ދިވެހިރާއްޖެ
އިޢުލާން
ބިޑް ހުށަހެޅުމަށް ދަޢުވަތު ދިނުން: |
||
(1) |
އަތޮޅު ކައުންސިލުގެ ބިންތަކުގެ ތެރެއިން، ރަޖިސްޓަރީ ނަންބަރު B-2011/16 ގައި އޮތް 4472 (ހަތަރުހާސް ހަތަރުސަތޭކަ ހަތްދިހަ ދޭއް) އަކަފޫޓުގެ ބިން ވިޔަފާރި އުސޫލުން މޫދުކުޅިވަރުތަކަށް ޚާއްޞަ ވިޔަފާރިކުރުމަށް 30 އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށްދޫކުރުމަށް، މާލެއަތޮޅު އަތޮޅު ކައުންސިލުގެ ފަރާތުން ކަނޑައަޅައިފީމެވެ. އެ ބިން އޮތްތަނާއި އެ ބިމުގެ ތަފުސީލު އަންގައިދޭ "ސައިޓް ޕްލޭން" މި ބިޑް ޑޮކިއުމެންޓްގެ ޖަދުވަލު 1 ގައި އެވަނީއެވެ. |
|
(2) |
އެ ބިމުގައި އަމިއްލަ ޚަރަދުގައި މޫދު ކުޅިވަރުތަކަށް ޚިދުމަތްދޭ ޢިމާރާތެއް (ވޯޓަރ ސްޕޯޓްސް ސެންޓަރ) ޤާއިމުކޮށް، މޫދު ކުޅިވަރުތަކުގެ (ވޯޓަރ ސްޕޯޓްސް) ޚިދުމަތްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން، މި ބިޑް ޑޮކިއުމެންޓުގައި ބަޔާންކޮށްފައިވާ ގޮތަށް ބިޑު ތައްޔާރުކޮށް، ސިޓީއުރައެއްގައި ބަންދުކޮށް، މި ބިޑު ޑޮކިއުމެންޓާ އެއްގޮތްވާގޮތުގެ މަތިން، ބިޑް ހުށަހެޅުމަށް ދަޢުވަތު ދެމެވެ. މި ބިޑް ޑޮއިކުމެންޓުގައި ބަޔާންކޮށްފައިވާ ގޮތަށް ބިޑު ތައްޔާރުކޮށް، ބިޑު ހުށަހަޅާނީ، އެ ބިމުގައި އަމިއްލަ ޚަރަދުގައި މޫދުކުޅިވަރުގެ ޚިދުމަތް ދޭ ސެންޓަރެއް ޢިމާރާތްކޮށް، ވޯޓަރ ސްޕޯޓްސް ސެންޓަރެއް ޢިމާރާތްކުރުމަށްފަހު، އެ ވޯޓަރ ސްޕޯޓްސް ސެންޓަރު ހިންގައި ބަލަހައްޓައި އޮޕަރޭޓްކުރުމަށް އެދިއެވެ. |
|
(3) |
ބިން ކުއްޔަށްދޭނީ ބިން ކުއްޔަށް ދިނުމުގެ އެއްބަސްވުމުގެ ތާރީޚުން ފެށިގެން 30 (ތިރީސް) އަހަރުދުވަހުގެ މުއްދަތަށެވެ. އަދި، އެ 30 (ތިރީސް) އަހަރުދުވަހުގެ މުއްދަތު ގުނާނީ، އެ ބިމުގައި ވޯޓަރ ސްޕޯޓްސް ސެންޓަރު ޢިމާރާތްކުރުމަށް ދެވޭ 3 (ތިނެއް) މަސްދުވަހުގެ ގްރާސް ޕީރިއަޑް ހިމަނައިގެންނެވެ. އެކަން ކުއްޔަށްދިނުމުގެ އެއްބަސްވުމުގައި ބަޔާންކުރެވިގެންވާނެއެވެ. |
|
(4) |
އެ ބިމުގައި އަމިއްލަ ޚަރަދުގައި ވޯޓަރ ސްޕޯޓްސް ސެންޓަރު ޢިމާރާތްކޮށް، އެ ވޯޓަރ ސްޕޯޓްސް ސެންޓަރު ޢިމާރާތްކުރުމަށްފަހު އެ ވޯޓަރ ސްޕޯޓްސް ސެންޓަރު ހިންގައި ބަލަހައްޓައި އޮޕަރޭޓްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުގެ ތެރެއިން، އިތުރު މަޢުލޫމާތު ހޯއްދެވުމަށާއި، މި ބިޑް ޑޮކިއުމެންޓް ބެއްލެވުމަށާއި، މި ބިޑް ޑޮކިއުމެންޓް ބައްލަވައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކަށް، 13 އޮކްޓޫބަރު 2016 އިން ފެށިގެން 19 އޮކްޓޫބަރު 2016 ގެ ނިޔަލަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ފެށިގެން 13:30 އާ ދެމެދު އަންނަނިވި އެޑްރެހުގައި، އެކަން ހަމަޖެހިފައިހުންނާނެއެވެ. މާލެއަތޮޅު އަތޮޅު ކައުންސިލުގެ އިދާރާ އަމީރު އަމީނު މަގު ކ. ތުލުސްދޫ (08040) ދިވެހިރާއްޖެ ޓެލެފޯނު ނަންބަރު: 6644234 ފެކްސް ނަންބަރު: 6640032 އީމެއިލް އެޑްރެސް: [email protected] |
