ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު (ވަގުތީ)

އިޢުލާން

ވޭޖް އެމްލޯއިމެންޓް އުސޫލުން މަސައްކަތު މީހުން ނެގުމާގުޅޭ:

މަޤާމު:              މަސައްކަތު (ވަގުތީ)

މުއްދަތު:             1 އަހަރު

ބޭނުންވާ އަދަދު:         2 (އުމުރުން 18 އަހަރުފުރި 65 އަހަރު ފުރިފައި ނުވުން)

ރޭންކް:              އެސް.އެސް 1 (ސަޕޯޓް ސަރވިސް 1)

ކްލެސިފިކޭޝަން:         ސަޕޯޓް ސްޓާފް ގްރޭޑް 1

މަޤާމު އޮތް އޮފީސް:       މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް

ވަޒީފާ އަދާކުރަންޖެހޭ ތަން:   ދ. ކުޑަހުވަދޫ މިސްކިތްތައް – ކުޑަހުވަދޫ ކައުންސިލުގެ އިދާރާ

މުސާރަ:              މަހަކު -/3,100 ރުފިޔާ.

ސަރވިސް އެލަވަންސް:      މަހަކު -/1,000 ރުފިޔާ.

މަސައްކަތް ކުރަންޖެހޭ ގަޑީގެ އަދަދު: ދުވާލަކު 6 ގަޑިއިރު، ހަފުތާގެ 7 ދުވަސް.

މަޤާމުގެ ޝަރުޠުތައް:

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ލިބިފައިވުން،

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކުގެ ޚުލާޞާ.

1- ކޮންމެ ނަމާދުވަގުތެއްގެ 15 މިނިޓް ކުރިން މިސްކިތަށްގޮސް މިސްކިތާއި ވަޅުދޮށް، އިސްކުރުބަރި ފާޚާނާ ހުރިނަމަ ފާޚާނާ ސާފުކުރަންވާނެއެވެ. އަދި ނަމާދުކޮށް ނިމުމުން 15 މިނިޓް މަޑުކޮށް، ކުރަން ހުރި މަސައްކަތްކުރުން.

2- މިސްކިތް ފޮޅައި ސާފުކޮށް، ވަޅުދިޔަ ހިއްކައި، މިސްކިތާބެހޭ ހުރިހާ ކަމެއްކުރުން. (ވަޅުދިޔަހިއްކާނީ މަހަކު 1 ފަހަރު ނުވަތަ ހަޑިވުމުން) އަދި ދޭތެރެދޭތެރެއިން ފުރާޅުގެ ދިޔަދޮވި ސާފުކުރުން.

3- ފާޚާނާއާއި އިސްކުރުބަރި ލެވިފައިވާ މިސްކިތްތަކުގައި އެތަންތަން ދޮވެ ސާފުކޮށް ބެލެހެއްޓުމާއި، މިސްކިތުގެ ގޯތިތެރެއާއި މިސްކިތާ އިންވެގެން ހުންނަ މަގުތައް ކުނިކަހައި، ވިނަނޮޅައި، ކުނި އުކާލުމުގެ މަސައްކަތް ކުރުން. މީގެ އިތުރުން، މިސްކިތުގައި ކުރަންޖެހޭ ކުދިކުދި މަރާމާރުތައް ކުރުން. (މިސާލަކަށް، ފެންއިސްކުރު ބަދަލުކުރުން، ފަންކާ ބޮކި ހޮޅިބުރި އެނދުމުން ބަދަލުކުރުން، މިސްކިތުގެ ފާރު ނުވަތަ މިސްކިތުގެ އިންފާރުން ހަޑިވާ ތަންތަން ދޮވެ ދަވާދާއި ކުލަލައި ހެދުން. މިފަދަ އެކިއެކި ކުދިކުދި މަރާމާތުތައް ކުރުން)

4- އިމާމު/މުދިމު އަންގާގޮތެއްގެ މަތިން ބިއްލޫރި ލެވިފައިވާ ތަންތަނާއި ހޮޅިބުރި ފަންކާ ކަބަޑުތައް ފޮޅައި ސާފުކުރުމުގެ މަސައްކަތް ކުރުން، އަދި ހޮޅިބުރިތަކާއި، ފަންކާތައް އޮފީހުން ހަމަޖައްސާ އުސޫލަކުން ދިއްލައި ނިއްވުން.       

