ދިވެހިރާއްޖެ
އިޢުލާން
ތިރީގައި މިވާ މަޤާމާށް ދެ އަހަރުދުވަހުގެ ކޮންޓުރެކްޓަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.
މަޤާމު: ޝިފްޓް އިންޗާރޖް
އަދަދު: 1
އަސާސީ މުސާރަ: -/5380ރ
މަސައްކަތް ކުރަންޖެހޭ ތަން: އެސްޓީއޯ ފ.ނިލަންދޫ ފާރމަސީ ބޭސްފިހާރަ / މެޑިކަލް ޑިޕާޓްމަންޓް
ވަޒީފާގެ ބާވަތް: ކޮންޓޮރެކްޓް (2 އަހަރު)
އެހެނިހެން ޢިނާޔަތްތައް:
* އިތުރު އެލަވަންސް: -/1500 ރުފިޔާއާއި، -/2450 ރުފިޔާއާ ދެމެދުގެ އަދަދެއް ވަޒީފާގެ މަސްއޫލިއްޔަތާ ގުޅޭގޮތުން ހަޖައްސައިދެވޭނެ
* އިތުރުގަޑީގައްޔާއި، ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ
* މަތީތަޢުލީމު ހާސިލުކޮށްފައިވާނަމަ ހަމަޖެހިފައިވާ ޢުސޫލުން ޓެކްނިކަލް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް ލިބޭނެ
* ހަމަޖެހިފައިވާ އުސޫލުން މަސައްކަތަށް ނުކުންނަށް ކޮންމެ ދުވަހަކަށް 100 ރުފިޔާގެ އެޓެންޑެންސް އެލަވަންސްގެ ގޮތުގައި ލިބޭނެ
* މެޑިކަލް އިންޝުއަރެންސް (ޕްރޮބޭޝަނަށްފަހު)
މަޤާމުގެ މަސްއޫލިއްޔަތު
* މުވައްޒަފުންނަށް ޓްރެއިިނިންގ ދިނުމާއި ސުޕަރވައިޒް ކުރުން
- ސްޓޮކް މެނޭޖްކުރުން
- ރިޕޯޓް ތައްޔާރުކުރުން
- ފާމަސީގެ ދުވަހުގެ މަސައްކަތްތައް، ހެދިފައިވާ ގަވާއިދުތަކާ އެއްގޮތަށް ހިންގޭތޯ ބަލައި މޮނިޓަރ ކުރުން
- ފާމަސީއަށް އަމާޒުވާ ޝަކުވާތައް ބަލައި އެކަންކަން ހައްލުކުރުމަށް މަސައްކަތްކުރުން
ތަޢުލީމާއި ތަޖްރިބާ
*މެނޭޖްމަންޓުގެ ދާއިރާއިން ޑިޕްލޮމާ ނުވަތަ ޑިގްރީ ހާސިލުކޮށްފައިވުން ނުވަތަ އެއަށްވެރެ މަތީ ސަނަދެއް ލިބިފައިވުން
އެހެނިހެން ހުނަރު:
* މުޢާމަލާތުކުރުމުގެ ހުނަރު
* ގިނަ ވަގުތު މަސައްކަތުގައި އުޅުވޭނެ މުވައްޒަފެއް ކަމުގައިވުން
ސުންގަޑި:
- މި މަޤާމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 އޮކްޓޫބަރު 20 ވާ ބުރާސްފަތި ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމު ތިރީގައިވާ އެޑުރެހަށް ހުށަހެޅުއްވުން އެދެމެވެ.
- އެޕްލިކޭޝަން ފޯމު، މި ކުންފުނީގެ ހެޑު އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކުންފުނީގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުކުރެވެން ވެސް ހުންނާނެއެވެ.
ނޯޓު:
- ހުށަހަޅުއްވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީގައި އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާނަމަ، އިންޓަވިއުއަށް ހާޒިރުވާން ވާނީ ސެޓުފިކެޓުތަކުގެ އަސްލާއެކުގައެވެ.
- މި މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓުފިކެޓުތަކާއި، މަސައްކަތުގެ ތަޖުރިބާއާއި، އިންޓަވިއުއަށް ބަލައި އެންމެ މަތިން މާކުސް ލިބޭ ފަރާތެކެވެ.
- މުސާރަ ހަމަޖައްސާނީ ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކަށް ބަލާފައެވެ.
- އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓުލިސްޓު ކުރެވޭ ފަރާތްތަކަށެވެ.
- ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓު / ކުށުގެ ރިކޯޑަށް ބަލާނެއެވެ.
އެޑުރެސް:
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ ހެޑު އޮފީސް
- ބޮޑުތަކުރުފާނުމަގު، މާފަންނު، މާލެ – 20345
- ފޯނު: 3344368، ،3344179 ފެކުސް: 3344041، ވެބްސައިޓު: www.sto.mv
- އީމެއިލް އެޑުރެސް: [email protected]