ދިވެހިރާއްޖެ
އިޢުލާން
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރާއި އިންޓަރނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް) ގުޅިގެން ހިންގާ "މެރިކަލްޗަރ އެންޓަރޕްރައިޒް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް"ގެ ދަށުން ލ.ދަނބިދުއާއި ކަލައިދޫގައި ހުއިފިލަނޑާ ބޮޑުކުރުމުގެ މަސައްކަތް ކުރުމަށް ދޫކުރާ ލޯނަށް އެދުމުގެ ފުރުސަތު 16 އޮކްޓޫބަރު 2016 ފެށިގެން 2 ނޮވެމްބަރު 2016 އަށް ހުޅުވާލަމެވެ. މިކަމަށް އެދި ލޯނަށް އެދޭ ފޯމާއި، ލޯނާބެހޭ މަޢުލޫމާތު މިނިސްޓްރީގެ ވެބްސައިޓް، www.fishagri.gov.mv އިންނާއި ލޯނު އަމާޒުކުރެވޭ ދެ ރަށުގެ ކައުންސިލްގެ އިދާރާތަކުން ލިބެން ހުންނާނެއެވެ.
ހުއިފިލަނޑާ ބޮޑުކުރުމުގެ މަސައްކަތް އަޖުމަ ބެލުމުގެ ގޮތުން މި ދެ ރަށުގައި ކުރާއިރު މި ދެ ރަށުން ޖުމުލަ 100 ފަރާތަށް ފުރުސަތު ދިނުމަށް ހަމަޖެހިފައިވެއެވެ. އަދި ފަށައިގަތުމުގެ ގޮތުން ކޮންމެ ރަށަކުން 15 ފަރާތަށް ވަނީ ފުރުސަތު ދީ، ކުދި ހުއިފިލަނޑައާއެކު ކޮށިތައް ހަވާލުކުރެވިފައެވެ. މީގެ އިތުރުން 70 ފުރުސަތު ދޭން ނިންމާފައިވަނީ މި ދެ ރަށުގެ ތެރެއިން ކޮންމެ ރަށަކުން 35 ފަރާތަށެވެ. މި މަސައްކަތް ކުރުމަށް ލޯނުގެ ގޮތުގައި ދޫކުރެވޭނީ ނަގުދު ފައިސާގެ ބަދަލުގައި ލޯނުގެ އަގަށްވާ މައިގަނޑު ތަކެއްޗެވެ. އެއީ މަސައްކަތް ފަށައިގަތުމަށް ބޭނުންވާ ކޮށްޓާއި ކުދި ހުއިފިލަނޑައެވެ. ލޯނު އަދާކުރުމަށް ހަމަޖެހިފައިވަނީ ނަގުދު ފައިސާއިންނެވެ.
ކަލައިދޫއާއި ދަނބިދޫގެ ރައްޔިތުން ލޯނަށް އެދި ފޯމު ހުށަހަޅާނީ، އެ މީހަކު ދިރިއުޅޭ ރަށެއްގެ ކައުންސިލްގެ އިދާރާއަށެވެ. ލޯނަށް އެދި ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 2016 ނޮވެންބަރު 2 ވަނަ ދުވަހުގެ 10:00 އެވެ. ލޯނަށް އެދުމުގެ މުއްދަތު ހަމަވުމުން، ޝަރުޠު ހަމަވާ ފޯމުތައް ވަޒަންކޮށް، ފޯމު ހުށަހެޅި ހުރިހާ ފަރާތްތަކަށް ޖަވާބުދެވޭނެއެވެ.
ލޯނު ދޫކުރުމުގެ މަރުޙަލާގައި ކޮންމެ ރަށަކުން ހޮވޭ 35 ފަރާތް ހޮވުމަށް ހަމަޖެހިފައިވަނީ ފޯމު ހުށަހަޅާފައިވާ ފަރާތްތައް ތިރީގައި ބަޔާންކުރާ މިންގަނޑުތަކުން ވަޒަންކުރުމަށް ފަހު އެންމެ މަތިން ޕޮއިންޓް ލިބޭ 35 ފަރާތް ހޮވާގޮތަށެވެ.
