ދިވެހިރާއްޖެ
އިޢުލާން
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ކޯޗަރސް ކޮމިޝަންގެ ޗެއަރމަނާއި އިތުރު 5 މެންބަރުން އިންތިޚާބުކުރުމަށް ބާއްވާ ޖަލްސާ 2016 އޮކްޓޫބަރު 24 ވާ ހޯމަދުވަހުގެ ރޭ 21:00 ގައި ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ހ.ބޯޅަގެ / އަބަދަށްއުފާ މަގު) ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި އިންތިޚާބުގައި ވޯޓްލެވޭނީ މި އެސޯސިއޭޝަނުގައި ރަޖިސްޓަރީވެފައިވާ ކޯޗުންނަށެވެ.
ވީމާ، ކޯޗަރސް ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލާން ބޭނުންފުޅުވާ ފަރާތްތަކުން ކޯޗަރސް ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއަކާއެކު 2016 އޮކްޓޫބަރު 20 ވާ ބުރާސްފަތިދުވަހުގެ 12:00 ކުރިން މި އެސޯސިއޭޝަނަށް ހުށަހެޅުން އެދެމެވެ.
އަދި ދަންނަވަމެވެ. ކޯޗަރސް ކޮމިޝަންގެ އިންތިޚާބުގައި ވޯޓުލުމަށްޓަކައި އެފް.އައި.ވީ.ބީ ވޮލީބޯލް ކޯޗިންގ ކޯސް ލެވަލް 1، 2 އަދި 3 ފުރިހަމަކޮށްފައިވާ ކޯޗުން، 2016 އޮކްޓޫބަރު 20 ވާ ބުރާސްފަތިދުވަހުގެ 12:00 ގެ ކުރިން މި އެސޯސިއޭޝަނުގައި ރަޖިސްޓަރީކޮށް ނިންމެވުން އެދެމެވެ. ކޯޗަރސް ކޮމިޝަނުގައި ކުރިން ރަޖިސްޓަރީކުރުމަށް އެދިލައްވާފައިވާ ފަރާތްތަކުންވެސް ރަޖިސްޓަރީ ވެފައިވޭތޯ ބެއްލެވުން އެދެމެވެ. މަތީގައި ދެންނެވިފައިވާ ތާރީޚަށްފަހު ހުށަހެޅޭ އެއްވެސް ފޯމެއް ބަލައިނުގަނެވޭނެއެވެ. ކޯޗަރސް ކޮމިޝަންގެ އިންތިޚާބުގައި ރަޖިސްޓަރީނުކުރާ އެއްވެސް ފަރާތަކަށް ވޯޓުލުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.
8 މުޙައްރަމް 1438