|
(5) |
މި ބިޑް ޑޮކިއުމެންޓް ބައްލަވައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކުން، އެކަމަށް އެދި ހުށަހަޅާނީ، ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމު މެދުވެރިކޮށް މި މާއްދާގެ (4) ގައި ބަޔާންކޮށްފައިވާ މާލެއަތޮޅު އަތޮޅު ކައުންސިލުގެ އިދާރާއަށެވެ. ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމު މާލެއަތޮޅު ކައުންސިލުގެ އިދާރާއިން ލިބިވަޑައިގަންނަވާނެއެވެ. |
|
(6) |
އެ ބިމުގައި އަމިއްލަ ޚަރަދުގައި ވޯޓަރ ސްޕޯޓްސް ސެންޓަރެއް ޢިމާރާތްކޮށް، އެ ވޯޓަރ ސްޕޯޓްސް ސެންޓަރު ހިންގާ ބަލަހައްޓައި އޮޕަރޭޓްކުރުމަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ލިބިގެންވަނީ، ދިވެހި ރައްޔިތުންނަށް ނުވަތަ ސައްތައިން ސައްތަ ދިވެހި ރައްޔިތުން ހިއްސާވާ ޕާޓްނަރޝިޕަކަށް ނުވަތަ ސައްތައިން ސައްތަ ދިވެހި ރައްޔިތުން ހިއްސާވާ ކުންފުންޏަކަށެވެ. ބިޑް ޑޮކިއުމަންޓް ގަންނަން ލިބޭނީ -/1000 (އެއްހާސް) ރުފިޔާއަށެވެ. |
|
(7) |
ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމާއެކުގައި އަންނަނިވި އެއްޗެހި ހުށަހަޅަންވާނެއެވެ. |
|
|
(ހ) |
ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމުގައި ސޮއިކުރުމަށްފަހު ހުށަހަޅަނީ، އެ ފޯމު މެދުވެރިކޮށް ގަންނަ ބިޑް ޑޮކިއުމަންޓުގައިވާ ގޮތުގެމަތިން ބިޑް ހުށަހަޅަން ބޭނުންވާ ފަރާތްނޫން އެހެން ފަރާތެއް ކަމުގައިވާނަމަ، އޭނާ އެ ބިޑް ޑޮކިއުމަންޓް ގަތުމަށާއި ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމުގައި ސޮއިކުރުމަށް ބިޑް ހުށަހަޅަން ބޭނުންވާ ފަރާތުން ހުއްދަކުރާކަމުގެ ޕަވަރ އޮފް އެޓަރނީއެއް އެ ފޯމާއެކު ހުށަހަޅަންވާނެއެވެ. |
|
(ށ) |
ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމު ހުށަހަޅަނީ، ކުންފުންޏަކުންނަމަ، އެ ކުންފުނީގެ ރަޖިސްޓްރޭޝަން ސެޓުފިކެޓުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމު ހުށަހަޅަނީ، ޕާޓްނަރޝިޕަކުންނަމަ، އެ ޕާޓްނަރޝިޕްގެ ރަޖިސްޓްރޭޝަން ސެޓުފިކެޓުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. އަދި ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމް ހުށަހަޅަނީ، ވަކި ފަރުދެއްނަމަ، އެފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. |
|
(ނ) |
