ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މި މަދަރުސާއަށް ތިރީގައިމިވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއެވެ.
މަޤާމް: |
މަސައްކަތު |
ބޭނުންވާ އަދަދު: |
1 (އެކެއް) |
މަޤާމުގެ ގިންތި: |
ދާއިމީ |
މަޤާމުގެ ރޭންކް: |
އެސް. އެސް. 1 |
ވަޒީފާ އަދާކުރަންޖެހޭ އޮފީސް: |
ށ. އަތޮޅު މަދަރުސާ |
މަޤާމުގެ ކްލެސިފިކޭޝަން: |
ސަޕޯޓް ސްޓާފް ގްރޭޑް 1 |
މަޤާމުގެ ޝަރުޠު: |
ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން. |
||
މުސާރަ: |
މަހަކު -/3100 ރުފިޔާ |
||
ސަރވިސް އެލަވަންސް: |
މަހަކު -/1000 ރުފިޔާ |
||
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
|
- މި މަދަރުސާގެ ގޯތިތެރެއިން ކުނިކަހައި ސާފުކުރުމަށް ހަވާލުކުރެވޭ ސަރަހައްދު، މަދުވެގެން ހަފްތާއަކު ފަސްދުވަހު ކުނިކަހައި، ކުނިކަހާ ސަރަހައްދުގައި ހުރި ގަސްތައް ކޮށައި ބެލެހެއްޓުމާއި، ކުނިކަހާ ސަރަހައްދުގައި ފަޅާ ވިނަތައް ނޮޅައި، ސާފުކޮށް އުކާލުން. - ކިޔެވުން އޮންނަ ކޮންމެ ދުވަހެއްގެ ކިޔެވުން ނިމުމުން، ކްލާސްރޫމްތައް ކުނިކަހައި، ޑެސްކުތަކާއި ގޮނޑިތައް ފޮތިގަނޑަކުން ފޮހެ ސާފުކޮށް ބެލެހެއްޓުން. - ކްލާސްރޫމްތަކުގެ ފަންކާތަކާއި ފެންލައިޓްތަކާއި ހޮޅިބުރިތައް ފުހެ ސާފުކޮށް ބެލެހެއްޓުން. - ކްލާސްރޫމްތަކުގެ ޑެސްކުތަކާއި ކްލާސްރޫމްތައް ދޮވެސާފުކޮށް ބެލެހެއްޓުން. - ދަރިވަރުންގެ ފާޚާނާތައް ރަނގަޅަށް ކުނިކަހައި، ފޮހެ ސާފުކޮށް ބެލެހެއްޓުން. - އިމާރާތްތަކުގެ ދިޔަދޮވި ސާފުކޮށް ބެލެހެއްޓުން. |
||
އެހެނިހެން ޢިނާޔަތްތައް: |
އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ، މުވައްޒަފުންނަށް އިތުރުގަޑީގެ ފައިސާ ދިނުމަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. |
||
ސުންގަޑި: |
މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުން، 2016 އޮކްޓޫބަރު 19 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން، ތިރީގައި ބަޔާންކުރެވިފައިވާ ތަކެއްޗާއެކު، ށ. އަތޮޅު މަދަރުސާއަށް ހުށަހެޅުން އެދެމެވެ. |
||
މަޤާމަށްއެދި ހުށަހަޅަންޖެހޭ ލިޔުންތައް: |
- ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި މަދަރުސާގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓު މި ފޯމު ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.) - ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. - ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގައި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ، ސާފު ކޮޕީއެއް. - ތަޢުލީމީ ސެޓުފިކެޓުތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ. - މަސައްކަތު ތަޖުރިބާ ދެނެގަތުމަށް މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. - ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސިވިލްސަރވިސްގެ ނަމޫނާއާ އެއްގޮތަށް) |
||
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލޭނެ ކަންކަން: |
1- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނުތައް. 2- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ. 3- މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލުކަމުގެ ސިފަތައް. 4- އަޚުލާޤީ ފެންވަރާއި ރިވެތި ސިފަތައް. 5- މަޤާމްތަކަށް މުވައްޒަފުން ހޮވުމަށް ހަމަޖެހިފައިވަނީ ކޮންމެ މަޤާމަކާ ގުޅޭގޮތުން ކުރެވޭ އިންޓަވިޔުއަށް ބެލުމަށްފަހުއެވެ. 6- އިންޓަވިޔު އޮންނާނީ، އިޢުލާނުގެ މުއްދަތު ހަމަވާތާ 7 (ހަތް) ދުވަހުގެ ތެރޭގައި ށ. އަތޮޅު މަދަރުސާގައެވެ. |
||
މަޢުލޫމާތު ސާފުކުރުން: |
އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ށ. އަތޮޅު މަދަރުސާގެ 6540059 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. |
10 މުޙައްރަމް 1438