ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމް: ޕްރިންޓަރ
ބޭނުންވާ އަދަދު: 1 (އެކެއް)
މަޤާމުގެ ގިންތި: ދާއިމީ
މަޤާމުގެ ރޭންކް: އެސް. އެސް. 3
މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 3
މުސާރަ: މަހަކު -/3875 ރުފިޔާ
ސަރވިސް އެލަވަންސް: މަހަކު -/1000 ރުފިޔާ
އެހެނިހެން ޢިނާޔަތް: ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
ވަޒީފާ އޮތް އޮފީސް: ނޭކުރެންދޫ މަދަރުސާ
ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: އެޑްމިން ސެކްޝަން، ނޭކުރެންދޫ މަދަރުސާ
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- ފޮޓޯކޮޕީ ހެދުމާއި ޕްރިންޓްކުރުން.
- ސްކޫލުން ފޮޓޯކޮޕީހައްދަން ބޭނުންވާ އެންމެހައި ތަކެތި، ހަމަޖެހިފައިވާ އުސޫލުތަކާ އެއްގޮތްވާގޮތުގެމަތިން ބަލައި ޗެކުކޮށް ކޮޕީނަގައިދިނުމާއި، ޕްރިންޓްކޮށްދިނުން.
- - ޗާޕްކުރަން ބޭނުންވާ ތަކެތީގެ ސްޓޮކް ހުސްވުމުގެ ކުރިން، މަސައްކަތް ބަލަހައްޓާ ފަރާތަށް އެންގުން.
- ދަރިވަރުންގެ އުނގަންނައިދިނުމާ ގުޅޭގޮތުން ފޮޓޯކޮޕީހެދުމާއި ޕްރިންޓްކުރުމުގައި ދަތިނުވާނޭހެން މަސައްކަތް ކުރިޔަށްގެންދިޔުން.
- ސްކޫލުގެ ޕްރިންޓިންގ ޚަރަދު ކުޑަކުރުމަށް މަސައްކަތްކުރުން.
- ފޮޓޯކޮޕީ މެޝިންތަކާއި ޕްރިންޓިންގ މެޝިންތައް މަރާމާތުކުރުވުން.
- ޕްރިންޓިންގ މެޝިންތަކާއި ފޮޓޯކޮޕީ ހަދާ މެޝިންތައް ގިނަދުވަހު ގެންގުޅެވޭގޮތަށް ސާފުކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުން.
- އެއްވެސް މެޝިނަކަށް މައްސަލައެއް ދިމާވެއްޖެނަމަ، ކަމާބެހޭފަރާތާ މަޝްވަރާކޮށް، އެފަރާތުގެ މަޝްވަރާގެމަތިން އެކަމެއް ރަނގަޅުކުރުމަށް މަސައްކަތްކުރުން.
- ސްކޫލުން މަރާމާތުނުކުރެވޭވަރުގެ މައްސަލައެއް ދިމާވެއްޖެނަމަ، ސެކްޝަނުގެ އިސްވެރިންގެ މަޝްވަރާއާއެކު ލަސްނުކޮށް މާލެ ފޮނުވައިގެން މަރާމާތުކުރުވުން.
- ސްކޫލުގެ މަސައްކަތްތަކަށް ބުރޫނާރާނެގޮތަކަށް މެޝީންތައް މަރާމާތުކުރުމުގެ ކަންތައް ހަމަޖެއްސުން.
- މެޝީންތައް މާލެ ފޮނުވުމާއި މަރާމާތުކޮށް ނިމުމުން ރަށަށް ގެނައުމުގެ އިންތިޒާމުތައް ހަމަޖެއްސުން.
- މެޝިންތައް މާލެ ފޮނުވުމުގައި މެޝިންތަކަށް ގެއްލުން ނުވާނޭގޮތަށް ރައްކާތެރިކަމާއެކު ބަންދުކޮށްފައި ފޮނުވުން.
- ސްކޫލުން ބޭރަށް ފޮނުވާ މެޝީންތައް ހަވާލުކުރާ ފަރާތަކާ ލިޔުމުން ހަވާލުކުރުން.
- ފޮތް ޕްރިންޓްކުރުން.