ހުއިފިލަނޑާ ބޮޑުކުރުމުގެ މި މަސައްކަތަށް ދޫކުރާ ލޯނު ހޯދުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ކިބައިގައި ތިރީގައި ބަޔާންކުރާ ޝަރުޠުތައް ފުރިހަމަވާންޖެހޭނެއެވެ. މި ޝަރުޠު ފުރިހަމަ ނުވާ ފަރާތްތަކުން ހުށަހަޅާފައިވާ ފޯމު ބާޠިލުކުރެވޭނެއެވެ.
- ފޯމު ހުށަހަޅާ ފަރާތަކީ ބޭންކް އޮފް މޯލްޑިވްސްއިން ނަގާފައިވާ ލޯނެއް މިވަގުތު އަދާކުރަމުންދާ ފަރާތެއްނަމަ، މުޅި ލޯނުގެ %50 އަދާކޮށްފައިވާ ފަރާތެއްކަމުގައިވުން
- އުމުރުން 18 އަހަރު ފުރިފައިވުން
މަތީގައިވާ ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކުން ހުށަހަޅާ ފޯމު ވަޒަންކުރުމުގައި، ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވަނީ ތިރީގައި ބަޔާންކުރާ ގޮތުގެ މަތީންނެވެ.
|
5 |
|
5 |
|
|
ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ލޯނެއް ނަގާފައި ނުވާ ފަރާތްތަކަށާއި، ނަގާފައިވާ ލޯނު ގަވާއިދުން އަދާކުރަމުންދާ ފަރާތްތަކަށް |
35 |
ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ގަވާއިދުން ލޯނު އަދާކުރުމުގައި އެއްފަހަރު ލަސްވެފައިވާ ފަރާތްތަކަށް |
20 |
ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ގަވާއިދުން ލޯނު އަދާކުރުމުގައި ދެފަހަރު ލަސްވެފައިވާ ފަރާތްތަކަށް |
10 |
ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ގަވާއިދުން ލޯނު އަދާކުރުމުގައި ތިންފަހަރަށްވުރެ ގިނައިން ލަސްވެފައިވާ ފަރާތްތަކަށް |
5 |
|
|
އެއްބުރަށް ކުދި ހުއިފިލަނޑަޔާއި ކާނާ ގަތުމަށް ބޭނުންވާ އާމްދަނީ ލިބޭ ފަރާތްތަކަށް |
20 |
އެއްބުރަށް ކުދި ހުއިފިލަނޑަޔާއި ކާނާ ގަތުމަށް ބޭނުންވާ ފައިސާއަށްވުރެ މަދުން އާމްދަނީ ލިބޭ ފަރާތްތަކަށް |
15 |
|
|
ފަސް އަހަރަށްވުރެ ދިގު މުއްދަތެއްގައި ރަށުގައި ގާއިމުވެ ދިރިއުޅެމުންދާ ފަރާތްތަކަށް |
20 |
ތިން އަހަރާއި ފަސް އަހަރާ ދެމެދުގެ މުއްދަތެއްގައި ރަށުގައި ގާއިމުވެ ދިރިއުޅެމުންދާ ފަރާތްތަކަށް |
15 |
ތިން އަހަރަށްވުރެ ކުރު މުއްދަތެއްގައި ރަށުގައި ގާއިމުވެ ދިރިއުޅެމުންދާ ފަރާތްތަކަށް |
10 |
|
|
އާމްދަނީ ހޯދުމަށް ކުރާ މައިގަނޑު މަސައްކަތް ރަށުގައި ގާއިމުވެ ހުރެ ކުރާ ފަރާތްތަކަށް |
15 |
އާމްދަނީ ހޯދުމަށް ކުރާ މައިގަނޑު މަސައްކަތް ކުރުމަށް ރަށުން ބޭރަށްދާ ފަރާތްތަކަށް |
10 |
ޕޮއިންޓުގެ ގޮތުން އެއްވަރުވާ ފަރާތްތަކުގެ ތެރެއިން ފަރާތެއް ނުވަތަ ފަރާތްތަކެއް ހޮވަންޖެހިއްޖެ ހާލަތެއްގައި އެކަން ކުރާނީ މާލީ ހާލަތަށް ބަލައި އާމްދަނީ ދަށް ފަރާތްތަކަށް އިސްކަން ދީގެންނެވެ. މި ލޯނާބެހޭގޮތުން އިތުރު ކަމެއް ސާފުކުރަން ބޭނުންވާ ފަރާތްތަކުން 3341836 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.
