ދިވެހިރާއްޖެ
އިޢުލާން
ވޭޖް އެމްލޯއިމެންޓް އުސޫލުން ވަގުތީ އިމާމުންނާއި މުދިމުން ނެގުމާގުޅޭ:
ވަގުތީ މުދިމު |
|
މަޤާމު: |
މުދިމު |
ބޭނުންވާ އަދަދު: |
3 (އުމުރުން 18 އަހަރުފުރި 65 އަހަރު ފުރިފައިނުވުން) |
ކޮންޓްރެކްޓުގެ މުއްދަތު: |
1 އަހަރު |
މަޤާމު އޮތް އޮފީސް |
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ދ.ކުޑަހުވަދޫ ކައުންސިލުގެ އިދާރާ – ކުޑަހުވަދޫގެ މިސްކިތްތަކުގައި |
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު |
މިސްކިތްތަކުގެ އިމާމުންނާއި މުދިމުން ޗުއްޓީތަކުގައި ހުންނަވާ ދުވަސްތަކުގައި ނުވަތަ އެނޫންވެސް ސަބަބަކާ ހުރެ މިސްކިތަށް ހާޒިރުނުވެވޭފަދަ ދުވަސްތަކުގައި މިސްކިތުގައި އިމާމުވެ ނަމާދުކުރުމާއި، ދާއިރާގެ ތެރެއިން މިސްކިތުގައި ކުރަންޖެހޭ އެހެނިހެން ކަންތައްތައް ކުރުން. |
މަޤާމުގެ ރޭންކް: |
ޖީ.އެސް 1 |
ކްލެސިފިކޭޝަން: |
އެސިސްޓެންޓް އޮފިސަރ ގްރޭޑް 1 |
މަޤާމުގެ ޝަރުޠު: |
1- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 2 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ 2- ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވުން. |
މުސާރަ: |
ކޮންމެ ނަމާދު ވަގުތަކަށް 33/77 ރުފިޔާގެ ރޭޓުން މަސައްކަތު ނިކުންނަ ދުވަހަކަށް 168/85 ރުފިޔާ. |
ދުވާލަކު މަސައްކަތް ކުރަންޖެހޭ ގަޑީގެ އަދަދު: |
ދުވާލަކު 5 ގަޑިއިރު |
ވަގުތީ އިމާމު |
|
މަޤާމު |
އިމާމު |
ބޭނުންވާ އަދަދު: |
2 |
ކޮންޓްރެކްޓް މުއްދަތު: |
1 އަހަރު |
މަޤާމް އޮތް އޮފީސް |
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ދ.ކުޑަހުވަދޫ ކައުންސިލުގެ އިދާރާ – ކުޑަހުވަދޫގެ މިސްކިތްތަކުގައި |
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު |
މިސްކިތްތަކުގެ އިމާމުންނާއި މުދިމުން ޗުއްޓީތަކުގައި ހުންނަވާ ދުވަސްތަކުގައި ނުވަތަ އެނޫންވެސް ސަބަބަކާ ހުރެ މިސްކިތަށް ހާޒިރު ނުވެވޭފަދަ ދުވަސްތަކުގައި މިސްކިތުގައި އިމާމުވެ ނަމާދުކުރުމާއި، ދާއިރާގެ ތެރެއިން މިސްކިތުގައި ކުރަންޖެހޭ އެހެނިހެން ކަންތައްތައް ކުރުން. |
މަޤާމުގެ ރޭންކް: |
ޖީ.އެސް 3 |
ކްލެސިފިކޭޝަން: |
އޮފިސަރ ގްރޭޑް 1 |
މަޤާމުގެ ޝަރުތު: |
1- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ 2- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލްގެ ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. |
މުސާރަ: |
ކޮންމެ ނަމާދު ވަގުތަކަށް 39/77 ރުފިޔާގެ ރޭޓުން މަސައްކަތު ނިކުންނަ ދުވަހަކަށް 198/85 ރުފިޔާ. |
ދުވާލަކު މަސައްކަތް ކުރަންޖެހޭ ގަޑީގެ އަދަދު: |
ދުވާލަކު 5 ގަޑިއިރު |
އިމާމު / މުދިމުގެ ވަޒީފާގެ މަސްއޫލިއްޔަތު: |
1– އެއްބަސްވުމުގައިވާ ގޮތުގެމަތިން އިމާމު ޗުއްޓީގައި ހުންނަވާ ދުވަސްތަކުގައި ނުވަތަ އެނޫންވެސް ސަބަބަކާހުރެ އިމާމު މިސްކިތަށް ހާޒިރު ނުވެވޭފަދަ ދުވަސްތަކުގައި މިސްކިތުގައި އިމާމުވެ ނަމާދުކުރުން. 2- ކައުންސިލް އިދާރާއިން އަންގަވާ ގޮތެއްގެމަތިން ހުކުރުނަމާދާއި، ކޭތަނަމާދާއި، ޢީދުނަމާދު އަދި ތަރާވީޙުނަމާދު ފަދަ ނަމާދު އިމާމުވެ ކުރުން. 3- ކޮންމެ ނަމާދުވަގުތެއްގެ ގަޑިޖެހުމުގެ 15 މިނެޓް ކުރިން މިސްކިތަށްގޮސް މިސްކިތުގެ ކަންތައްތައް ބަލައި ރަނގަޅުކުރަންޖެހޭ ކަމެއްވާނަމަ އެކަމެއް ރަނގަޅުކުރުން. 