ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ
ދިވެހިރާއްޖެ
ޗީފް އިންފޮމޭޝަން އޮފިސަރ

ވަޒީފާގެ ފުރުޞަތު

މަޤާމު: ޗީފް އިންފޮމޭޝަން އޮފިސަރ

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން: އިންފޮމޭޝަން ޓެކްނޮލޮޖީ ސަރވިސް ޑިރެކްޓަރސް އެންޑް މެނޭޖަރސް

ރޭންކް: CS13-2

މުސާރަ: މަހަކު -/15,650 ރުފިޔާ

ސަރވިސް އެލަވަންސް: -/2,500 ރުފިޔާ

ނޮން ޕްރެކްޓިސް އެލަވަންސް: މުސާރައިގެ %35

ވަޒީފާ އަދާކުރަންޖެހޭ ތަން: ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ، ކ.މާލެ

ޑިވިޜަންގެ ނަން: -

ސެކްޝަންގެ ނަން: -

ފެންވަރު ނުވަތަ ޝަރުޠު:

1. މަޤާމަށް ބޭނުންވާ ދާއިރާއަކުން ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 9 (މާސްޓަރސް ޑިގްރީ ނުވަތަ އެފެންވަރު) ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ސީދާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާއާއި، ހިންގުމުގެ ދާއިރާގެ 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ

2. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ސީދާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާއާއި، ހިންގުމުގެ ދާއިރާގެ 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކުގެ ޚުލާޞާ: އިންފޮމޭޝަން ޓެކްނޯލޮޖީގެ ދާއިރާއިން އެން.ސީ.އައި.ޓީ. އާ ހަވާލުކޮށްފައިވާ މަސައްކަތްތައް، ޤާނޫނާއި ގަވާއިދާއި އުސޫލުތަކުގެ މަތިން ރާވައި ހިންގައި ސަރުކާރުން ކުރާ މަސައްކަތްތަކާއި ދޭ ޚިދުމަތްތައް އިންފޮމޭޝަން ޓެކްނޯލޮޖީގެ އެހީގައި ހަރުދަނާކޮށް؛ ރާއްޖޭގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށްޓަކައި އިންފޮމޭޝަން ޓެކްނޯލޮޖީ އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރުން. އަދި ސަރުކާރުގެ މުއައްސަސާތަކަށާއި އަމިއްލަ ފަރާތްތަކަށް އިންފޮމޭޝަން ޓެކްނޯލޮޖީގެ ދާއިރާއިން ފަންނީ ލަފައާއި އިރުޝާދު ދިނުން.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: 2016 އޮކްޓޫބަރު 26 ވާ ބުދަދުވަހުގެ 14:00 ގެ ކުރިން ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީއަށް ލިޔުމަކުންނެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

  1. ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނީ، ތިރީގައި މިދަންނަވާ ބައިތަކަށް ޕޮއިންޓް ދިނުމަށްފަހު، އޭގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަކީ ވަޒީފާއަށް އެންމެ ޤާބިލު ފަރާތްކަމުގައި ކަނޑައަޅާ ގޮތަށެވެ.
  2. ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނީ ސިވިލް ސަރވިސް ކޮމިޝަނުން ނެރެ ޝާއިޢުކޮށްފައިވާ، އިންފޮމޭޝަން ޓެކްނޯލޮޖީގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަން ކުރުމުގެ "ރިކްރޫޓްމަންޓް ޓޫލްކިޓް" ގައިވާ "އިންފޮމޭޝަން ޓެކްނޯލޮޖީ ޑައިރެކްޓަރސް، މެނޭޖަރސް، އެންޑް ސީނިއަރ އޮފިޝަލްސް" ގައިވާ ގޮތުމުގެ މަތިންނެވެ. މިގޮތުން:
  • ތަޢުލީމީ ފެންވަރު %30
  • ޕްރޮފެޝަނަލް ތަމްރީނު % 10
  • މަސައްކަތުގެ ތަޖުރިބާ %30
  • މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލުކަމާއި ސިފަތައް %30

މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އާއި ޕްރެކްޓިކަލްސް އަދި އިމްތިޙާނު ކުރުން ބޭއްވުމަށް ކަނޑައަޅާފައިވާ މުއްދަތުތަކާއި އޮންނާނެތަން: މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އާއި ޕްރެކްޓިކަލްސް އަދި އިމްތިޙާނު ކުރުން ބޭއްވުމަށް ކަނޑައަޅާފައިވަނީ، އިޢުލާން ހަމަވާތާ 2 ހަފުތާގެ ތެރޭގައި ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީގައެވެ. އިންޓަވިއު އާއި ޕްރެކްޓިކަލްސް އަދި އިމްތިޙާނު ކުރުމަށް ކަނޑައަޅާ ދުވަސް މި މުއްދަތުގެ ތެރޭގައި، 1 ދުވަސް ކުރިން ލިޔުމަކުން އެންގޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ރިކޮގްނީޝަން ތައްގަނޑު ޖަހައިފައި. (ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒުތަކުން ކުރިއަށްގެންދާ ރާއްޖޭގެ ތަޢުލީމާއި ތަމްރީނު ޕްރޮގްރާމްތައް (ލޯކަލް ޕްރޮގްރާމް) ފުރިހަމަ ކުރުމުން ދޭ ސަނަދުތަކުގައި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ރިކޮގްނީޝަން ތައްގަނޑު ޖައްސަވާކަށް ނުޖެހޭނެއެވެ.)
  2. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއަކާއި،
  4. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ) (ގުޅޭނެ ފޯނު ނަންބަރާއެކު)
  5. ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މިއޮފީހުގެ ވެބްސައިޓް www.ncit.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިއޮފީހުގެ ފްރަންޓް އޮފީހުންވެސް ލިބެން ހުންނާނެއެވެ.)
  6. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން
  7. ވަޒީފާއަށް އެދި ހުށަހަޅާ ލިޔުން

އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންނަމަ، ޢަމަލުކުރަންވީ ގޮތް: މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3344000 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3344004 އެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ.

16 މުޙައްރަމް 1438

17 އޮކްޓޫބަރު 2016
ހޯދާ