ދިވެހިރާއްޖެ
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ:
މި މަދަރުސާގެ 2 ކްލާސްރޫމްގައި މިހާރު ހުރި ދޮރުތައް ނަގައި، އެލްމިނިއަމް ދޮރުތައް ހަދައިދީ ހަރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މި މަދަރުސާއިން ދޭ ނަމޫނާއާ އެއްގޮތަށް، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، 2016 އޮކްޓޫބަރު 25 ވާ އަންގާރަދުވަހުގެ 13:00 އަށް މި މަދަރުސާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ނޮވެންބަރު 6 ވާ އާދީއްތަދުވަހުގެ 13:00 އަށް މި މަދަރުސާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަންދާސީހިސާބު އިވެލުއޭޓްކުރުމުގައި ޕޮއިންޓުދިނުމަށް ހަމަޖެހިފައިވާގޮތް:
# |
ޕޮއިންޓުދިނުމުގައި ބެެލެވޭނެ ކަންތައް |
ޕޮއިންޓު |
1 |
މަސައްކަތުގެ އަގަށް |
65 |
2 |
މަސައްކަތުގެ މުއްދަތަށް |
25 |
3 |
މާލީ ތަނަވަސްކަމާއި ފަންނީ ޤާބިލުކަމަށް |
5 |
4 |
މަސައްކަތުގެ ތަޖުރިބާއަށް |
5 |
|
ޖުމުލަ (ސަތޭކަ) |
100 |
އަންދާސީހިސާބުތައް ކެނޑުމަށް ހަމަޖެހިފައިވަނީ އަންދާސީހިސާބު ހުށަހެޅުއްވި ބޭފުޅުންގެ ކުރިމަތީގައި އަންދާސީހިސާބު އިވެލުއޭޓުކުރާ ކޮމެޓީގެ މެންބަރުންގެ ހާޒިރުގައެވެ. މަޢުލޫމާތުދިނުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ބޭފުޅުންނަށް މަޢުލޫމާތު ސާފުކޮށްދެވޭކަށް ނޯންނާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ބޭފުޅުންނަށާއި، ގަޑިޖެހިގެން ވަޑައިގަންނަވާ ބޭފުޅުން ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ބަދަލުގައި އެހެން ބޭފުޅަކު ވަޑައިގަންނަވާނަމަ، މަޢުލޫމާތު ސާފުކުރައްވާ ފަރާތުގެ ސިޓީއެއް އަދި ކުންފުންޏަކުންނަމަ، ކުންފުނީގެ ލެޓަރހެޑްގައި ލިޔެފައިވާ ސިޓީއެއް ގެންނަވަންވާނެއެވެ. ބަދަލުގައި މަޢުލޫމާތު ސާފުކުރެއްވޭނީ ކޮންމެ ބޭފުޅަކަށްވެސް ކޮންމެވެސް އެއް ފަރާތެއްގެ ނަމުގައެވެ. މި މަސައްކަތްކުރެއްވުމަށް ކުރިމަތިލެއްވޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.
މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
16 މުޙައްރަމް 1438