މެރިކަލްޗަރ އެންޓަރޕްރައިސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ދޫކުރެވޭ ލޯނާބެހޭ މަޢުލޫމާތު
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރާއި އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް) އާ ގުޅިގެން ހިންގާ "މެރިކަލްޗަރ އެންޓަރޕްރައިޒް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް"ގެ މައިގަނޑު މަޤުޞަދަކީ ދިވެހިރާއްޖޭއަށް މެރިކަލްޗަރގެ ޞިނާޢަތެއް ތަޢާރަފުކޮށް އެ ޞިނާޢަތް ތަރައްޤީކުރުމަށް މަގުފަހިކުރުމާއި، މެރިކަލްޗަރގެ މަސައްކަތްތަކުން ރައްޔިތުންނަށް އާމްދަނީ ލިއްބައިދިނުމެވެ. މި މަޤުޞަދު ހާސިލުކުރުމަށްޓަކައި މަޝްރޫޢުން ހިންގާ އެންމެ މުހިއްމު ދެ ޙަރަކާތަކީ މިނިސްޓްރީއާއި، އަމިއްލަ ފަރާތްތަކާ ގުޅިގެން ހުއިފިލަނޑައާއި ފާނަ އާލާކުރުމެވެ. މިގޮތުން، އަޖުމަ ބެލުމުގެ ގޮތުން ހުއިފިލަނޑާ ބޮޑުކުރުމުގެ މަސައްކަތް، ލ. ދަނބިދުއާއި ކަލައިދޫގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ. މި ދެ ރަށުގެ ރައްޔިތުންގެ ތެރެއިން ހުއިފިލަނޑާ ބޮޑުކުރުމަށް ބޭނުންވާ ފަރާތްތަކަށް ލޯނު ދިނުމުގެ ބޭނުމަކީ ހުއިފިލަނޑާ ބޮޑުކޮށް ވިއްކައިގެން އެ ފަރާތްތަކުގެ އާމްދަނީ އިތުރުކުރުމެވެ. މި ލޯނާ ގުޅޭ މުހިންމު މައުލޫމާތު ތިރީގައި މިވަނީއެވެ.
1- ހުއިފިލަނޑާ ބޮޑުކުރުމުގެ މަސައްކަތް އަޖުމަ ބެލުމުގެ ގޮތުން މި ދެ ރަށުގައި ކުރާއިރު މި ދެ ރަށުން ޖުމުލަ 100 ފަރާތަށް ލޯނުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވެއެވެ.
2- މިފިޔަވަހީގެ ދަށުން ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ މެރިކަލްޗަރގެ ދާއިރާގައި ޙަރަކާތްތެރިވާން ބޭނުން ލ.ކަލައިދޫއާއި ދަނބިދޫގެ ފަރުދުންނަށެވެ.
3- "މެރިކަލްޗަރ އެންޓަރޕްރައިޒް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް"ގެ ދަށުން ލޯނު ދޫކުރުމުގައި މެރިކަލްޗަރގެ ދާއިރާގައި ޙަރަކާތްތެރިވާން ބޭނުން އަންހެނުންނަށް އިސްކަންދެވޭނެއެވެ. މިގޮތުން ދޫކުރެވޭ ލޯނުގެ ތެރެއިން 30 އިންސައްތަ ދިނުމަށް ހަމަޖެހިފައިވަނީ އަންހެނުންނަށެވެ.
