ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމް: ޕްރީސްކޫލް ޓީޗަރ
ބޭނުންވާ އަދަދު: 1 (އެކެއް)
މަޤާމުގެ ގިންތި: ކޮންޓްރެކްޓް (1 އަހަރުދުވަސް)
ވަޒީފާ އޮތް އޮފީސް: ގއ. ނިލަންދޫ ސްކޫލް
ވަޒީފާ އަދާކުރަންޖެހޭ ތަން: އެކެޑެމިކް ސެކްޝަން، ނިލަންދޫ ސްކޫލް، ގއ. ނިލަންދޫ
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
އެލް. ކޭ. ޖީ. އާއި، ، ޔޫ. ކޭ. ޖީ. ގެ ކްލާސްތަކުގެ ދަރިވަރުންނަށް ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް ކިޔަވައިދިނުމާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
މަޤާމުގެ ރޭންކާއި، ކްލެސިފިކޭޝަނާއި، ޝަރުޠާއި، މުސާރައާއި، ސަރވިސް އެލަވަންސް:
މަޤާމް |
މަޤާމުގެ ރޭންކް |
މަޤާމުގެ ކްލެސިފިކޭޝަން |
މަޤާމުގެ ޝަރުޠު |
މުސާރަ |
ސަރވިސް އެލަވަންސް |
ޕްރީ ސްކޫލް އެސިސްޓެންޓް ޓީޗަރ |
GS1 |
ޕްރީ ސްކޫލް ޓީޗަރ 1 |
މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ފާސް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން |
މަހަކު -/3،565 ރުފިޔާ |
މަހަކު -/1،500 ރުފިޔާ |
ޕްރީ ސްކޫލް ޓީޗަރ |
GS2 |
ޕްރީ ސްކޫލް ޓީޗަރ 2 |
ޕްރީ ސްކޫލް ޓީޗިންގެ ދާއިރާއިން، ސެޓުފިކެޓު ލެވެލް 2 ގެ ސަނަދެއް ހާސިލުކޮށްފައިވުން. |
މަހަކު -/4،000 ރުފިޔާ |
މަހަކު -/1،500 ރުފިޔާ |
ޕްރީ ސްކޫލް ޓީޗަރ |
GS3 |
ޕްރީ ސްކޫލް ޓީޗަރ 3 |
ޕްރީ ސްކޫލް ޓީޗިންގެ ދާއިރާއިން، ނުވަތަ އާރލީ ޗައިލްޑްހުޑް ޑެވެލޮޕްމަންޓް އިން ސެޓުފިކެޓު ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން. |
މަހަކު -/4،465 ރުފިޔާ |
މަހަކު -/1،500 ރުފިޔާ |
ޕްރީ ސްކޫލް ޓީޗަރ |
GS4 |
ޕްރީ ސްކޫލް ޓީޗަރ 4 |
- ޕްރީ ސްކޫލް ޓީޗިންގެ ދާއިރާއިން، ނުވަތަ އާރލީ ޗައިލްޑްހުޑް ޑެވެލޮޕްމަންޓް އިން ސެޓުފިކެޓު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛ - ކިޔަވައިދިނުމުގެ ރޮނގުން ސެޓުފިކެޓު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. |
މަހަކު -/5،020 ރުފިޔާ |
މަހަކު -/2،500 ރުފިޔާ |
ޕްރީ ސްކޫލް ޓީޗަރ |
MS1 |
ޕްރީ ސްކޫލް ޓީޗަރ 5 |
ކިޔަވައިދިނުމުގެ ރޮނގުން ނުވަތަ ޕްރީ ސްކޫލް ޓީޗިންގެ ދާއިރާއިން ޑިޕްލޮމާ ހާސިލުކޮށްފައިވުން. |
މަހަކު -/5،610 ރުފިޔާ |
މަހަކު -/2،500 ރުފިޔާ |
ޕްރީ ސްކޫލް ޓީޗަރ |
MS2 |
ޕްރީ ސްކޫލް ޓީޗަރ 6 |
ކިޔަވައިދިނުމުގެ ރޮނގުން ނުވަތަ ޕްރީ ސްކޫލް ޓީޗިންގެ ދާއިރާއިން ބެޗްލަރސް ޑިގްރީ ހާސިލުކޮށްފައިވުން. |
މަހަކު -/6،295 ރުފިޔާ |