4- ވަޒީފާއަށް ނުކުންނަވައި ހާޒިރީގައި ސޮއިކުރާފަހުން ކަމެއްދިމާވެގެން މިސްކިތަށް ނުދެވޭފަދަ ގޮތެއް މެދުވެރިވެއްޖެނަމަ، އަމިއްލައަށް އެކަން ކުރެވޭފަދަ، ކަމަށް އެކަށީގެންވާ ބޭފުޅަކު ލައްވައި އެދުވަހަކު މިސްކިތުގެ ބަންގިގޮވުމާއި އިމާމުވެ ނަމާދުކުރެވޭނެގޮތް ހެދުމަކީ އިމާމުގެ ޒިންމާއެކެވެ. 5- މިސްކިތުގައި ދީނީ ދަރުސްތައް ދިނުން ފަދަ ޕްރޮގްރާމްތައް ހިންގާނަމަ، އެފަދަ ޕްރޮގްރާމްތަކަށް ބޭނުންވާ އެހީތެރިކަން ދިނުމާއި އަދި އެކަން ނިމެންދެން މިސްކިތުގައި މަޑުކުރުން. 6- މިސްކިތުގެ ސާފުތާހިރުކަން ހުރިނެތްގޮތް ބަލައި، މަސައްކަތުމީހުން ލައްވައި ކުރަންޖެހޭ މަސައްކަތް ކުރުވުމާއި، މިސްކިތާ ގުޅޭގޮތުން ކުރާ ޝަކުވާތައް ރިޕޯޓު ކުރުމާއި، ސައުންޑް، ދިއްލުން އަދި ފަންކާ ފަދަ އެއްޗެއް ހަލާކުވެފައިވާނަމަ އެކަން ޙައްލުކުރުން. 7– މަޤާމާގެ މަސްއޫލިއްޔަތާ ގުޅޭ އެންމެހައި މަސައްކަތްތައް ކައުންސިލުގެ އިދާރާއިން އަންގަވާ ގޮތެއްގެ މަތިން ކުރުން. |
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
ތަޢުލީމާއި، ތަމްރީނު، މަސައްކަތުގެ ތަޖުރިބާ، މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލުކަމާއި، ސިފަތައް، މި ބައިތަކުން އެންމެމަތިން ސްކޯކުރާ ފަރާތް: (މެރިޓް އުސޫލުން)
އިންޓަވިއު ޕްރެކްޓިކަލްސް އޮންނާނެ ތަނާއި، މުއްދަތު:
އިންޓަވިއު އޮންނާނީ 2016 އޮކްޓޫބަރު 23 އިން ފެށިގެން ރަސްމީ 5 ދުވަހުގެ މުއްދަތަށް ކުޑަހުވަދޫ މަލްޓިޕާޕަސް ބިލްޑިންގގައެވެ. (ވަޒީފާއަށް އެދޭ ފަރާތްތަކުން އިންޓަވިއުގެ މުއްދަތުގައި މިރަށުގައި ހުންނަވަންވާނެއެވެ.)
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
މި މަޤާމަށް އެދި ހުށަހަޅާނީ، 2016 އޮކްޓޫބަރު 20 ވާ ބުރާސްފަތިދުވަހުގެ 14:00 ގެ ކުރިން ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލުގެ އިދާރާއަށް ކޮންޓްރެކްޓް ވަޒީފާއަށް އެދޭ ފޯމުންނެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
1- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު މި އިދާރާއިން ލިބިވަޑައިގަންނަވާނެއެވެ.)
2- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
3- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
4- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
5- ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ، އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މުއްދަތާއި، މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް. ސިވިލް ސަރވިސްގެ ވަޒީފާއެއް އަދާކުރަމުންދާ މީހެއްނަމަ، މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީ އަދި މަސައްކަތުގެ އުޅުމާއި އަޚުލާޤު ހުރިގޮތް ބަޔާންކުރާ ފޯމު.
ނޯޓު: މި އިޢުލާނުގައި ދެންނެވިފައިވާ ވަޒީފާއަށް އެދި ހުށަހަޅާ ފޯމުގައި ބަޔާންކޮށްފައިވާ ލިޔުންތައް އޭގެ އަސްލާ އެއްގޮތްކަން ކަށަވަރުކުރާނީ، ހަމައެކަނި އިންޓަވިއުއަށް ހޮވޭ މީހުންގެ ލިޔުންތަކެވެ. އެކަން ކަށަވަރު ކުރާނީ، އިންޓަވިއުއަށް އެމީހަކު ހާޒިރުވާއިރު އެލިޔުންތަކުގެ އަސްލު ގެނެސް، ލިޔުންތައް އޭގެ އަސްލާ އެއްގޮތްކަމަށް ކަށަވަރުކޮށް، މި އިދާރާއިން ކޮޕީ ލިޔުމުގައި ސޮއިކޮށް ތާރީޚު ޖަހައިގެންނެވެ.
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލުގެ އިދާރާގެ 6760522 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6760667 އެވެ. އީ މެއިލްކުރައްވާނީ [email protected] އަށެވެ.