- މި ސްކޫލުގެ ދަރިވަރުންގެ ކުރިއެރުމަށް ސްކޫލުން ނިންމަވައިގެން ޕްރިންޓްކުރަންޖެހޭ ފޮތްތައް ޕްރިންޓްކުރުން.
- ޕްރިންޓްކުރެވޭ އެންމެހައި ތަކެތީގެ ސިއްރު ހިފެހެއްޓުން. ޚާއްޞަގޮތެއްގައި، ޓެސްޓު ޕޭޕަރާއި ވޯކްޝީޓް ފަދަ ތަކެތި އެއްވެސް ފަރާތަކަށް ނުދެއްކުމާއި، ޗާޕްކުރުމަށްފަހު ނައްތައިލަންޖެހޭ ތަކެތި މަސައްކަތު މީހުން ލައްވައި ތިމާގެ ހާޒިރުގައި ރައްކާތެރިކަމާއެކު ނައްތައިލުން.)
- ސުޕަވައިޒަރުން އެދޭގޮތެއްގެމަތިން ކިޔަވައިދިނުމަށް ބޭނުންވާ ތަކެތި އެކަމަށް ދަތިނުވާނެހެން، ދުވަހުން ދުވަހަށް ޕްރިންޓްކޮށްދީ، އެފަރާތްތަކަށް ރައްދުކޮށްދިނުން.
- ޕްރިންޓްކުރެވޭ އެންމެހައި ތަކެތީގެ ރެކޯޑް އެކަމަށް ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް ރަނގަޅަށް ބެލެހެއްޓުން.
- ޗާޕްކުރުން ފިޔަވައި މިކަމާ ގުޅުންހުރި އެހެން މަސައްކަތްތަކުގައި އިދާރީގޮތުން އެހެން މުވައްޒަފުންނަށް އެހީތެރިވެދިނުން.
މަޤާމުގެ ޝަރުޠު:
1. މަޤާމަށް ބެނުންވާ ތަމްރީނެއް/ލައިސަންސެއް/ހުއްދައެއް/ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
2. އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 1 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:
- ތަޢުލީމާއި ތަމްރީނު.
- މަސައްކަތުގެ ތަޖުރިބާ.
- އިންޓަވިއު.
- ކޮމްޕިއުޓަރުގެ މަސައްކަތަށް އަހުލުވެރިވެފައިވާ މިންވަރު.
- ގިނަވަގުތު ހިވާގިކަމާއެކު އޮފީހުގައި މަސައްކަތްކުރެވޭނެ މީހެއްކަމުގައިވުން.
- މުޢާމަލާތުކުރުމުގެ ހުނަރު.
އިންޓަވިއު ކުރުން:
ހ. މި މަޤާމުގެ އިންޓަވިއު އޮންނާނީ، 25 އޮކްޓޫބަރު 2016 އާއި 29 އޮކްޓޫބަރު 2016 އާ ދެމެދުގެ މުއްދަތުގައި ހދ. ނޭކުރެންދޫ ސްކޫލުގައެވެ.
ށ. އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، އެފަރާތްތަކަށް އެކަންޏެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
1- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ވަޒީފާއަށް އެދޭ ފޯމު، ނޭކުރެންދޫ ސްކޫލް އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބުސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
2- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
3- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕޮރުގުރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕޮރުގުރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކޮރިޕްޓުގެ ކޮޕީ)
(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަަށްގެންދާ ރާއްޖޭގެ ޕްރޮގުރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މިފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، ޓްރާންސްކޮރިޕްޓުގެ ކޮޕީ.
(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
(ރ) ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމުރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
4. މަސައްކަތުގެ ތަޖުރިބާދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)
5. ވަޒީފާއަށް އެދޭފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ހިމެނޭގޮތަށް އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ގޮތަކަށް ނަގާފައިވާ ސާފު ކޮޕީއެއް)
6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ނޭކުރެންދޫ މަދަރުސާގެ އޮފީހަށެވެ.
- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 އޮކްޓޫބަރު 24 ވާ ހޯމަދުވަހުގެ މެންދުރު 12:00 އެވެ.
ނޯޓު: މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.
އިތުރު މަޢުލޫމާތު: މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ނޭކުރެންދޫ މަދަރުސާގެ 6520528 ނަންބަރު ފޯނަށް، ނުވަތަ 6520553 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
9 މުޙައްރަމް 1438