5- މިސްކިތަށް ލިބެމުންދާ ގެއްލުންތައް ގަވާއިދުން އިމާމު/މުދިމަށާއި، ރަށު ކައުންސިލް އިދާރާއަށް އަންގަމުން ގެންދިއުމާއި، ރަށުކައުންސިލް އިދާރާއިންނާއި އިމާމު/މުދިމު ހަމަޖައްސާ ގޮތެއްގެ މަތިން މިސްކިތުގެ ގޯތިތެރޭގައި ގަސް އިންދައި، ގަސްތައް ކޮށައި، ގަސްތަކަށް ފެންދީ ބެލެހެއްޓުން.                                   

6- ހިރަފުސް ދުވަސްވަރެއްގައި އިދާރާއިން އަންގައިފި ހިނދެއްގައި ގޯތިތެރެއަށް ފެންޖެހުން.              

7- ކައުންސިލް އިދާރާގައި އޮންނަ ހާޒިރީއާއި، މިސްކިތުގައި އޮންނަ ނަމާދު ހާޒިރީގައި ގަވާއިދުން ސޮއިކުރުން. 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ތަޢުލީމާއި، ތަމްރީނު، މަސައްކަތުގެ ތަޖުރިބާ، މަސައްކަތުގެ ހުނަރާއި، ފެންވަރާއި ޤާބިލުކަމާއި ސިފަތައް، މިބައިތަކުން އެންމެމަތިން ސްކޯކުރާ ފަރާތް: (މެރިޓް އުސޫލުން)

އިންޓަވިއު ޕްރެކްޓިކަލްސް އޮންނާނެ ތަނާއި، މުއްދަތު:

އިންޓަވިއު އޮންނާނީ، 2016 އޮކްޓޫބަރު 23 ން ފެށިގެން ރަސްމީ 5 ދުވަހުގެ މުއްދަތަށް ކުޑަހުވަދޫ މަލްޓިޕާޕަސް ބިލްޑިންގގައެވެ. (ވަޒީފާއަށް އެދޭ ފަރާތްތަކުން އިންޓަވިއުގެ މުއްދަތުގައި މިރަށުގައި ހުންނަވަންވާނެއެވެ.)

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

2016 އޮކްޓޫބަރު 20 ވާ ބުރާސްފަތިދުވަހުގެ 14:00 ގެ ކުރިން ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލުގެ އިދާރާއަށް ކޮންޓްރެކްޓް ވަޒީފާއަށް އެދޭ ފޯމުންނެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް: 

1- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މި އިދާރާއިން ލިބިވަޑައިގަންނަވާނެއެވެ.)

2- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

4- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.

5- ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މުއްދަތާއި، މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް. ސިވިލް ސަރވިސްގެ ވަޒީފާއެއް އަދާކުރަމުންދާ މީހެއްނަމަ، މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީ އަދި މަސައްކަތުގެ އުޅުމާއި އަޚުލާޤު ހުރިގޮތް ބަޔާންކުރާ ފޯމު.

ނޯޓު: މި އިޢުލާނުގައި ދެންނެވިފައިވާ ވަޒީފާއަށް އެދި ހުށަހަޅާ ފޯމުގައި ބަޔާންކޮށްފައިވާ ލިޔުންތައް އޭގެ އަސްލާ އެއްގޮތްކަން ކަށަވަރުކުރާނީ، ހަމައެކަނި އިންޓަވިއުއަށް ހޮވޭ މީހުންގެ ލިޔުންތަކެވެ. އެކަން ކަށަވަރު ކުރާނީ، އިންޓަވިއުއަށް އެމީހަކު ހާޒިރުވާއިރު އެލިޔުންތަކުގެ އަސްލު ގެނެސް، ލިޔުންތައް އޭގެ އަސްލާ އެއްގޮތްކަމަށް ކަށަވަރުކޮށް، މި އިދާރާއިން ކޮޕީ ލިޔުމުގައި ސޮއިކޮށް ތާރީޚު ޖަހައިގެންނެވެ.

މި އިޢުލާނާ ގުޅިގެން  މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލް އިދާރާގެ 6760522 ނަންބަރު ފޯނާއެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ.

11 އޮކްޓޫބަރު 2016
ހޯދާ