ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އޮއިން ހޮވި ފައިބަރ މަސްބޯޓު ނީލަންކިޔުމާބެހޭ

އިޢުލާން

އޮއިން ހޮވި ފައިބަރު މަސްބޯޓު ނީލަންކިޔުމާބެހޭ

މި ކައުންސިލުގެ ނަންބަރު (IUL)383/383/2016/101 (29 ސެޕްޓެންބަރު 2016) އިޢުލާނު ގެޒެޓްކުރެވިފައިނުވާތީ އެ އިޢުލާނު ބާޠިލުކޮށް، އަލުން އިޢުލާނުކުރީމެވެ.

އޮއިން ހޮވާފައިވާ ލަންކާގެ "ނިރަންޖާ ދެވިނަވަރާ" ނަމަކަށްކިޔާ ފައިބަރު މަސްބޯޓު ޔަންމާ ފޯސީ އިންޖީނެއް އަޅާފައިވާ ސިޓީލައި ނީލަންކިޔުން 2016 އޮކްޓޫބަރު 20 ވާ ބުރާސްފަތި ދުވަހުން ފެށިގެން ހުޅުވާލައިފީމެވެ. ނީލަމާބެހޭ މަޢުލޫމާތު ތިރީގައި މިަވަނީއެވެ.

1- ބޯޓުގެ ބޮޑުމިން:    ދިގުމިން 35 ފޫޓު،  ފުޅާމިން 10 ފޫޓު

2- ބޯޓުގެ ނީލަން ފެށޭ އަގު: -/10000 (ދިހަހާސް) ރުފިޔާ

3- ބޯޓުގެ ފޮޓޯ: އިޢުލާނާ އެކުގައި ވާނެ.

4- ނީލަމުގެ އަގު މަތިކުރެވޭ އެންމެ ކުޑަ އަގު: -/2000 (ދެހާސް) ރުފިޔާ

5- ނީލަމުގައިވާ އަގު ބަދަލުކުރެވޭނީ ކޮންމެ ދުވަހެއްގެވެސް 12:00 ގައެވެ. މިގޮތުން އެދުވަހެއްގައި ބޯޑަށް އަރުވާ ސިޓީތައް ބަލައިގަނެވޭނީ އެދުވަހެއްގެ 11:45 ގެ ކުރިން ގެންނަ ސިޓީތަކެވެ. އޭގެފަހުން ބަލައިގަންނަ ސިޓީތަކުގެ އަގު ބޯޑަށް އެރުވޭނީ ޖެހިގެން އަންނަ ދުވަހުގެ 12:00 ގައެވެ.

  - ނީލަމުގައިވާ އަގު ޖެހިޖެހިގެން ދެދުވަހު އެއްއަގެއްގައި އޮވެއްޖެނަމަ، އެ އަގު ހުށަހެޅި ފަރާތަކަށް ނީލަން ނިމޭނެއެވެ. (ދެދުވަހުގެ ގޮތުގައި ބެލެވޭނީ ނޯޓިސްބޯޑަށް އަގު އަރުވާ ގަޑިން ފެށިގެން 48 ގަޑިއިރު ވުމުންނެވެ.)

6- ނީލަމުން ބޯޓު ނަގާ ފަރާތުން ނީލަން ނިމޭތާ 3 (ތިނެއް) ދުވަހުގެ ތެރޭގައި މި އިދާރާއަށް ފައިސާ ދެއްކުމަށްފަހު ބޯޓާ ހަވާލުވެ 15 ދުވަހުގެ ތެރޭގައި ބޯޓު ބަނދަރުން ބޭރުކުރަންވާނެއެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

17 އޮކްޓޫބަރު 2016
ހޯދާ