ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ރެފްރީސް ކޮމިޝަނުގެ މެންބަރުން އިންތިޚާބު ކުރުމާގުޅޭ

އިޢުލާން

ރެފްރީސް ކޮމިޝަނުގެ މެންބަރުން އިންތިޚާބު ކުރުމާގުޅޭ

މި އެސޯސިއޭޝަންގެ ރެފްރީސް ކޮމިޝަނުގެ ޗެއަރމަނާއި އިތުރު 5 މެންބަރުން އިންތިޚާބުކުރުމަށް ބާއްވާ ޖަލްސާ 2016 އޮކްޓޫބަރު 24 ވާ ހޯމަ ދުވަހުގެ ރޭ 21:00 ގައި ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ހ.ބޯޅަގޭ / އަބަދަށްއުފާ މަގު) ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރެފްރީސް ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކުން ރެފްރީސް ކޮމިޝަންގެ މެންބަރު ކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ފުރިހަމަކުރެއްވުމަށްފަހު ދިވެހިރައްޔިތެއްކަން އަންގައިދޭގެ ކޮޕީއަކާއެކު 2016 އޮކްޓޫބަރު 20 ވާ ބުރާސްފަތިދުވަހުގެ 12:00 ކުރިން މި އެސޯސިއޭޝަނަށް ހުށަހެޅުވުން އެދެމެވެ. މި އިންތިޚާބުގައި ވޯޓުލެވޭނީ މި އެސޯސިއޭޝަންގެ ޚިދުމަތުގައި ތިބި ރެފްރީންނަށް ކަމުގައި ދަންނަވަމެވެ.

ވީމާ، 2016 އޮކްޓޫބަރު 24 ވާ ހޯމަ ދުވަހުގެ ރޭ 21:00 ގައި ވޮލީބޯލް އެސޯސިއޭޝަނުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރެފްރީސް ކޮމިޝަންގެ ޗެއަރމަނާއި އިތުރު 5 މެންބަރުން އިންތިޚާބު ކުރާ ޖަލްސާގައި ވޯޓްލެއްވުމަށް މި އެސޯސިއޭޝަންގެ ޚިދުމަތުގައި ތިބި ރެފްރީން ވަޑައިގެން ދެއްވުން އެދެމެވެ.

08 މުޙައްރަމް 1438 

09 އޮކްޓޫބަރު 2016
ހޯދާ