ދިވެހިރާއްޖެ
މި އިޢުލާންވަނީ 13 އޮކްޓޫބަރު 2016 15:33 ގައި ބާތިލް ކުރެވިފައެވެ.
އިޢުލާން
ވަޒީފާގެ ފުރުޞަތު:
10 އޮކްޓޫބަރު 2016 ގައި ގުޅިފަޅު އިންވެސްޓްމެންޓް ލިމިޓެޑުން ކޮށްފައިވާ GIL/IUL/2016/257 ނަންބަރުގެ އިޢުލާނު ކެންސަލްކޮށްފީމެވެ. ބަދަލުގެނެވިފައިވާ އިޢުލާނު ތިރީގައި މިވަނީއެވެ.
މަޤާމް: |
އެސިސްޓެންޓް ޖެނެރަލް މެނޭޖަރ، ޕްރޮޖެކްޓްސް އެންޑް ޕްލޭނިންގ |
|
ބޭނުންވާ އަދަދު: |
1 (އެކެއް) |
|
މުސާރަ: މަހަކު -/17،000 ރުފިޔާ |
މެނޭޖްމެންޓް އެލަވަންސް: |
ފުޑް އެލަވަންސް: މަހަކު -/1،050 ރުފިޔާ |
ލިވިންގ އެލަވަންސް: މަހަކު -/3،000 ރުފިޔާ |
އެޓެންޑެންސް އެލަވަންސް: ދުވާލަކަށް -/20 ރުފިޔާ |
ސެޓުފިކެޓު އެލަވަންސް: މަހަކު -/6،800 ރުފިޔާ |
މަސައްކަތް ކުރަންޖެހޭ ތަން: ގުޅިފަޅު އިންވެސްޓްމެންޓް ލިމިޓެޑުގެ މާލޭ އޮފީސް (ގުޅީފަޅުގެ ސައިޓަށް ވަރަށް ގިނައިން ދާންޖެހޭގޮތަށް) |
||
މަޤާމުގެ ޝަރުޠު: - ދިވެހިރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ ފެންވަރުގެ ކޮލެޖެއް ނުވަތަ ޔުނިވަރސިޓީއަކުން ސިވިލް އިންޖިނިއަރިންގެ ދާއިރާއިން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސެޓުފިކެޓެއް ހާސިލުކޮށްފައިވުން. - ސިވިލް އިންޖިނިއަރިންގ ނުވަތަ ގުޅުންހުރި ދާއިރާއަކުން މަދުވެގެން 3 އަހަރުދުވަހުގެ ހިންގުމާ ގުޅޭ މަސައްކަތުގެ ތަޖުރިބާއެއް ލިބިފައިވުން. - ޕްރޮޖެކްޓް މެނޭޖްކުރުމާއި، ސުޕަވައިޒްކުރުމުގެ ހުނަރު ލިބިފައިވުން. - ސައިޓް ލޭއައުޓް، ގްރޭޑިންގ، ޔުޓިލިޓީ ޑިޒައިން، އިރޯޝަން ކޮންޓްރޯލާއި ރެގިއުލޭޓްކުރުމާ ގުޅޭ އެޕްރޫވަލްތައް ނެގުމުގެ ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެފައިވުމާއި، މިކަންކަމާ ގުޅޭ ފުރިހަމަ ތަޖުރިބާ ލިބިފައިވުން. - އޮޓޯކޭޑް ބޭނުންކުރަން އެނގުމާއި، ޑްރާފްޓިންގ އެންޑް ޑިޒައިނިންގ ސޮފްޓްވެއަރތައް ބޭނުންކުރަން އެނގުން. - ދިވެހިރާއްޖޭގެ ނެޝަނަލް ބިލްޑިންގ ޑިޒައިނަރސް ރެޖިސްޓްރޭޝަނުގައި ރެޖިސްޓަރީވެފައިވާ ފަރާތްތަކައް އިސްކަންދެވޭނެއެވެ. |
||
މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު: - ގުޅިފަޅުގެ މާސްޓަރ ޕްލޭން ތައްޔާރުކުރާ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރުމާއި، ކުންފުންޏާއި، ސަރުކާރުގެ ވިސްނުން މާސްޓަރ ޕްލޭނުގައި އެކުލެވޭނޭގޮތަށް މަޢުލޫމާތު ފޯރުކޮށްދިނުން. - މާސްޓަރ ޕްލޭން ތައްޔާރުކުރުމުގެ ކުރިން ގުޅިފަޅުގައި ހިނގާ އެކިއެކި މެއިންޓެނަންސް ކަންކަމަށް ބޭނުންވާނޭ ޕްލޭންތައް ކުރުމާއި، އެކަންކަމަށް ބޭނުންވާނޭ ކުރެހުންތަކާއި ޑޮކިއުމެންޓްތައް ތައްޔާރުކުރުން. - ގުޅިފަޅުގެ މާސްޓަރ ޕުލޭނާ އެއްގޮތަށް ގުޅިފަޅު ތަރައްޤީކުރުމަށް ކުރަންޖެހޭ މަސައްކަތްތަށް ބެލެހެއްޓުން. - ގުޅިފަޅުގެ މާސްޓަރ ޕުލޭނުގައި ހިމެނޭ ކަންކަން ހާސިލުކުރުމަށްޓަކައި އިތުރަށް ހޯދަންޖެހޭ ހޯދުންތައް ހޯދުމާއި، މަޢުލޫމާތު އެއްކުރުމަށް ދިރާސާކުރުމާއި، އެއާ ގުޅިގެން ކުރަހަންޖެހޭ ކުރެހުންތައް ތައްޔާރުކުރުން. - ޓެކްނިކަލް ފީސިބިލިޓީ ސްޓަޑީޒާއި، ފީސިބިލިޓީ ސްޓަޑީޒް ތައްޔާރުކުރުމާއި، އެއާ ގުޅޭ ބުލޫ ޕްރިންޓްސް ތައްޔާރުކުރުން. - މަސައްކަތާ ގުޅޭގޮތުން ފޯރުކޮށްދޭންޖެހޭ ޓެކްނިކަލް މަޢުލޫމާތު ފޯރުކޮށްދިނުމާއި މައްސަލައެއް ދިމާވާ ހާލަތެއްގައި އެ މައްސަލައެއް ޙައްލުކުރުން. |
