އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން
ވަޒީފާގެ ފުރުޞަތު:

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

މަޤާމުގެ ރޭންކް: ޖީ. އެސް. 3

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމު ނަންބަރު: 236020

މުސާރަ:

މަހަކު -/4،465 ރުފިޔާ

ސަރވިސް އެލަވަންސް: -/1،500 ރުފިޔާ

އެލަވަންސްތަކާއި ޢިނާޔަތްތައް:

އިތުރުގަޑިއާއި ބަންދު ދުވަހުގެ ފައިސާ "ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު" ގައި ކަނޑައެޅިފައިވާ ގޮތުގެ މަތިން ދެވޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު:

ކައުންސިލުން އެކިއެކި ފަރާތްތަކާއެކު ބާއްވާ ބައްދަލުވުންތަކާއި ސެކްޝަންތަކަށް ބާއްވާ ބްރީފިންގތައް އިންތިޒާމްކުރުމާއި، މި ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔުމާއި، މި ބައްދަލުވުންތަކާ ގުޅިގެން މަޝްވަރާކުރެވޭ ކަންކަމުގެ މަޢުލޫމާތު ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި، ކައުންސިލް މެންބަރުންގެ މަސައްކަތާ ގުޅިގެން ހަވާލުކުރެވޭ އިދާރީ މަސައްކަތް ކުރުން. 

މަޤާމުގެ ޝަރުޠުތައް:

ބިޒްނަސް / މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން / ލެންގްވިޖް ޔޫޒް، އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން:

  1. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  1. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާ އަދާކުރަންޖެހޭ ތަން:

ބިއުރޯ/އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ލިބިފައިވާ ތަޢުލީމާއި ތަމްރީން.
  2. މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަސައްކަތްކޮށްފައިވާނަމަ، މަސައްކަތުގެ ތަޖުރިބާ.
  3. މަސައްކަތުގެ ހުނަރާއި ޤާބިލްކަން.
  4. މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަން ބެލުމަށް ބޭއްވޭ ޕްރެކްޓިކަލްސް.

އިންޓަވިއު ބޭއްވޭނެ ތަނާއި ތާރީޚު:

އިންޓަވިއުއަށް ހާޒިރުވުމުގެ 24 ގަޑިއިރުގެ ކުރިން (ބަންދު ދުވަސް ނުހިމަނައި) އިންޓަވިއު ބޭއްވޭނެ ތަނަކާއި ގަޑި، ލިއުމަކުން އެންގޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

 

 

 

 

  1. ވަޒީފާއަށް އެދި ހުށަހަޅާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު، އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއިންނާއި، އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ އަވަށު އޮފީސްތަކުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕުރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މި ފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފަރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  2. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)
  3. ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެވިފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  4. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
  5. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު (މި ފޯމު، އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއިންނާއި، އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ އަވަށު އޮފީސްތަކުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)

ވަޒީފާއަށް އެދޭ ފަރާތްތައް ސްކްރީން ކުރުމާއި ޝޯޓް ލިސްޓް ކުރުން:

ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ސްކްރީން ކުރުމާއެކު، މަޤާމަށް އެދޭ ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ،  ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީގެ މަޝްވަރާއާއެކު އެފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. ޝޯޓްލިސްޓް ކުރުމުގައި ބެލޭނެ ކަންތައްތަކަކީ؛

1- ލިބިފައިވާ ތަޢުލީމާއި ތަމްރީން 2- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ  3- މަސައްކަތުގެ ހުނަރާއި ޤާބިލްކަން.

ސުންގަޑި:

2016 އޮކްޓޫބަރު 24 ވާ ހޯމަދުވަހުގެ 14:00 ގެ ކުރިން، އައްޑޫސިޓީ ކައުންސިލްގެ އިދާރާއަށް.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ސާފުކުރުމަށް އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ 6885003 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

9 މުޙައްރަމް 1438
10 އޮކްޓޫބަރު 2016
ހޯދާ