ދިވެހިރާއްޖެ
މި މަރުކަޒުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މި ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހެކެވެ.
މަޤާމު |
މަސައްކަތު |
|
ބޭނުންވާ އަދަދު |
1 (އެކެއް) |
|
މަޤާމުގެ ކްލެސިފިކޭޝަން: |
ސަޕޯޓް ސްޓާފް ގްރޭޑް 1 |
ރޭންކް: SS 1 |
މުސާރަ |
މަހަކު -/3100 ރުފިޔާ |
|
ސަރވިސް އެލަވަންސް |
މަހަކު -/1000 ރުފިޔާ |
|
ވަޒީފާ އަދާކުރަންޖެހޭ ތަން |
އދ. ދަނގެތީ ޞިއްޙީ މަރުކަޒު / އދ. ދަނގެތި |
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް |
1- ޞިއްޙީމަރުކަޒުގެ ގޯތިތެރެއާއި، އިމާރާތްތަކާއި، އެތަންތާނގައިވާ ތަކެއްޗާއި ވަށައިގެންވާ މަގުތައް ކުނިކަހައި ސާފުތާހިރުކޮށް ބެލެހެއްޓުން. 2- ޞިއްޙީމަރުކަޒުން އެކިފަރާތްތަކަށް ފޮނުވަން ހަވާލުކުރެވޭ ތަކެތި އެފަރާތްތަކާއި ހަވާލުކުރުމާއި، ކިޔަންޖެހޭ ލިސްޓުތަކަށް ކިޔުމާއި، އާންމުކުރަންޖެހޭ އެންގުންތައް، އެތަކެތި ހިއްޕަންޖެހޭ ތަންތަނުގައި ހިއްޕުން. 3- ބަނދަރުން ގެންނަންޖެހޭ ތަކެތި ގެނައުމާއި ބަނދަރަށް ގެންދަންޖެހޭ ތަކެތި ގެންދިއުން. 4- ޞިއްޙީމަރުކަޒުގައި ހައްދާފައިވާ ގަސްތައް ބެލެހެއްޓުމާއި، ގަސް އިންދައި ހެއްދުން. 5- ދިދަ ނަގައި ދިދަ ތިރިކުރުން. |
|
ތަޢުލީމާއި ތަޖުރިބާ |
ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ލިބިފައިވުން. |
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް |
1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން. 2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން. 3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން. |
|
ޢިނާޔަތްތައް |
ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ބަންދު ދުވަހާއި އިތުރުގަޑީގެ ފައިސާ ދިނުމަށް ހަމަޖެހިފައިވާ އުސޫލުން ބަންދު ދުވަހާއި އިތުރުގަޑީގެ ފައިސާ ލިބިލައްވާނެއެވެ. އަދި ހަމަޖެހިފައިވާ އުސޫލުން ރަމަޟާންމަހުގެ ޢިނާޔަތު ފައިސާއާއި ރިސްކް އެލަވަންސް ލިބިލައްވާނެއެވެ. |
|
ހުށަހަޅަންޖެހޭ ލިޔުންތައް |
1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސް ވަޒީފާ އަށް އެދޭ ފޯމު (މި ފޯމު މި ޞިއްޙީ މަރުކަޒުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.) 2. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ) 3. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން. 4. މަސައްކަތުގެ ތަޖުރިބާ ދެނަގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. 5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ. 6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗުކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކުރެވިފައިވާ ސީ ވީ) |
|
ސުންގަޑި |
މިމަޤާމަށް ކުރިމަތި ލެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 23 އޮކްޓޫބަރު 2016 ވާ އާދީއްތަދުވަހުގެ 10:00 ގެ ކުރިން ވަޒީފާއަށް އެދޭ ފޯމާއި އެފޯމާގުޅޭ ލިޔުންތައް އދ.ދަނގެތީ ޞިއްޙީމަރުކަޒުގެ އިދާރީއޮފީހަށް ހުށަހެޅުއްވުން އެދެމެވެ. |
|
އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން |
މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 5 ދުވަހުގެ ތެރޭގައި އެންގޭނެއެވެ. |
|
އިތުރު މަޢުލޫމާތު |
އިތުރު މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 6680875 އެވެ. |
10 މުޙައްރަމް 1438