ބިޑް ޑޮކިއުމަންޓް ގަތުމަށް ދައްކަންޖެހޭ އަގަށްވާ -/1000 (އެއްހާސް) ރުފިޔާގެ ނަގުދު ފައިސާ ހުށަހަޅަންވާނެއެވެ. |
(8) |
ބިޑް ޑޮކިއުމަންޓް ގަތުމަށް ފައިސާ ދެއްކުމުން، އެ ފައިސާ ބަލައިގަތްކަމުގެ ރަސީދެއް ކައުންސިލުގެ އިދާރާއިން ދޫކުރާނެއެވެ. އެ ރަސީދުގައި ގަންނަ ބިޑް ޑޮކިއުމަންޓުގެ ސީރިއަލް ނަންބަރު ބަޔާންކޮށްފައި އޮންނާނެއެވެ. |
|
(9) |
ބިޑް ޑޮކިއުމަންޓާއި ބިޑްގެ ސީރިއަލް ނަންބަރަކީ ވަކިފަރާތަކަށް ސީދާ ދޫކުރެވޭ އެއްޗެއްކަމުގައިވާތީ، އެއީ އެހެން ފަރާތަކަށް ފަހުން ބަދަލުކުރެވޭނެ ނުވަތަ ނަގުލުކުރެވޭނެ އެއްޗެއް ނޫނެވެ. |
|
(10) |
ބިޑް ހުށަހަޅާ ކޮންމެ ފަރާތަކުންވެސް އެ ބިޑްހުށަހަޅަނީ، ބިމުގައި އަމިއްލަ ޚަރަދުގައި ވޯޓަރ ސްޕޯޓްސް ސެންޓަރެއް ޢިމާރާތްކޮށް، އެ ވޯޓަރ ސްޕޯޓްސް ސެންޓަރު ހިންގައި ބަލަހައްޓައި އޮޕަރޭޓްކުރުމަށެވެ. އެހެންކަމުން، ބިން ކުއްޔަށް ހިފަން ވަކި ބިޑެއް، އަދި ވޯޓަރ ސްޕޯޓްސް ސެންޓަރު ޢިމާރާތްކުރުމަށް ވަކި ބިޑެއް އެއްވެސް ފަރާތަކުން ހުށަހަޅާކަށް ނުޖެހޭނެއެވެ. ކޮންމެ ފަރާތަކުންވެސް މި ބިޑް ޑޮކިއުމަންޓާ އެއްގޮތަށް އެއް ބިޑް ހުށަހެޅުމުން އެ ބިޑް އެ ހުށަހެޅެނީ، އެ ދެ ކަންތައްވެސް ކުރުމަށް އެދި ކަމުގައި ބެލެވޭނެއެވެ. |
|
(11) |
ބިޑް ހުށަހެޅުމަށް ފޯމު ގަނެފައިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށްޓަކައި، 2016 އޮކްޓޫބަރު 20 ވަނަ ދުވަހުގެ 10:30 ގައި މާލެއަތޮޅު ކައުންސިލުގެ އިދާރާގައި ނުވަތަ ކައުންސިލުން ކަނޑައަޅާ ތަނެއްގައި ޕްރީ-ބިޑް ބައްދަލުވުމެއް އޮންނާނެއެވެ. |
|
(12) |
ބިޑް ހުށަހަޅަންޖެހޭނީ، ސިޓީއުރައެއްގައި ބަންދުކުރެއްވުމަށްފަހު، 2016 އޮކްޓޫބަރު 17 ވަނަ ދުވަހުގެ 11:00 ގެ ކުރިން، ކައުންސިލުގެ އިދާރާއަށެވެ. ނުވަތަ އެކަންކުރުމަށް ކައުންސިލުގެ އިދާރާއިން ކަނޑައަޅައި، ދުރާލައި އާންމުކޮށް އަންގާ އެޑްރެހަކަށެވެ. |
|
(13) |
ބިޑް ހިމެނޭ ސިޓީއުރަ ހުޅުވާނީ، ބިޑް ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައި ނުވަތަ އެފަރާތްތަކުން ފޮނުވާ މަންދޫބުންގެ ހާޒިރުގައި ބާއްވާ ބައްދަލުވުމެއްގައި، 2016 އޮކްޓޫބަރު 27 ވަނަ ދުވަހުގެ 11:00 ގައި، ކައުންސިލުގެ އިދާރާގައެވެ. ނުވަތަ އެކަންކުރުމަށް ކައުންސިލުގެ އިދާރާއިން ކަނޑައަޅައި، ދުރާލާ އާންމުކޮށް އަންގާ އެޑްރެހެއްގައެވެ. |
|
(14) |
ބިޑް ހުށަހެޅުމަށް އޮތް އެއްވެސް އުސޫލަކަށް ބަދަލެއް އަންނަނަމަ، ބިޑު ފޯމު ގަނެފައިވާ އެންމެހައި ފަރާތްތަކަށް ކައުންސިލުގެ އިދާރާއިން ލިޔުމުން އެކަން އަންގަމުން، އަދި، އެކަން އާންމުކޮށް އިޢުލާނުކުރަމުން ގެންދާނެއެވެ. |
|
8 މުޙައްރަމް 1438 |