||
މަޤާމް: |
ނެޓްވަރކް އެޑްމިނިސްޓްރޭޓަރ |
|
ބޭނުންވާ އަދަދު: |
1 (އެކެއް) |
|
މުސާރަ: މަހަކު -/13،000 ރުފިޔާ |
ސެޓުފިކެޓު އެލަވަންސް: މަހަކު -/5،200 ރުފިޔާ |
ފުޑް އެލަވަންސް: މަހަކު -/1،050 ރުފިޔާ |
ލިވިންގ އެލަވަންސް: މަހަކު -/1،500 ރުފިޔާ |
އެޓެންޑެންސް އެލަވަންސް: ދުވާލަކަށް -/20 ރުފިޔާ |
މަސައްކަތް ކުރަންޖެހޭ ތަން: ގުޅިފަޅު |
މަޤާމުގެ ޝަރުޠު: - ދިވެހިރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ ފެންވަރުގެ ކޮލެޖެއް ނުވަތަ ޔުނިވަރސިޓީއަކުން ނެޓްވަރކް އެޑްމިނިސްޓްރޭޝަން، އިންފޮމޭޝަން ޓެކްނޮލޮޖީ ނުވަތަ މި މަސައްކަތާ ގުޅޭ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސެޓުފިކެޓެއް ހާސިލުކޮށްފައިވުން. - ނެޓްވަރކް އެޑްމިނިސްޓްރޭޝަން، އިންފޮމޭޝަން ޓެކްނޮލޮޖީ ނުވަތަ މި މަސައްކަތާ ގުޅޭ ދާއިރާއަކުން މަދުވެގެން 1 އަހަރުދުވަހުގެ ހިންގުމާ ގުޅޭ މަސައްކަތުގެ ތަޖުރިބާއެއް ލިބިފައިވުން. - ނެޓްވަރކުގެ މައްސަލަތަކާއި، ކޮމްޕިއުޓަރާއި، އެހެނިހެން އައި.ޓީ އިކުއިޕްމެންޓްތަކަށްޖެހޭ މައްސަލަތައް އަވަހަށް ޙައްލުކުރުމުގައި ޢަމަލީގޮތުން ބައިވެރިވެ، މިފަދަ މައްސަލަތައް ޢަމިއްލައަށް ޙައްލުކުރުމުގެ ޤާބިލްކަން ލިބިފައިވުން. |
||
މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު: ލޭން، ވޭން އަދި ނެޓްވަރކް ސެގްމެންޓްސް، އިންޓަރނެޓް، އިންޓްރާނެޓް ސިސްޓަމް އިންސްޓޯލްކުރުމާއި ބެލެހެއްޓުން. - ނެޓްވަރކް ހާޑްވެއަރ، ސޮފްޓް ވެއަރ އިންސްޓޯލްކުރުމާއި ބެލެހެއްޓުން. - ނެޓްވަރކާއި، އެހެނިހެން އައި.ޓީ އިކުއިޕްމެންޓްތަކަށް ދިމާވާ މައްސަލަތައް ދެނެގަތުމާއި، ޙައްލުކުރުން. - ނެޓްވަރކުގެ ސެކިއުރިޓީ ބެލެހެއްޓުމާއި، ވަކިވަކި ފަރާތްތަކަށް ދޭންޖެހޭ އެކްސެސިބިލިޓީ ދިނުން. - ނެޓްވަރކާއި، ސިސްޓަމްތަކަށް ބޭނުންވާ ތަކެއްޗާއި އެހެނިހެން ބޭނުންތައް ދެނެގަތުން. |
||
ހުށަހަޅަންޖެހޭ ލިޔުންތައް: - ވަޒީފާއަށް އެދޭ ފަރާތުގެ ސިޓީ. - ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަޖުރިބާގެ ލިޔުންތައް އެޓެސްޓްކޮށްފައި. - ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. - ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ) |
||
ސުންގަޑި: 2016 އޮކްޓޫބަރު 23 ވާ އާދީއްތަ ދުވަހުގެ 16:00 ގެ ކުރިން (އޮފީސް ހުޅުވިފައި ހުންނާނީ، ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން 16:00 އަށެވެ.) |
||
ހުށަހަޅަންވީ ތަން: ހ. އާގަދަގޭ ދެވަނަ ފަންގިފިލާ، ބޮޑުތަކުރުފާނު މަގު، މާލެ، ދިވެހިރާއްޖެ. |
||
އިތުރު މަޢުލޫމާތު: އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3016630 ނަންބަރު ފޯނަށެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ. |
||
12 މުޙައްރަމް 1438 |