4- ލޯނުގެ ގޮތުގައި ކޮންމެ ފަރާތަކަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ޖުމުލަ -/50,000 (ފަންސާސް ހާސް) ރުފިޔާއަށްވާ ތަކެއްޗެވެ. އެއީ -/24,000 (ސައުވީސް ހާސް) ރުފިޔާގެ މަގުން އަގުކޮށްފައިވާ ހުއިފިލަނޑާ ބޮޑުކުރާ ކޮށްޓާއި، -/26,000 (ސައްބީސް ހާސް) ރުފިޔާގެ މަގުން އަގުކޮށްފައިވާ ކުދި ހުއިފިލަނޑައެވެ.
5- ލޯނު ދައްކަންޖެހޭނީ ނަގުދު ފައިސާއިންނެވެ.
6- މި ފިޔަވަހީގެ ދަށުން ދޫކުރާ ލޯނުގެ އިންޓްރަސްޓް ރޭޓަކީ %6 އެވެ.
7- ލޯނު އަދާކުރާއިރު 6 (ހައެއް) މަސްދުވަހުގެ ގްރޭސް ޕީރިއަޑެއް (މުއްދަތެއް) ލިބޭނެއެވެ. މި މުއްދަތުގެ ތެރޭގައިވެސް އިންޓްރެސްޓަށްވާ ފައިސާ ދައްކަން ޖެހޭނެއެވެ.
8- މި ފިޔަވަހީގެ ދަށުން ދޫކުރާ ލޯނު އަދާކުރުމުގެ އެންމެ ދިގު މުއްދަތަކީ 5 (ފަހެއް) އަހަރުދުވަހެވެ. މި މުއްދަތު ބެލޭނީ ގްރޭސް ޕީރިއަޑް ހިމެނޭ ގޮތަށެވެ.
9- މި ފިޔަވަހީގެ ދަށުން ލޯނު ލިބޭ ފަރާތްތައް ކަނޑައަޅާނީ، މިނިސްޓްރީގެ ފަރާތުން ފޯމުތައް ސްކްރީން ކުރުމަށްފަހު މިނިސްޓްރީންއެވެ.
10- މި ފިޔަވަހީގެ ދަށުން ލޯނު ލިބޭ ފަރާތްތަކުން ކުރިން ލޯނެއް ނަގާފައިވާނަމަ އެލޯނު އަދާކުރަމުންދާ/ އަދާކޮށްފައިވާ ގޮތަށް ބެލެވޭނެއެވެ. އަދި މިހާރު ލޯނެއް އަދާކުރަމުން ދާނަމަ، އެ ލޯނުގެ 50 އިންސައްތަ އަދާކޮށްފައި ނުވާ ފަރާތްތަކަށް މި ފިޔަވަހީގެ ދަށުން ލޯން ދުލެއް ނުކުރެވޭނެއެވެ.
11- މި ފިޔަވަހީ ދަށުން ލޯނަށް އެދި ހުށަހަޅާ ފޯމާއި ލިޔުންތައް ބަލައިގަންނާނީ ރަށު ކައުންސިލްތަކުގެ އިދާރާތަކުންނެވެ.
12- ލޯނު ދޫކުރުމަށް ހަމަޖެހިފައި ވަނީ ބޭންކް އޮފް މޯލްޑިވްސްއާއެކު ސޮއިކުރެވޭ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ.
13- މި ލޯނަށް އެދެވޭނީ އުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ ދިވެހިންނަށެވެ. ލޯނު ނަގާ ފަރާތުގެ އުމުރުން 65 އަހަރުވުމުގެ ކުރިން ލޯން ޚަލާޞްކޮށް ނިންމަންވާނެއެވެ.
14- ލޯނަށް އެދި ހުށަހަޅާ ފޯމުތަކުގެ ތެރެއިން ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމުތައް ބާޠިލުކުރެވޭނެއެވެ.
15- މި ލޯނުގެ ދަށުން ލިބޭ ތަކެއްޗާއި ސާމާނު ބޭނުންކުރަން ވާނީ ހަމައެކަނި ލޯނު ދޫކުރި މަޤުޞަދު ހާސިލުކުރުމަށެވެ.