އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރާއްޖެއިން ބޭރުގައި ވޯޓުނެގުމަށް ހަމަޖެހިފައިވާ ޤައުމުތަކުގައި ވޯޓުނެގުމަށް ހަމަޖެހިފައިވާ ވަގުތު - ރިޔާސީ އިންތިޚާބު 2013
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 110 ވަނަ މާއްދާއާއި ޤާނޫނު ނަންބަރު 2008/12 (ރިޔާސީ އިންތިޚާބުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) ގެ ދަށުން، 2013 ސެޕްޓެމްބަރ 7 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި، ރާއްޖެއިން ބޭރުގައި ވޯޓުނެގުމަށް ހަމަޖެހިފައިވާ ޤައުމުތަކުގައި ވޯޓުނެގުމަށް ހަމަޖެހިފައިވާ ވަގުތު މި ދަންނަވާގޮތަށް ހަމަޖއްސައިފީމެވެ. ކޮންމެ ޤައުމެއްގައިވެސް ވަގުތު ބަޔާންކޮށްފައިވަނީ އެ ޤައުމެއްގެ ގަޑިންނެވެ.
ޤައުމު |
ވޯޓުނެގުން |
|
ފެށުމަށް ހަމަޖެހިވާ ގަޑި |
ނިންމާ ގަޑި |
|
އިންޑިއާ/ޓްރިވެންޑްރަމް |
8:00 |
16:30 |
އިންޑިއާ/ނިއުދިއްލީ |
8:00 |
16:30 |
ސްރީލަންކާ/ކޮލޮމްބޯ |
8:00 |
16:30 |
ލަންޑަން |
9:00 |
17:30 |
މެލޭޝިޔާ |
10:30 |
19:00 |
ސިންގަޕޯރ |
10:30 |
19:00 |
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރަމެވެ.
26 ޝައްވާލް 1434
02 ސެޕްޓެންބަރު 2013
ހޯދާ