ހއ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ޕްރިންޓަރ

މަޤާމުގެ މަޢުލޫމާތު         

މަޤާމު

ޕްރިންޓަރ

ގިންތި

ދާއިމީ

ދާއިރާ

އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާ

އޮފީސް/ސެކްޝަން:

ހއ. އަތޮޅު މަދަރުސާ / އެކަޑަމިކް ސެކްޝަން

ވަޒީފާ އަދާކުރަންޖެހޭ ރަށް

ހއ.ހޯރަފުށި / ދިވެހިރާއްޖެ

ބޭނުންވާ އަދަދު

1

ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 3

ރޭންކް: އެސް.އެސް 3

ޝަރުޠު

މަޤާމަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ ހުއްދައެއް/ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 1 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

އަސާސީ މުސާރަ

މަހަކު -/3875 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1000 ރުފިޔާ

އިތުރު ޢިނާޔަތްތައް

 

އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އެލަވަންސް ލިބޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ޕްރިންޓް ކުރަންޖެހޭ ތަކެތި ޕްރިންޓް ކުރުން
  2. ޕްރިންޓްކުރާ ތަކެތީގެ ކޮޕީއެއް ފައިލްކޮށް ބެލެހެއްޓުން
  3. ޕްރިންޓް ކުރުމަށް ބޭނުންވާ ހުރިހާ މެޝިންތައް ސަރވިސްކުރުވައި ބެލެހެއްޓުން.
  4. ޕްރިންޓް ކުރުމަށް ބޭނުންވާ ކަރުދާސް، ދެލި ފަދަ ތަކެތި ދުރާލައި ހޯދުވުން.
  5. ޕްރިންޓްރޫމް ސާފު ކުރުވައި ތަރުތީބުކޮށް ބެލެހެއްޓުން.
  6. ހަވާލުކުރެވޭ ތަކެތި ލެމިނޭޓް ކުރުމާއި ބައިންޑް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

 

  • ވަޒީފާގެ ޝަރުޠު
  • ތަޢުލީމާއި ތަމްރީނު
  • މަސައްކަތުގެ ތަޖުރިބާ
  • ލިބިފައިވާ ހުނަރު

އިންޓަވިއުކުރުން

 

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނެ ތާރީޚާއި ވަގުތު އަދި ތަން އިޢުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ 5 ދުވަހުގެ ތެރޭގައި ލިޔުމުން އެންގޭނެ ވާހަކަ ދެންނެވީމެވެ.

ހުށަހަޅަންޖެހޭ ތަކެތި

  • މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ހއ.އަތޮޅު މަދަރުސާއިން ލިބެން ހުންނާނެއެވެ. އަދި ކޮމިޝަންގެ ވެބްސައިޓު www.csc.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.)
  • ސިވިލް ސަރވިސް އަށް ނުވަތަ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ(ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)

(ށ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ކޮޕީ.

  • ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާއަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)
  • ވަޒީފާއަށް އެދޭ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު

ސުންގަޑި

މި މަޤާމަށް ހުށަހަޅަންޖެހޭ އެންމެހައި ތަކެތި ހުށަހަޅާނީ 2016 އޮކްޓޫބަރު 26 ވާ ބުދަދުވަހުގެ 14:00 ގެ ކުރިން ހއ. އަތޮޅު މަދަރުސާގެ އޮފީހަށެވެ.

އިތުރު މަޢުލޫމާތު

 

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކަށް އިންޓަވިއު ކުރުމަށްފަހު، އެންމެ މަތިން މާކްސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ، 6500048 ނަންބަރު ފޯނަށެވެ.

12 މުޙައްރަމް 1438

13 އޮކްޓޫބަރު 2016
ހޯދާ