުވީ ގޯތިތެރެއިން ކުނިކަހަންޖެހޭ ސަރަހައްދު، ހެނދުނު 9:00 ގެ ކުރިން ކުނިކެހުން.
8. އިމަރޖެންސީގައި ކަންކަމުގައި ސްކޫލުން އަންގަވާ އުސޫލެއްގެމަތިން ޢަމަލުކުރުން.
9. މަދަރުސާގެ އިދާރީ މުވައްޒަފުން ފެށިގެން އެންމެ މަތީ މުވައްޒަފުންގެ އަމުރުތަކަށް ކިޔަމަންވުން.
10. މަދަރުސާގެ ގުދަން ސާފުކުރުމާއި، އެއްޗެހި ނެރެ ވެއްދުމުގައި އޮފީހުން އަންގާ ގޮތަކަށް އެހީތެރިވެދިނުން.
11. މަސައްކަތުމީހަކު ބަލިވެ ސަލާމް ބުނެފިނަމަ، އޭނާގެ މަސައްކަތް ވަގުތީގޮތުން ކުރުން.
12. މީގެ އިތުރުންވެސް އިދާރާއިން އަންގަވައިފި ކަމެއް ކުރުން.
13. ދިވެހި ސަރުކާރުގެ ގަވާއިދުތަކާއި، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުތަކާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ގަވާއިދުތަކަށް ޙުރުމަތްތެރިކޮށް ހިތުން.
ދަންފަޅިތަކުގައި ކުރަންޖެހޭ މަސައްކަތްތައް:
ހެނދުނު
- ދިއްލާފައި ހުންނަ ހުރިހާ ހޮޅިބުރިތައް ނިއްވުން.
- އެސެމްބްލީ ބޭއްވުމަށްޓަކައި ތައްޔާރުކުރުން.
- ހުރިހާ ކްލާސްރޫމް ހުޅުވައި ކުޑަދޮރުފަތްތައް ހުޅުވުން.
- ހަވާލުކުރެވިފައިވާ ފާޚާނާތައް ސާފުކުރުން.
- ސްޓާފްރޫމާއި، އޮފީހާއި، ޕްރިންސިޕަލް ކެބިން ފޮޅައި ސާފުކުރުން.
- ސްކޫލުގެ ގޯތިތެރެ ރަނގަޅަށް ސާފުކުރުން.
- ހަފުތާއަކު ތިންދުވަހު މޭޒު، ކޮމްޕިއުޓަރު ފަދަ ތަކެތި ހިރަފުސް ފޮޅައި ސާފުކުރުން.
- ކުއްލި ބައްދަލުވުންތަކަށް ގޮނޑި ރާވައި އިންތިޒާމުކުރުން.
- ކޮންމެހެން އަންގަންޖެހޭ ބައެއް އެންގުންތައް ބެލެނިވެރިންނަށާއި އާންމުންނަށް އެންގުން.
- ދެވަނަ ސެޝަން ފެށުމުގެ ކުރިން ސްޓާފްރޫމުގެ ގޮނޑިއާއި މޭޒު ތަރުތީބުކުރުން.
- އައިސްއަލަމާރީގައި ހުންނަ ހުސްފުޅިތަކަށް ފެން އެޅުން.
- އެމީހަކާ ހަވާލުވެފައިވާ ކްލާސްރޫމާއި، ހަވާލުކުރެވިފައިވާ ތަނެއްގެ ބިއްލޫރިތައް ހަފުތާއަކު ދެދުވަހު ސާފުކުރުން.
- ފޮޅައި ސާފުކުރުމަށް ގެންގުޅޭ ތަކެތި، ދަރިވަރުންނާއި މުދައްރިސުންނަށް ދަތިނުވާފަދަ ގޮތަކަށް ގުދަނަށް ލައި ރައްކާކޮށްފައި ބެހެއްޓުން.
މެންދުރު:
- ހަވާލުކުރެވިފައިވާ ފާޚާނާތައް ސާފުކޮށް ބެލެހެއްޓުން.
- ލައިބްރަރީއާއި، ކޮމްޕިއުޓަރ ލެބް ފޮޅައި ސާފުކުރުން.
