ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
މަޤާމް: ފިޒިކްސް ޓީޗަރ ބޭނުންވާ އަދަދު: 1
ވަޒީފާއޮތް އޮފީސް: ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން
ގިންތި: ދާއިމީ
ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން : ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
-
މި ސެންޓަރުން ކަނޑައަޅާފައި އޮންނަ ތާވަލާ އެއްގޮތަށް ގަޑިތައް ނަގައިދީ ސިލަބަސް ނިންމުން
-
މި ސެންޓަރުން ކަނޑައަޅާފައި އޮންނަ ތާވާލާ އެއްގޮތަށް ދަރިވަރުންނަށް އިތުރުގަޑި ނަގައިދިނުން
-
ހެޑް އޮފް ޑިޕާޓްމަންޓް ކަނޑައަޅާ ތާވަލާ އެއްގޮތަށް ދަރިވަރުންގެ ކޮންސަލްޓޭޝަން ގަޑިތައް ނަގައިދިނުން
-
ކޮންމެ ދުވަހަކު ކްލާހަށް ދިއުމުގެކުރިން ލެސަން ޕްލޭން ތައްޔާރުކޮށް ހެޑް އޮފް ޑިޕާރޓްމަންޓްގެ ސޮއި ހޯދުން. އަދި ލެސަން ޕްލޭންތަކާއި ކިޔަވައިދިން ފިލާވަޅުތަކުގެ ރިކޯޑު ބެލެހެއްޓުން
-
މާއްދާއާ ގުޅޭ ގޮތުން ދަރިވަރުންގެ ފީލްޑް މަސައްކަތްތައް ރާވާ ދަރިވަރުންނަށް ތަޖުރިބާ ހޯދައިދިނުން
-
ހަމަޖެހިފައިވާ ރަސްމީގަޑީގެ ތެރެއިން ކްލާސް ނަގާ ގަޑިތައް ފިޔަވައި އެހެން ގަޑިތަކުގައި ކުދީންގެ ފޮތްތައް މާކުކޮށް ލެސަން ނޯޓުތައް ތައްޔާރުކޮށް ފިލާވަޅުތައް ރަނގަޅަށް ގެންދިއުމަށް މަސައްކަތްކުރުން
-
ދަރިވަރުންގެ އެންމެހައި ރިކޯޑުތައް ބަލަހައްޓައި އެކަމުގެ ޒިންމާނެގުން. (މީގެތެރޭގައި ދަރިވަރުންގެ ހާޒިރީ، ދަރިވަރުންކޮށްފައި މަސައްކަތްތަކުގެ ރިކޯޑުތައް، ދަރިވަރުންގެ މާކްސްތައް، އަދި ދަރިވަރުންގެ ފަރާތުން ފެންނަ ނޭދެވޭ ކަންތައްތަކުގައި އެޅިފައިވާ ފިޔަވަޅުތަކުގެ ރިކޯޑުތައް ހިމެނެއެވެ.)
-
ކޮންމެ ސެމިސްޓަރއެއް ނިމޭއިރު ކިޔަވައިދޭ ކޮންމެ ދަރިވަރެއްގެ ހާޒިރީއާއި، ކިޔެވުމާއި، އަޚުލާޤުގެ މައްޗަށް އަލިއަޅުވާލައި ޚުލާޞާ ރިޕޯޓެއް ތައްޔާރުކުރުމަށްފަހު އެ ޓީޗަރެއްގެ ސުޕަވައިޒަރަށް ހުށަހެޅުން
-
ހެޑް އޮފް ޑިޕާޓްމަންޓްގެ އިރުޝާދުގެ ދަށުން ޔުނިޓް ޓެސްޓް ޕޭޕަރ އަދި ސެމިސްޓަރ ޕޭޕަރު ތައްޔާރުކޮށް، ކްލާސްތަކަށް އެޅުމާއެކު ހީރަސް ޖެހުމާއި، ޔުނިޓް ޓެސްޓްތަކާއި ސެމެސްޓަރ ޓެސްޓްތައް ދަރިވަރުން ހަދަމުންދާއިރު މި ސެންޓަރުން ކަނޑައަޅާ ސުޕަރވިޝަން ޑިއުޓީއާ އެއްގޮތަށް އިމްތިޙާންތައް ބެލެހެއްޓުމަށް ގަޑިއަށް ހާޒިރުވުން
-
މެއި/ޖޫން އެޑެކްސެލް އިމްތިޙާން، ދަރިވަރުން ހަދަމުންދާއިރު މި ސެންޓަރުން ކަނޑައަޅާ ސުޕަރވިޝަން ޑިއުޓީއާ އެއްގޮތަށް އިމްތިޙާންތައް ބެލެހެއްޓުމަށް ގަޑިއަށް ހާޒިރުވުން
-
ކޮންމެ ސެމިސްޓަރއެއް ނިމުމުން ދަރިވަރުންގެ ރިޕޯޓް ތައްޔާރު ކުރުމާއި، އެކަމާގުޅޭ ހުރިހާކަމެއް ކުރުން.
