ދިވެހިރާއްޖެ
އިޢުލާން
މި މިނިސްޓްރީގެ ނަންބަރު (IUL)138-PIS1/138/2016/146 އިޢުލާނުގައި ތާރީޚުތަކުގެ މައްސަލަތަކެއް ހުރުމާއެކު، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާންކުރަމެވެ.
މި މިނިސްޓްރީން ހިންގާ މާލޭގެ މަގުހެދުމުގެ މަޝްރޫޢުގެ ދަށުން މާލޭގެ މަގުމަތީގައި ބަހައްޓާފައިވާ ކޭބަލް ޖަންކްޝަންތަކުގެ މަތިތައް ދަގަނޑު މަތިތަކަށް ބަދަލުކުރުމަށްޓަކައި މިނިސްޓްރީން ދޭ ސްޕެސިފިކޭޝަނާ އެއްގޮތަށް މަތިތައް ހައްދައި، މި ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮކްޓޫބަރު 16 ވާ އާދީއްތަދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 އޮކްޓޫބަރު 25 ވާ އަންގާރަދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް:
އިންފްރާސްޓްރަކްޗަރ ޑިޕާޓްމަންޓް
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ.
އަމީނީ މަގު،
މާލެ، ދިވެހިރާއްޖެ.
ފޯން: 3004125 ފެކްސް:3004301
އީ-މެއިލް: [email protected]
ވެބް ސައިޓް: www.housing.gov.mv
