މަޤާމު: ޑްރައިވަރ ގްރޭޑް 2
|
މުސާރައާއި އެލަވަންސް
|
މަހަކު -/6200 ރުފިޔާ
|
މަޤާމުގެ ރޭންކް
|
SS 2
|
ބޭނުންވާ އަދަދު
|
3
|
މަޤާމުގެ ބާވަތް
|
1 (އެކެއް) އަހަރުދުވަހުގެ ކޮންޓްރެކްޓް
|
މަސައްކަތް ކުރަންޖެހޭ ތަން
|
ޕަބްލިކް ސަރވިސް މީޑިއާ
|
ޑިޕާޓްމަންޓް
|
އެޑްމިނިސްޓްރޭޝަން / އިންފްރާސްޓަރަކްޗަރ އެންޑް ލޮޖިސްޓިކް
|
މަޤާމުގެ ޝަރުޠު:
|
ގްރޭޑް 7 (ހަތެއް) ގެ ފެންވަރު ހުރުން. ނުވަތަ ދާއިރާއިން 4 (ހަތަރެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.
(A-01 , B-01 , C-01 ,C-02) މި ކެޓަގަރީތަކުގެ ލައިސަންސް އޮންނަ މީހަކު ކަމުގައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސްގައި ހުއްދަ އޮންނަ ކެޓަގަރީތަކާއި ކުންފުނިން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ވެހިކަލް ދަތުރުތައް ކުރުން.
- ކުންފުނީގެ ވެހިކަލްތައް ދުއްވުމުގައި ރައްކާތެރިކަމާއެކު ޤާނޫނާއި ގަވާއިދާ އެއްގޮތަށް ދުއްވުން.
- ކުންފުނީގެ ވެހިކަލްތައް ސާފުތާހިރުކޮށް ބެލެހެއްޓުމާއި، ޗެކްކުރުން.
- ކޮންމެ ދުވަހަކުވެސް އެދުވަހެއްގައި ދުއްވާ ވެހިކަލް، ދަތުރުތައް ފެށުމުގެ ކުރިން ޗެކްކޮށް އެއްވެސް މައްސަލައެއް އުޅޭނަމަ އެކަން ލޮގްފޮތުގައި ނޯޓްކުރުން. އަދި އެކަން ކުންފުނީގެ ޓްރާންސްޕޯޓުގެ ކަންތައްތަކާއި އެވަގުތު ހަވާލުވެހުންނަ ފަރާތަކަށް އެންގުން.
- ވެހިކަލްތަކުގެ ފިއުލް ހުސްވުމުގެ ކުރިން ފިއުލް އަޅައި، ފިއުލް އެޅިކަމުގެ ސްލިޕް ކުންފުނީގެ ޓްރާންސްޕޯޓުގެ ކަންތައްތަކާ އެވަގުތަކު ހަވާލުވެހުންނަ ފަރާތަކާ ހަވާލުކުރުން.
- ޓްރާންސްޕޯޓުގެ ކަންތައްތަކާ ހަވާލުވެހުންނަ ފަރާތަކާ ގުޅިގެން ވެހިކަލްތަކަށް ބޭނުންވާ ތަކެތި ހޯދުން.
- ރަސްމީ ދަތުރުތަކުގައި، ވެހިކަލަށް ތަކެތި އެރުވުމާއި ބޭލުމުގައި ޢަމަލީގޮތުން ކްރޫންނަށް އެހީތެރިކަން ފޯރުކޮށްދިނުން.
|
އިތުރުގަޑި:
|
އިތުރުގަޑީގެ މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
|
މި މަޤާމުތަކަށް މީހުން ހޮވުމާބެހޭ އިތުރު މަޢުލޫމާތު
|
މި މަޤާމަށް މީހުން ހަމަޖެއްސުމުގައި، މިދާއިރާއިން ތަޢުލީމު ހާސިލުކޮށްފައިވާ ފަރާތްތަކަށާއި، މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް އެދޭކަމުގެ ސިޓީއާއި ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާސްންކްރިޕްޓްތަކުގެ ކޮޕީ.
- ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ.
- ޕާސްޕޯޓްސައިޒުގެ ފޮޓޯއެއް.
- ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާ އަދާކުރާތަނުން ދޫކޮށްފައިވާ ލިޔުން.
|
ސުންގަޑި
|
މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 2016 އޮކްޓޫބަރު 26 ވަނަ ދުވަހުގެ 15:00 ގެ ކުރިން މި ކުންފުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ / ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށް އެދޭ ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ.
|
އިތުރު މަޢުލޫމާތު:
|
މަޢުލޫމާތު ހޯއްދެވުމަށް 3000210 އާ ގުޅުއްވުން އެދެމެވެ.
|