ދިވެހިރާއްޖެ
އިޢުލާން
މި މަދަރުސާގެ ދަރިވަރުންގެ ގޭޓާއި ސެކިއުރިޓީ ގޭޓާއި، ސްޓާފް ގޭޓާއި ، ސެކިއުރިޓީ ޕޯސްޓާއި، ފާރުމަތީގައި ފެންސް ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 އޮކްޓޫބަރު 26 ވާ ބުދަދުވަހު 11.00 އަށް މި މަދަރުސާގެ އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ނޮވެންބަރު 7 ވާ ހޯމަދުވަހު 11.00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުސަތެއް ނޯންނާނެ ވާހަކަ ދެންނެވީމެވެ.
މި އިޢުލާނާ ގުޅިގެން މި މަދަރުސާއިން ކުރިން ކޮށްފައިވާ ނަންބަރު GS48/2016/20 (18 އޮގަސްޓު 2016) އިޢުލާނު ވަނީ ބާޠިލުކުރެވިފައެވެ.