ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
މަޤާމު |
އޮފީސް އެސިސްޓެންޓް (ދާއިމީ) |
ރޭންކް: އެސް. އެސް 2 |
އަދަދު |
1 (އެކެއް) |
|
މަސައްކަތް ކުރަންޖެހޭ ތަން |
ތިލަދުންމަތީ އުތުރުބުރީ ދިއްދޫ މެޖިސްޓްރޭޓްކޯޓު |
|
އަސާސީ މުސާރަ |
މަހަކު -/3470 (ތިންހާސް ހަތަރުސަތޭކަ ހަތްދިހަ) ރުފިޔާ |
|
މިމަޤާމަށް ލިބޭ އެލަވަންސް |
ސަރވިސް އެލަވަންސް: މަހަކު -/1000 (އެއްހާސް) ރުފިޔާ، ލިވިންގ އެލަވަންސް: މަހަކު -/2550 (ދެހާސް ފަސްސަތޭކަ ފަންސާސް) ރުފިޔާ، އަދި ޖުޑީޝަލް އެލަވަންސް ގޮތުގައި މުސާރައިގެ %25 |
|
އިތުރުގަޑި |
މިމަޤާމުތަކުގައި މަސައްކަތް ކުރާ މުވައްޒަފުން އިތުރުގަޑީގައި މަސައްކަތް ކުރައްވާނަމަ، ހަމަޖެހިފައިވާ އުސޫލުގެ މަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. |
|
އަސާސީ ޝަރުޠު |
1- ލިޔަންކިޔަން ދަތުމާއެކު، މަސައްކަަތަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް/ ހުއްދައެއް /ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ 2- މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކްހެއް ލިބެމުންދިޔުމާއެކު، SS1 ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. |
|
މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތުތައް |
1- ސިޓީއާއި، ނޯޓާއި، ޗިޓާއި، އެހެނިހެން ލިޔެކިޔުންތައް ހަވާލުކުރަންޖެހޭ ފަރާތްތަކަށް ރައްދުކުރުން. 2- ޕޯސްޓަށް ގެންދަންޖެހޭ ތަކެތި ގެންދިއުން. 3- އޮފީހުގެ ބޭނުމަށް ހޯދާ ތަކެތި އޮފީހަށް ގެނައުން. 4- މެޖިސްޓްރޭޓުންގެ ކޮޓަރިއާއި ޝަރީޢަތްކުރާ ކޮޓަރި ސާފުކޮށް ބެލެހެއްޓުން. 3- އޮފީސް ހުޅުވައި ލެއްޕުން. 4- މީގެ އިތުރުން، ވެރިން އަންގަވާ އޮފީހުގެ ރަސްމީ މަސައްކަތް ކުރުމާއި، ނުރަސްމީ ގަޑީގައި ވެސް ވެރިން އަންގަވާ ރަސްމީ މަސައްކަތް ކުރުން. |
|
ހުށަހަޅަންޖެހޭ ތަކެތި |
1- ކުރިމަތިލާ ފަރާތުގެ ވަނަވަރު 2- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލުގެ ކޮޕީ) 3- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލުގެ ކޮޕީ) 4- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލުގެ ކޮޕީ) |
|
ސުންގަޑި |
24 އޮކްޓޫބަރު 2016 ވާ ހޯމަދުވަހުގެ 15:00 ގެ ކުރިން ހއ.ދިއްދޫ މެޖިސްޓްރޭޓްކޯޓަށް ހުށަހެޅުއްވުން އެދެމެވެ. |
|
އިތުރު މަޢުލޫމާތު |
މިމަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމު، ރަސްމީ ދުވަސްތަކުގައި ހެނދުނު 8:00 އިން 15:00 އަށް މިކޯޓުން ލިބެން ހުންނާނެއެވެ. އަދި އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ރަސްމީގަޑީގައި 6500590 މި ނަންބަރާ ގުޅުއްވުން އެދެމެވެ. |
ނޯޓް: މި އިޢުލާނާ ގުޅިގެން މިކޯޓުގެ ނަންބަރު A-10-MC/2016/10 (29 އޮގަސްޓު 2016) އިޢުލާން ވަނީ ބާޠިލު ވެފައެވެ.
10 މުޙައްރަމް 1438