ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ޓެކްނީޝަން

އިޢުލާން

ތިރީގައި މިދަންނަވާ، މި ޑިޕާޓްމަންޓުގެ މަގާމަށް މުވައްޒަފަކު ބޭނުން ވެއްޖެއެވެ.

ކޮމްޕިއުޓަރ ޓެކްނީޝަނަކު ހޯދުމަށް މި ޑިޕާޓްމަންޓުން ކުރި ނަންބަރު IUL)120/1/2016/65) އިއުލާނަށް ޝަރުޠު ހަމަވާ މީހަކު ކުރިމަތިލައްވާފައި ނުވާތީ، އެ މަޤާމަށް މީހަކު ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

މަޤާމު

ކޮމްޕިއުޓަރ ޓެކްނީޝަން

ބޭނުންވާ އަދަދު: 01 

މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް: އެމް.އެސް 1

ޔުނިޓް: އައި.ސީ.ޓީ 

މުސާރަ:

މަހަކު -/5610 ރުފިޔާ

އިތުރުގަޑީގެ ފައިސާ: ހުއްދަލިބިގެން ކުރާ އިތުރުގަޑީގެ މަސައްކަތަށް ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.

ސަރވިސް އެލަވަންސް:

މަހަކު -/2000 ރުފިޔާ

އަސާސީ ޝަރުޠު:

  1. އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

  2. އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ

  3. އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން

މަޤާމުގެ މަސްއޫލިއްޔަތު:

- މިޑިޕާޓްމަންޓްގެ މަސައްކަތްތައް އައި.ޓީ މެދުވެރިކޮށް ކުރުމާއި އައި.ސީ.ޓީގެ ދާއިރާއިން މި ޑިޕާޓްމަންޓް ތަރައްޤީ ކުރުން.

- މި ޑިޕާޓްމަންޓްގެ ކޮމްޕިއުޓަރ ސިސްޓަމްތައް ބެލެހެއްޓުމާއި ދިމާވާ ފަންނީ މައްސަލަތައް ޙައްލުކުރުން.

- މި ޑިޕާޓްމަންޓްގެ ނެޓްވާރކް ބެލެހެއްޓުމާއި ދިމާވާ ފަންނީ މައްސަލަތައް ޙައްލުކުރުން.

- މި ޑިޕާޓްމަންޓުގެ ވެބްސައިޓް ބެލެހެއްޓުމާއި އީމެއިލް ސިސްޓަމް ބެލެހެއްޓުން.

- މި ޑިޕާޓްމަންޓުން ހިންގާ އިމްތިޙާނުތަކާ ގުޅިގެން އައި.ސީ.ޓީ މެދުވެރިކޮށް ކުރަންޖެހޭ ކަންތައްތައް ކުރުން.

- މި ޑިޕާޓްމަންޓުގެ ފޯނު ސިސްޓަމް ބެލެހެއްޓުމާއި ދިމާވާ މައްސަލަތައް ޙައްލުކުރުން.

- މި ޑިޕާޓްމަންޓުގެ އިންޓަރނެޓް ބެލެހެއްޓުން.

ވަޒީފާއަށް އެންމެ ޤާބިލު މީހެއް ހޮވުމަށް ބަލާނޭ ކަންތައް

ހ. ލިބިފައިވާ ތަޖުރިބާ

ށ. ޤާބިލްކަން ކަށަވަރު ކުރުން    

- އިންޓަރވިއުކޮށްގެން

އިންޓަރވިއު ކުރުން: މި މަޤާމުތަކަށް މީހުން ހޮވުމަށް އިންޓަރވިއު ކުރާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ، ލަސްވެގެން މަސައްކަތު 10 ދުވަހުގެ ތެރޭގައި އަންގާނެއެވެ.

ނޯޓު:  ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.

 * އިންޓަވިއުއަށް ދަންނަވާނީ ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު ހޮވޭ ފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

1. މަޢުލޫމާތު ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ ކައުންޓަރުންނާއި މި ޑިޕާޓްމަންޓްގެ www.dpe.edu.mv  ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެ.)

2.  ސިވިލް ސަރވިސްގައި / ސަރުކާރުގައި ޚިދުމަތް ކުރައްވާ މުވައްޒަފެއް ނަމަ، އަދާ ކުރާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒު ނުކުރާކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުން ދޫކުރާ ލިޔުން.

3. ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ ބޮންޑާ ބެހޭ މަޢުލޫމާތު އެނގޭގޮތަށް އޮފީހުން ދޫކުރާ ލިޔުން

4.  ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މި ފަދަ ސެޓުފިކެޓުތައް އެކްރެޑިޓް ކުރަން ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރުހަމަ ކުރި ކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

4. ފުރިހަމަ ކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

5. މަސައްކަތު ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. (ވަޒީފާ އަދާ ކުރި މުއްދަތާއި ކުރި މަސައްކަތް އަދި މުވައްޒަފުންގެ ޢަދަދު ބަޔާންކޮށްފައިވާ)

6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަ ނުވާ ކާޑުގެ ދެ ފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.

7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. (ސީ.ވީ)

ތަކެތި ހުށަހަޅަންޖެހޭ އޮފީސް  

މި މަޤާމުތަކަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް / ފިލާ ބިލްޑިންގ 2 ވަނަ ފަންގިފިލާގެ ކައުންޓަރަށް.

ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2016 އޮކްޓޫބަރު 25 ވާ އަންގާރަ ދުވަހުގެ 13:30 .

ނޯޓް: މި ޢިއުލާނުގައި ބަޔާންކޮށްފައިވާ މަޤާމުތަކަށް ކުރިމަތިލާ (ޝަރުޠު ހަމަވާ) މީހުންގެ ތެރެއިން މަޤާމަށް މީހަކު ކަނޑައެޅުމުގައި ތިރީގައި ބަޔާންކުރާ މަރުޙަލާތަކަށް ރިޢާޔަތް ކުރެވޭނެއެވެ.

ހ) ޝޯޓްލިސްޓް ކުރާ މީހުންނާ އިންޓަރވިއު ކުރުން.

ށ) އިންޓަވިއުއަށް ހޮވޭ ފަރާތްތަކުން ގަޑިއަށް އިންޓަވިއުއަށް ހާޒިރުވެ ސޮއިކުރަންވާނެއެވެ. ގަޑިއަށް ހާޒިރު ނުވާ ފަރާތްތަކަށް އިންޓަވިއު ނުކުރާނެއެވެ.

* މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މި ޑިޕާޓްމަންޓުގެ ނަންބަރު 3009339 ފޯނާއެވެ.

12 މުޙައްރަމް 1437

13 އޮކްޓޫބަރު 2016
ހޯދާ