- ސްކޫލުގެ ބޭރު މަގުމަތި، ހަފުތާއަކު ދެދުވަހު ސާފުކުރުން.
- ކުއްލި ބައްދަލުވުންތަކަށް ގޮނޑިފަދަ ތަކެތި އަތުރައި، ތަން އިންތިޒާމުކުރުން.
- ކޮންމެހެން އަންގަންޖެހޭ ބައެއް އެންގުންތައް، ބެލެނިވެރިންނަށާއި އާންމުންނަށް އެންގުން.
- ސްޓާފްރޫމާއި، އޮފީހުގެ މޭޒާއި ގޮނޑިތައް ތަރުތީބުކުރުން.
- އައިސްއަލަމާރީގައި ހުންނަ ހުސްފުޅިތަކަށް ފެން އެޅުން.
- އެމީހަކާ ހަވާލުވެފައިވާ ކްލާސްރޫމާއި، ހަވާލުކުރެވިފައިވާ ތަނެއްގެ ބިއްލޫރިތައް ހަފުތާއަކު ދެދުވަހު ސާފުކުރުން.
- ލައިޓް ދިއްލުން.
- ފޮޅައި ސާފުކުރުމަށް ގެންގުޅޭ ތަކެތި، ދަރިވަރުންނާއި މުދައްރިސުންނަށް ދަތިނުވާފަދަ ގޮތަކަށް ގުދަނަށް ލައި ރައްކާކޮށްފައި ބެހެއްޓުން.
- ހަފުތާއަކު ތިންދުވަހު މޭޒު، ކޮމްޕިއުޓަރ ފަދަ ތަކެތި ހިރަފުސް ފޮޅައި ސާފުކުރުން.
މަޤާމުގެ ޝަރުޠު:
ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ލިބިފައިވުން.
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:
- ލިބިފައިވާ ތަޢުލީމާއި ތަމްރީނު.
- ބަލަހައްޓަންޖެހޭ ގްރޭޑާ ގުޅޭގޮތުން ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ.
- މަސައްކަތުގެ ހުނަރާއި، ޤާބިލުކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް.
- ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރަމުންގެންދާ މުވައްޒަފުން، އެ މުވައްޒަފު މިހާރު ވަޒީފާ އަދާކުރާ މުއައްސަސާއަކުން އެ މުވައްޒަފެއްގެ ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީއާއި މަސައްކަތުގެ އަޚުލާޤު ހުރިގޮތް ބަޔާންކޮށް ވަޒީފާ އަދާކުރާ އޮފީހުން ދޫކުރާ "މުވައްޒަފުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީއާއި މަސައްކަތުގެ އުޅުމާއި އަޚުލާޤު ހުރިގޮތް ބަޔާންކުރާ ފޯމު" ހުށަހަޅާ މުވައްޒަފުންނަށް ވަޒީފާއަށް މުވައްޒަފަކު ހޮވުމުގައި ޕޮއިންޓް ދެވޭނެއެވެ.
އިންޓަވިއު ކުރުން
އިންޓަވިއު ކުރުމަށް ހަމަޖެހިފައިވަނީ ޝަރުޠު ފުރިހަމަވާމީހުން ޝޯޓްލިސްޓު ކުރުމަށްފަހު، ހޮވޭ ފަރާތްތަކާ އެކަންޏެވެ. އިންޓަވިއު އޮންނާނެ ދުވަހާއި ގަޑި، މަޤާމަށް އެދި ސިޓީ ފޮނުވާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކަށް، ފަހުން އެންގޭނެއެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
ހ- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)
ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
ބ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.
ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
ސުންގަޑި:
މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުން، މަޤާމަށް އެދޭ ސިޓީއާއެކު، 2016 އޮކްޓޫބަރު 27 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، މަތީގައި ބަޔާންކުރެވިފައިވާ ލިޔުންތައް، ދާންދޫ ސްކޫލަށް ހުށަހެޅުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ. ފެކްސް މެދުވެރިކޮށް ފޮނުވާ އެޕްލިކޭޝަންތައް ބަލައެއް ނުގަނެވޭނެއެވެ.
11 މުޙައްރަމް 1438