ޝަރުޠު:
މަޤާމު ނަން |
ކްލެސިފިކޭޝަން |
ސިވިލްސަރވިސް ރޭންކް |
އަސާސީ ޝަރުޠު |
އަސާސީ މުސާރަ |
ސަރވިސް އެލަވަންސް |
ސީނިއަރ ޓީޗަރ |
ސްކޫލް ޓީޗަރސް |
CS15-5 |
ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS15-4 ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރުދުވަހު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން. |
10,640/- ރުފިޔާ |
2,500/- ރުފިޔާ |
CS15-4 |
ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS15-3 ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރުދުވަހު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން. |
10,320/- ރުފިޔާ |
2,500/- ރުފިޔާ |
||
CS15-3 |
ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS15-2 ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރުދުވަހު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން. |
10,100/- ރުފިޔާ |
2,500/- ރުފިޔާ |
||
CS15-2 |
ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައި އޮތުމާއެކު ތައުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު ސަނަދުތައް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވެލިޑޭޓްކޮށްފައިވުން އަދި ސެން ޓީޗަރުކަމަށް ހަމަޖައްސާނަމަ ސެން ޓީޗަރުންގެ ޝަރުޠު ފުރިހަމަވުން، ނުވަތަ |
9,910/- ރުފިޔާ |
2,500/- ރުފިޔާ |
||
ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 ގެ ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައި އޮތުމާއެކު ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 9 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު ސަނަދުތައް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވެލިޑޭޓްކޮށްފައިވުން، އަދި ސެން ޓީޗަރުކަމަށް ހަމަޖައްސާނަމަ ސެން ޓީޗަރުންގެ ޝަރުޠު ފުރިހަމަވުން. |
|||||
ޓީޗަރ |
ސްކޫލް ޓީޗަރސް |
CS13-5 |
ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 4 CS13-ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރުދުވަހު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން. |
9,850/- ރުފިޔާ |
2,500/- ރުފިޔާ |
CS13-4 |
ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 3 CS13-ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރުދުވަހު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން. |
9,360/- ރުފިޔާ |
2,500/- ރުފިޔާ |
||
CS13-3 |
ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 2 CS13-ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރުދުވަހު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން |
8,890/- ރުފިޔާ |
2,500/- ރުފިޔާ |
||
CS13-2 |
ކިޔަވައިދިނުމުގެ ރޮނގުން ނުވަތަ ކިޔަވައިދޭ މާއްދާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު ސަނަދުތައް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވެލިޑޭޓްކޮށްފައިވުން، އަދި ސެން ޓީޗަރުކަމަށް ހަމަޖައްސާނަމަ ސެން ޓީޗަރުންގެ ޝަރުޠު ފުރިހަމަވުން. |
8,440/- ރުފިޔާ |
2,500/- ރުފިޔާ |
އެޑިޔުކޭޝަނަލް ކޮލިފިކޭޝަން އެލަވަންސް
މުސާރައިގެ އިންސައްތަ |
ސަނަދު |
30% |
ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް އޮތުން |
25% |
ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް އޮތުން |
20% |
ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް އޮތުން |
15% |
ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް އޮތުން |
20% |
ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް އޮތުން |
ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް
- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން
- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން
- ހަވާލުކުރެވޭ ސުރުޚީއަކަށް ފިލާވަޅެއް ނަންގަވައިދެއްވާ ގޮތް
އިންޓަރވިއު ކުރުން
ހ. މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ، 25 އޮކްޓޫބަރު 2016 އާއި 27 އޮކްޓޫބަރު 2016 އާ ދެމެދުގެ ތާރީޚެއްގައެވެ.
ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް
1- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (މި ފޯމު މި ސެންޓަރުގެ ކައުންޓަރުން ބަންދު ނޫން ކޮންމެ ދުވަހަކު 9:30 ން 13:30 އަށް ލިބެންހުންނާނެއެވެ. އަދި މި ސެންޓަރުގެ ވެބްސައިޓު www.chse.edu.mv އިންނާއި ސިވިލް ސަރވިސްގެ ވެބްސައިޓުން ފޯމު ޑައުންލޯޑް ކުރެވެން ހުންނާނެވެ.)
2- ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
3- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރިޑެޓްކޮށްފައިވާ ސެޓުފިކެޓުތައް އަދި ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރިޑެޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރިޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ)
(ށ) ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މި ފަދަ ސެޓުފިކެޓުތައް އެކްރެޑިޓް ކުރަން ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
4- ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
5- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. (ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)
6- ވަޒީފާއަށް އެދޭފަރާތުގެ މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް
ކ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި
- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން އޮފީހަށެވެ.
- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2016 އޮކްޓޫބަރު 23 ވަނަ ދުވަހުގެ 13.30 އަށެވެ.
އިތުރު މަޢުލޫމާތު:
މި ޢިއުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައި ދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަންގެ ނަންބަރު 3321330 ފޯނަށް ގުޅުއްވުން އެދެމެވެ.