ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
މި އޮފީހުގެ ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.
މަޤާމް: ޗީފް އެކައުންޓެންޓް
ބޭނުންވާ ޢަދަދު: 1
މުސާރަ: މަހަކު -/26,000 ރުފިޔާއާއި، -/24,000 ރުފިޔާއާ ދެމެދު
ފެންވަރު ނުވަތަ ޝަރުޠު:
-
އެކައުންޓިންގ ނުވަތަ ފައިނޭންސްގެ ދާއިރާއިން ބެޗެލާރސް ޑިގްރީއެއް ހާސިލުކޮށްފައިވުން، ނުވަތަ، އޭ.ސީ.ސީ.އޭ، އޭ.އޭ.ޓީ، ސީމާ ނުވަތަ ސީ.ޕީ.އޭގެ ޕްރޮފެޝަނަލް ލެވެލްގެ ސެޓްފިކެޓެއް ހާސިލުކޮށްފައިވުން.
-
އެކައުންޓިންގ އެންޑް ފައިނޭންސްގެ ދާއިރާއިންް މެނޭޖްމެންޓް ލެވެލްގައި މަދުވެގެން 5 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ހާސިލުކޮށްފައިވުން.
-
މައިކްރޯސޮފްޓް އެކްސެލް، ކުއިކް ބުކްސް، އޮފީސް އެޕްލިކޭޝަން ސޮފްޓްވެއަރ ރަނގަޅަށް ބޭނުންކުރަން އެނގުން.
-
ދިވެހިބަހާއި، އިނގިރޭސިބަހުން ފުރިހަމައަށް މުޢާމަލާތްކުރަން އެނގުން.
މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮކްޓޫބަރު 27 ވާ ބުރާސްފަތި ދުވަހުގެ 16:00 ގެ ކުރިން ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރެއްވުމަށްފަހު، އެފޯމުގައި ބަޔާންކޮށްފައިވާ އެހެނިހެން ލިޔެކިޔުންތަކާއެކު ތިރީގައިވާ އެޑްރެހަށް ނުވަތަ އީމެއިލް އެޑްރެހަށް ފޮނުއްވުން އެދެމެވެ.
ވަޒީފާއަށް އެދޭ ފޯމާއި މި މަޤާމުގެ ވަޒީފާ ބަޔާން މި އޮފީހުގެ ވެބްސައިޓުން (http://pension.gov.mv) ލިބެން ހުންނާނެއެވެ.
އަދި މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށް އެކަންޏެވެ.
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
މޫކައި ސުއިޓްސް (6 ވަނަ ފަންގިފިލާ)
ހަވީރީ ހިނގުން، މާލެ.
ފޯނު: 1441
އީމެއިލް: [email protected]