ދިވެހިރާއްޖެ
މަރާމާތުކުރުމުގެ މަސައްކަތަށް އަންދާސީހިސާބު ހޯދުން
މި ސްކޫލުން ދައްކާ ނަމޫނާއަކާ އެއްގޮތަށް މިދަންނަވާ މަރާމާތުކުރުމުގެ މަސައްކަތް، އަމިއްލަ ޚަރަދުގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު: GS-119/2016/25 އިޢުލާނާ ގުޅިގެން ޝައުޤުވެރިކަން ފާޅުކުރި ފަރާތްތައް މަދުކަމުން އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.
ޑެސްކު މަރާމާތުކުރުން
ވީމާ، އަމިއްލަ ޚަރަދުގައި މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ، (ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު)ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ) ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި، ގަޑިތަކުގައި މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
ތަފުސީލު |
ތަން |
ތާރީޚު |
ދުވަސް |
ގަޑި |
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން |
ލަންދޫ ސްކޫލް އޮފީސް |
19 އޮކްޓޫބަރު 2016 |
ބުދަ |
10:00 |
އަންދާސީހިސާބު ހުށަހެޅުން |
ލަންދޫ ސްކޫލް އޮފީސް |
24 އޮކްޓޫބަރު 2016 |
ހޯމަ |
13:00 |
އަންދާސީހިސާބު އިވެލުއޭޓްކުރުމުގައި ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ ގޮތް:
# |
ޕޮއިންޓު ދިނުމުގައި ބެލެވޭނެ ކަންތައް |
ޕޮއިންޓް |
1 |
މަސައްކަތުގެ އަގަށް |
65 |
2 |
މަސައްކަތުގެ މުއްދަތަށް |
25 |
3 |
މާލީ ތަނަވަސްކަމާއި ފަންނީ ޤާބިލުކަމަށް |
5 |
4 |
މަސައްކަތުގެ ތަޖުރިބާއަށް |
5 |
|
ޖުމުލަ: (ސަތޭކަ) |
100 |
ކުންފުންޏަކުން ނުވަތަ އަމިއްލަ ފަރާތަކުން، އެ ފަރާތެއްގެ ބަދަލުގައި އެެހެން ބޭފުޅަކު ފޮނުއްވާނަމަ، އެ ކުންފުންޏެއްގެ ނުވަތަ އަމިއްލަ ފަރާތެއްގެ ސިޓީއެއް އެ ބޭފުޅަކާއެކު ފޮނުއްވަންވާނެއެވެ. މަޢުލޫމާތުދިނުމުގެ ސެޝަނަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.
15 މުޙައްރަމް 1438