ދިވެހިރާއްޖެ
ޕްރީސްކޫލް ޓީޗަރ
ބޭނުންވާ އަދަދު: 4
ވަޒީފާ އޮތް އޮފީސް: ނޫރާނީ ސްކޫލް. ސ.ހިތަދޫ
ގިންތި: ކޮންޓްރެކްޓް (1 އަހަރު)
ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: އެކަޑަމިކް ސެކްޝަން
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- އެލް. ކޭ. ޖީ ، ޔޫ. ކޭ. ޖީ ކްލާސްތަކުގެ ދަރިވަރުންނަށް ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް ކިޔަވައިދިނުމާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
ޝަރުޠު:
މަޤާމު |
ރޭންކް |
ކްލެސިފިކޭޝަން |
ޝަރުޠު |
މުސާރަ |
ސަރވިސް އެލަވަންސް |
ޕްރީ ސްކޫލް އެސިސްޓަންޓް ޓީޗަރ |
GS1 |
ޕްރީ ސްކޫލް ޓީޗަރ 1 |
މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ފާސް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން |
މަހަކު -/3565 ރުފިޔާ |
މަހަކު -/1500 ރުފިޔާ |
ޕްރީ ސްކޫލް ޓީޗަރ |
GS2 |
ޕްރީ ސްކޫލް ޓީޗަރ 2 |
ޕްރީ ސްކޫލް ޓީޗިންގގެ ދާއިރާއިން، ސެޓުފިކެޓު 2 ލެވެލްގެ ސަނަދެއް ހާސިލުކޮށްފައިވުން |
މަހަކު -/4000 ރުފިޔާ |
މަހަކު -/1500 ރުފިޔާ |
ޕްރީ ސްކޫލް ޓީޗަރ |
GS3 |
ޕްރީ ސްކޫލް ޓީޗަރ 3 |
ޕްރީ ސްކޫލް ޓީޗިންގގެ ދާއިރާއިން، ނުވަތަ އާރލީ ޗައިލްޑްހުޑް ޑިވެލޮޕްމަންޓް އިން ސެޓުފިކެޓު 3 ލެވެލްގެ ސަނަދެއް ހާސިލުކޮށްފައިވުން |
މަހަކު -/4465 ރުފިޔާ |
މަހަކު -/1500 ރުފިޔާ |
ޕްރީ ސްކޫލް ޓީޗަރ |
GS4 |
ޕްރީ ސްކޫލް ޓީޗަރ 4 |
ޕްރީ ސްކޫލް ޓީޗިންގގެ ދާއިރާއިން، ނުވަތަ އާރލީ ޗައިލްޑްހުޑް ޑިވެލޮޕްމަންޓް އިން ސެޓުފިކެޓު 4 ލެވެލްގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ ކިޔަވައިދިނުމުގެ ރޮނގުން ސެޓުފިކެޓު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން |
މަހަކު -/5020 ރުފިޔާ |
މަހަކު -/2500 ރުފިޔާ |
ޕްރީ ސްކޫލް ޓީޗަރ |
MS1 |
ޕްރީ ސްކޫލް ޓީޗަރ 5 |
ކިޔަވައިދިނުމުގެ ރޮނގުން ނުވަތަ ޕްރީ ސްކޫލް ޓީޗިންގގެ ދާއިރާއިން ޑިޕްލޮމާ ހާސިލުކޮށްފައިވުން |
މަހަކު -/5610 ރުފިޔާ |
މަހަކު -/2500 ރުފިޔާ |
ޕްރީ ސްކޫލް ޓީޗަރ |
MS2 |
ޕްރީ ސްކޫލް ޓީޗަރ 6 |
ކިޔަވައިދިނުމުގެ ރޮނގުން ނުވަތަ ޕްރީ ސްކޫލް ޓީޗިންގގެ ދާއިރާއިން ބެޗްލަރސް ޑިގްރީ ހާސިލުކޮށްފައިވުން |
މަހަކު -/6295 ރުފިޔާ |
މަހަކު -/2500 ރުފިޔާ |
ޕްރީ ސްކޫލް ޓީޗަރ |
MS3 |
ޕްރީ ސްކޫލް ޓީޗަރ 7 |
ޕްރީ ސްކޫލް ޓީޗިންގގެ ދާއިރާއިން ބެޗްލަރސް ޑިގްރީއެއް އޮތުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން އެޑްވާންސްޑް ސެޓުފިކެޓެއް ނުވަތަ ޑިޕްލޮމާ ހާސިލު ކޮށްފައިވުން، ނުވަތަ ޕްރީ ސްކޫލް ޓީޗަރ 6 ގެ މަޤާމުގެ ޝަރުޠު ހަމަވެ އެ މަޤާމުގައި މަދުވެގެން 3 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން. |
މަހަކު -/7035 ރުފިޔާ |
މަހަކު -/2500 ރުފިޔާ |
ޕްރީ ސްކޫލް ޓީޗަރ |
MS4 |
ޕްރީ ސްކޫލް ޓީޗަރ 8 |
ކިޔަވައިދިނުމުގެ ރޮނގުން ނުވަތަ ޕްރީ ސްކޫލް ޓީޗިންގގެ ދާއިރާއިން މާސްޓަރސް ޑިގްރީއެއް ހާސިލުކޮށްފައިވުން، ނުވަތަ ޕްރީ ސްކޫލް ޓީޗަރ 7 ގެ މަޤާމުގެ ޝަރުޠު ހަމަވެ އެ މަޤާމުގައި މަދުވެގެން 3 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން. |
މަހަކު -/7875 ރުފިޔާ |
މަހަކު -/2500 ރުފިޔާ |
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް
- ފާއިތުވި އަހަރުތަކުގައި ޕްރީސްކޫލް ޓީޗަރެއްގެ ގޮތުގައި އުޅުއްވާފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު
- މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު
- މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތައް
އިންޓަރވިއު ކުރުން
ހ. މިމަޤާމަށް މީހަކު ހޮވުމަށް އިންޓަވިއުކުރާނެ ތާރީޚެއް ފަހުން އެންގޭނެއެވެ.
ށ. އިންޓަވިއުއަށް ހާޒިރުވާއިރު ތަޢުލީމީ ސެޓުފިކެޓުތަކާއި ހުށަހަޅުއްވާފައިވާ އެހެނިހެން ލިޔުންތަކުގެ އަސްލު ހުށަހަޅުއްވަންވާނެއެވެ.
ނ. އިންޓަވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް
ހ- ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، ސިވިލް ސަރވިސް ކޮމިޝަންގެ ސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި ފޯމު ސްކޫލުގެ އޮފީހުންވެސް ލިބެން ހުންނާނެއެވެ.)
ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް
ރ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް
ބ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި
- މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ނޫރާނީ ސްކޫލަށެވެ. ފޯމާއި ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2016 އޮކްޓޫބަރު 24 ވާ ހޯމަދުވަހުގެ 14:00 ގެ ކުރިންނެވެ.
ނޯޓް:
މި އިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ނަންބަރު: 5917 688ފޯނާ ގުޅުއްވުން އެދެމެވެ.