މަހަކު -/2،500 ރުފިޔާ |
ޕްރީ ސްކޫލް ޓީޗަރ |
MS3 |
ޕްރީ ސްކޫލް ޓީޗަރ 7 |
- ޕްރީ ސްކޫލް ޓީޗިންގެ ދާއިރާއިން ބެޗްލަރސް ޑިގްރީއެއް އޮތުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން އެޑްވާންސްޑް ސެޓުފިކެޓެއް ނުވަތަ ޑިޕްލޮމާ ހާސިލުކޮށްފައިވުން. ނުވަތަ؛ - ޕްރީ ސްކޫލް ޓީޗަރ 6 ގެ މަޤާމުގެ ޝަރުޠު ހަމަވެ، އެ މަޤާމުގައި މަދުވެގެން 3 އަހަރުދުވަހު އުޅެ، ތަޖުރިބާ ލިބިފައިވުން. |
މަހަކު -/7،035 ރުފިޔާ |
މަހަކު -/2،500 ރުފިޔާ |
ޕްރީ ސްކޫލް ޓީޗަރ |
MS4 |
ޕްރީ ސްކޫލް ޓީޗަރ 8 |
- ކިޔަވައިދިނުމުގެ ރޮނގުން ނުވަތަ ޕްރީ ސްކޫލް ޓީޗިންގެ ދާއިރާއިން މާސްޓަރސް ޑިގްރީއެއް ހާސިލުކޮށްފައިވުން. ނުވަތަ؛ - ޕްރީ ސްކޫލް ޓީޗަރ 7 ގެ މަޤާމުގެ ޝަރުޠު ހަމަވެ، އެ މަޤާމުގައި މަދުވެގެން 3 އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން. |
މަހަކު -/7،875 ރުފިޔާ |
މަހަކު -/2،500 ރުފިޔާ |
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
1- ތަޢުލީމާއި ތަމްރީނު (ކަނޑައެޅިފައިވާ އިންސައްތަ: %50)
2- މަސައްކަތުގެ ތަޖުރިބާ (ކަނޑައެޅިފައިވާ އިންސައްތަ: %8)
3- މަސައްކަތުގެ ހުނަރު (ކަނޑައެޅިފައިވާ އިންސައްތަ: %25)
4- އިންޓަވިއު (ކަނޑައެޅިފައިވާ އިންސައްތަ: % 17)
އިންޓަވިއު ކުރުން:
ހ. މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއު އޮންނާނީ، 31 އޮކްޓޫބަރު 2016 އާއި 02 ނޮވެންބަރު 2016 އާ ދެމެދުގެ ތާރީޚެއްގައެވެ.
ށ. އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، އެފަރާތްތަކަށް އެކަންޏެވެ.
މަޤާމަށް އެދެންވީގޮތް:
- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ގއ. ނިލަންދޫ ސްކޫލުގެ އޮފީހަށެވެ.
- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 އޮކްޓޫބަރު 27 ވާ ބުރާސްފަތި ދުވަހުގެ 14:00 އެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، ގއ. ނިލަންދޫ ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމް ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލައި، މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ)
4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (އެޓެސްޓްކޮށްފައިވާ)
5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގައި ހިމެނޭ ލިޔުންތައް ފެންނަގޮތަށް އަދި ލިޔުންތައް ކިޔަން އެނގޭގޮތަށް ނަގާފައިވާ ކޮޕީ.
6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު(ސީ.ވީ)
12 މުޙައްރަމް 1438