ދިވެހިރާއްޖެ
ކޮންސަލްޓަންޓެއް ހޯދުން
ވަރލްޑްބޭންކުގެ އެހީގައި ދިވެހި ސަރުކާރުން ތަންފީޒުކުރާ އެންހޭންސިންގ އެޑިއުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ ދަށުން މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކުރިއަށްގެންދާ ނެޝަނަލް އެސެސްމަންޓް އޮފް ލާރނިންގ އައުޓްކަމްސް ކޮމްޕޯނަންޓަށް ޑޭޓާ އެނަލިސިސް ހަދައި ރިޕޯރޓް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
މަޤާމު: އިންޑިވިޖުއަލް ކޮންސަލްޓަންޓް
ބޭނުންވާ އަދަދު: 1 (އެކެއް)
މަސައްކަތުގެ މުއްދަތު: 02 މަސް ދުވަސް
މުސާރަ: ދެފަރާތް އެއްބަސްވާ މިންވަރަކަށް.
ފެންވަރު ނުވަތަ ޝަރުޠު:
މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ތަޢުލީމާއި ތަޖުރިބާގެ ފެންވަރު، އަދި ހޮވޭ ފަރާތެއްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް، "ޓަރމްސް އޮފް ރެފަރަންސް"ގައި ބަޔާން ކުރެވިފައިވާނެއެވެ. ޓަރމްސް އޮފް ރެފަރަންސް މިނިސްޓްރީ އޮފް އެޑިޔުކޭޝަން ގެ ވެބްސައިޓް http://www.eedp.moe.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
މަޢުލޫމާތު ސާފުކުރުން: 2016 އޮކްޓޫބަރު 20 ވާ ބުރާސްފަތި ދުވަހުގެ 11:30 ގައި
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާނީ: ކޮލިޓީ އެޝުއަރަންސް ޑިޕާޓްމަންޓް (އެދުރުހިޔާ 9 ވަނަ ފަންގިފިލާ/ ފަޅުމަތީމަގު/ މާލެ.)
މަޢުލޫމާތު ސާފުކުރެއްވުމަށް ގަޑިޔަށް ހާޒިރުނުވެވޭ ފަރާތްތަކަށް އެޕްލިކޭޝަން ހުށެހެޅުމުގެ ފުރުސަތު ދެވެންނެތް ވާހަކަވެސް ދެންނެވީމެވެ.
އެޕްލިކޭޝަން ހުށަހެޅުން:
ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 އޮކްޓޫބަރު 26 ވަނަ ދުވަހުގެ 13:00 ގެ ކުރިން އެދުރުހިޔާ ޢިމާރާތުގެ 9 ވަނަ ފަންގިފިލާގައި ހުންނަ ކޮލިޓީ އެޝުއަރަންސް ޑިޕާޓްމަންޓަށް، އަންނަނިވި ލިޔެކިޔުންތަކާއެކު އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3341140 އަށް ގުޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ އެޕްލިކޭޝަންތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
-
އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ނުވަތަ ކޮންސަލްޓަންސީ ދިނުމަށް އެދި ހުށަހަޅާ ކަމުގެ ލިޔުން
-
ކޮންސަލްޓަންސީ ދިނުމަށް އެދި ހުށަހަޅާ ފަރާތުގެ ސީ.ވީ
-
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ނުވަތަ ޕާސްޕޯޓްގެ އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖައްސަވާފައިވާ ކޮޕީ
-
ވެލިޑޭޓް ކުރެވިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ އެޓެސްޓް ކުރެވިފައިވާ ކޮޕީ
-
މަސައްކަތުގެ ތަޖުރިބާ ބަޔާންވެ އެނގޭނޭ ރެފަރަންސް ލެޓަރ
ހުށަހަޅުއްވާ އެޕްލިކޭޝަން އެޑްރެސް ކުރައްވާނީ ތިރީގައިވާ ފަރާތަށެވެ:
ޑިރެކްޓަރ ޖެނެރަލް
ކޮލިޓީ އެޝުއަރަންސް ޑިޕާޓްމަންޓް،
އެދުރުހިޔާ 9 ވަނަ ފަންގިފިލާ، ފަޅުމަތީމަގު، މާލެ.
ފޯން: 3341140
އީމެއިލް: [email protected] / [email protected]
ކޮންސަލްޓަންސީ ދޭނޭ ފަރާތެއް ހޮވުން:
- މި ކަމަށް ބޭފުޅަކު ހޮވޭނީ ހުށަހަޅާ ލިޔެކިޔުންތައް ބަލައި އިވެލުއޭޓް ކުރުމަށްފަހު އެންމެ ޤާބިލު ފަރާތަށެވެ. މީހަކު ހޮވުމުގައި އަމަލުކުރެވޭނީ ވަރލްޑް ބޭންކުގެ "ގައިޑްލައިންސް: އައި.ބީ.އާރް.ޑީ ލޯނު އަދި އައިޑާ ކްރެޑިޓާއި ގްރާންޓްތަކަށް ކޮންސަލްޓަންޓުން ހޮވުމުގައި ޢަމަލުކުރާ އުސޫލު، ޖަނަވަރީ 2011" ގައިވާ ގޮތުގެ މަތިންނެވެ.
އިތުރު މަޢުލޫމާތު:
- އިތުރު މައުލޫމާތު ބޭނުންފުޅުނަމަ މި މިނިސްޓްރީގެ ކޮލިޓީ އެޝުއަރަންސް ޑިޕާޓްމަންޓުގެ ނަންބަރު 3341140 އާ ގުޅުއްވުން އެދެމެވެ.